އެންމެ 145 ރުފިޔާ ހޭދަކޮށްލައިގެން 23 ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން 145 ރުފިޔާ ހޭދަކޮށްގެން ކޮންމެ ހަފްތާއަކު 23 ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ސަޅި ޕްރިޕެއިޑް އަދި ކޮމްބޯ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު ތިން ޖީބީ ޑޭޓާ ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން އާންމުކޮށް ބޭނުންކުރާ ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ އަދި ސްނެޕްޗެޓް ފަދަ މަގުބޫލް އެޕްލިކޭޝަންތައް ބޭނުންކުރުމަށް ކޮންމެ ހަފްތާ ބަންދަކު ދެ ޖީބީ ލިބޭނެއެވެ.

ދިރާގު އެޕްލިކޭޝަން ބޭނުންކޮށްގެން "ސަޅި ވީކްލީ ޕްލޭން" ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގު ސަޅި ވީކްލީ ލިމިޓެޑް ޓައިމް އޮފާރ

  • ޑޭޓާ އެލަވެންސް: 3ޖީބީ (ޑެއިލީ)
  • ދިރާގު ނަމްބަރުތަކަށް ހިލޭ ގުޅޭނެ
  • ސޯޝަލް މީޑިއާ ޑާޓާ: 2ޖީބީ (ވީކެންޑް)
  • ޖުމްލަ ޑާޓާ: 23ޖީބީ
  • މުއްދަތު: 7 ދުވަސް
  • އަގު: 145ރ.

ދިރާގުން އަބަދުވެސް އަންނަނީ އެކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ކަސްޓަމަރުންނަށް ލުއި ޕެކޭޖްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު