މި އަހަރު މިހާތަނަށް ރާއްޖެ އައި އިންޑިއާ ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް އަރައިފިއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ.

އެގޮތުން އިންޑިއާއިން ރާއްޖެއަށް މިހާތަނަށް 104،800 ފަތުރުވެރިން އައިސްފައި ވެއެވެ. އެ ލިސްޓުގެ ދެވަނައިގައި ވަނީ އިނގިރޭސިވިލާތެެވެ. އެ ގައުމުން ރާއްޖެ އައިސްފައި ވަނީ 90،394 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ތިން ވަނައިގައިވާ ރަޝިޔާއިން ރާއްޖެއަށް 70،212 ފަތުރުވެރިން އައިސްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ މި މަހުގެ އަށް ވަނަ ދުވަހާއި ހަމައިގެ އަޕްޑޭޓްތަކަށް ބަލާއިރު، ރާއްޖެއަށް އެ ދުވަހާއި ހަމައަށް 732،884 ފަތުުުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރާއި އަދި އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު އިތުރު އަދަދެކެވެ.

މި މަހުގެ އަދަދުތަކަށް ބަލާއިރު، މި މަހުގެ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 30،562 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާކިޔާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 14،004 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޯ

    ކިތަށް ސިފައިން އައީ .. ބުރިޖް ހަދަންށޭ ކިޔާފަ

  2. ރަން ރީނދޫ

    މިއީ ވަރަށް ދެރަ ކަމެއް. އިންޑިއާ ޓުއަރިސްޓުން އައުން ހުއްޓިގެން ނޫނީ އަސްލު ރަން ބިސް އަޅާ ޓުއަރިސްޓުން ނާންނާނެ. ދިވެހި އަގުބޮޑު ޓުއަރިސްޓް ބްރޭންޑްގެ އަގު ވެއްޓެނީ ،އިންޑިއާގެ ތައްބުޑު ވަސްލަޑާ ޓުއަރިސްޓުން ރިސޯޓަށް އައުމުން. ޔޫރަޕްގެ ދޮން މީހުން ބޭނުމެއްނުވޭ އިންޑިއާ މީހުންނާއެކު އެއް ރިސޯޓެއްގަ ހޮލިޑޭ ހަދަން.

    • ޒައިދު

      އެހެން ރާއްޖޭގެ ޓޫރިޒަމްގެ ރަންޒަމާނަކީ އިޓަލީއަދި ޖަރމަނީގެ މާކެޓް ޑޮމިނޭޓުކުރި ޒަމާން.. ޤައުމުނކުރިއަރާ ތަނަވަސްވި އޭރު.. ޗައިނާ އިންޑިއާ މިއީ ޚަރަދު ކުރާ ބައެއް ނޫން.. ރިސޯޓް ބޯއީސްއަށް ވެސް ރަނގަޅު އެއްޗެއް ނުލިބޭ

  3. އުގުރި

    އޯކޭ އެވެ ހަމަ އަންނަންވީ އެކަމަކު ދީނީ ކަންކަމާ ނުބެހޭށޭ

  4. ޖޭ.ޕީ

    ޕީޕީ ޑީފެކުސަނުން ތިކަން ހުއްޓުވާ ޓޫރިޒަމް ބޮއިކޮޓްކުރަންނު އިންޑިއާ އައުޓޭ ކިޔާ ހަޅޭލަވާ ނަފުރަތު އުފައްދަނީ.. އަތްނުލާ އައްދޮ ކިއުއްވާ އުސޫލުން ޓޫރިޒަމް ބޮއިކޮޓްކުރުން ތިތައީ.. އެމްޑީޕީއެކޭ ތަފާތެއް ނެތްތާ

    • ރައްޔިތުމީހުން

      ސީދާ ޓުއަރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ މުޅި ދުނިޔޭގައި ކެމްޕެއިން ޖެއްސީ ކޮންބައެއްކަން އެއީ އެންމެނަށް އިނގޭ އެއްޗެއް....

      އިންޑިއާ އައުޓް އަކީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމުންނާއި އެކަންތަކުގައި ރާއްޖޭގެ ސަރުކާރުން ގެންގުޅޭ ދެފުއް ނުފެންނަ ސިޔާސަތުގެ ސަބަބުން އައިސްގެން އުޅޭ ކަމެއް.. ގައުމީ ކަމެއް..

      އިންޑިއާ މީހުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވައިގެން އުޅެނީ އިންޑިއާ އައުޓް ކިޔައިގެން ނެއް ނޫން. އެއީ ކީރިތިރަސޫލާ އާށް ފުރައްސާރަ ކުރުމާއި ދެކޮޅައް ރާއްޖެ ތެދުވުމުން ވެގެން އުޅޭކަމެއް.. އެ ބީދައިން އެމީހުންނާއި ދެކޮޅަށް ތެދުވި އެހެން ހުރިހާ މުސްލިމް ގައުމެއްވެސް ބޮއިކޮޓް ކުރަން އެބަގޮވާ..

      ވާނުވާ ރަނގަޅަށް ބަލައި ސާފުކޮށްލަން މިހާ ފަސޭހަ ޒަމާނެއްގައި އެކަން ނުކުރުން އެއީ ވަރަށް ދެރަ ކަމެއް..

    • ރާއްޖެ

      ކަލޭ ބީރުތަ؟ ޕީޕީން ކިޔަނީ އިންޑިއާ ސިފައިން މި ތަނުން ފެއްސެން. އެއްވެސް މީހަކު ޑޮކްޓަރަކާ ނަރުހަކާ ޓީޗަރަކާ ނުބެހޭ.

  5. މުޙައްމަދު

    އަހަރުމެންނަށް ރަގަޅީ ތިޔަތަނުން މީހުން ނައިއްޔާ ޚާއްޞަކޮށް ބީޖޭޕީ ސަޕޯޓަރުން

  6. މުހައްމަދު

    އިންޑިއާ ފަތުރުވެރިން ރާއްޖެ ގެނަނީ މުންޑު އެކަނި އެއްޗެއް އޮންނަ ބަޔެއްތަ އެއީ