އީދު ބަންދާ ގުޅިގެން އެކެއް މޭ އިން ޖަތެއް މޭ ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދު ވާނެ ކަމަށް އެ ބޭންކުން ބުނެފިއެެވެ.

ބީއެމްއެލް އިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމަވާފައިވާ ގޮތަށް އަންނަ ހޮނިހިރު ދުވަހު އެ ބޭންކް ހުޅުވައިގެން ހިދުމަތް ދޭނެއެވެ. އެ ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް ބުނެފައި ވެެއެވެ.

އަދި އެ ދުވަހުގެ 11:00 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި، ޕޭރޯލް ރިކުއެސްޓް، އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފަރ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ. އަދި 11:00 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށް ބުނެފައި ވެއެވެ.

"އަޅުގަނޑުމެން އެދެނީ ކަސްޓަަމަރުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހިދުމަތްތައްތަކަށް އެދި ހުށަހެޅުއްވުން". ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައިކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އަޅުގަނޑުމެން އެދެނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯއްދެވުމެވެ.

އެންމެހާ ކަސްޓަމަރުންނަށް ފިތުރު ޢީދުގެ ތަހުނިޔާ ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު