ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް މރ. ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސަވައިފިއެވެ.

ބިޝްވަޖިތު‌ އަކީ އިންޓަރނަލް އޮޑިޓިންގ،‌ ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް‌،‌ ބެންގަލޯރ ހިމެނެއެވެ.

ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުވެސް ބިޝްވަޖިތު ވަނީ އަދާކުރައްވާފައެވެ.

ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުގައެވެ.

މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އިންޓަރނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ހޯއްދަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑަރޝިޕް ޓީމާއި ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވަން އަދި މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން."

ބިޝްވަޖިތު އަކީ އައިއައިއޭ، ޔޫއެސްއޭ އިން ސަރޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރ (ސީއައިއޭ)، އަދި އިންޑިއާގެ ނިއު ދިއްލީ ގެ އައިސީއޭއައި އިން ޗާރޓާޑް އެކައުންޓިންގ (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކަލްކަތާ ޔުނިވަރސިޓީ އިން އެލްއެލްބީ ހޯއްދަވާފައެވެ. އަދި ޔޫއެސްއޭ އިން ސަރޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރ (ސީއައިއެސްއޭ) އަދި ސަރޓިފައިޑް ފްރޯޑް އެގްޒަރމިނަރ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައްވެސް ވަނީ ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    ދިވެހީންނަށް ވެސް ފުރުސަތު ދިނީމަ ތަޖުރިބާ ހުންނާނެ އެވެ.

    10
  2. ސލ

    ރާ އްޖޭގެ ފިނޭންގެ ދާ އިރާ އާ އި ސެކި އުރިޓީ މުއ އައ އްސަސާ
    ތަކުގަ އި އިސްމަގާމުތަ އް ބޭރުގެ ފަރާތްތަކަށް ޚާ އްސަ
    ކުރުމަކީ ސަރުކާރު ފޭލްވެ އްޖެ ކަމުގެ ނިސާނެކެވެ.

    13
    1
  3. ބޭބެ

    މިވެސް އިންޑިޔާ މީހެއްދޯ؟

    10
  4. އަލީ

    އިންޑިޔާ މީހެއް ހެހެހެހެ.

  5. ކޮއްުޔާ

    މީނަގެ ގައުމުނުޖެހީ ލަދުންބާ // ވަރަށް ހިނި އާދޭ //