މިއަދު ފާހަގަ ކުރާ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯއިން ހާއްސަ އޮފާއެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ގަންނަ ކޮންމެ ފިލިޕްސް އަދި ރެމިންގްޓަން ބްރޭންޑުގެ ޓްރިމަރާއި ޝޭވަރުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އަދި ޕީޕަލްސް ޗޮއިސް އަށް ގޮސް، އެ ތަނުގައި ހުރި ދުވަހަށް ހާއްސަ ބެކްޑްރޮޕްގައި، ބައްޕައާއެކު ފޮޓޯއެއް ނަގައި މީސް މީޑިއާގައި އެ ފޮޓޯ ހިއްސާ ކުރުމުން ހަދިޔާއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރާއިރު "FathersDaywithSTO#"، މި ހޭޝްޓެގު ބޭނުން ކުރުމުން ވެސް އެސްޓީއޯ އިން ބުނެފައި ވެއެވެ.

ޓުވިޓާ، އިންސްޓަގްރާމް އަދި ފޭސްބުކަށް ލާ ފޮޓޯ ބަލައިގަންނާނެ ކަމަށާއި ފޮޓޯ ހިއްސާ ކުރާ ހުރިހާ އެންމެނަށް ވެސް ހަދިޔާ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ފޮޓޯ ހިއްސާކޮށްގެން އެސްޓީއޯއިން ދޭ ހަދިޔާތަކުގެ ތެރޭގައި ޓްރިމަރާއި ޝޭވް ކުރާ ސާމާނު އަދި ގެރިކިރާއި ނަޓެއްލާ ފަދަ ގްރޮސަރީސް ހިމެނެއެވެ.

އެސްޓީއޯއިން ވަނީ ވީހާވެސް ގިނަ ބަޔަކު ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނިން ކުރިއަށް ގެންދާ އޮފާތަކުގައި ބައިވެރިވުމަށް އެދިފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާޒިހާ

    ބައްޕައިންނޭ އެދޭ ނަޓެއްލާފުޅީގެ އެކްސްޕެއަރ ޑޭޓް ބަލާލައްޗޭ.

  2. ގުދުގުދާ ބެއްޔާ

    އަސްތާ! މިއުޅޭ ސޭކުން ތިޔަކަމާ ކީކޭބާ ބުނަނީ! ސޭކުން ތިޔަކަމާ ރަތައް އަރާ ރަތް ރޮގު ހުރަސް ކުރުން ކަމުގައި ބުނާނެ!