މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަން ނިންމާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 16 އިން 17 ސެޕްޓްންބަރުގެ ނިޔަލަށް ހުޅުމާލެ ފޭސް ދޭއްގެ ސައިކްލިން ޓްރެކްގައެވެ. މިއަހަރުގެ ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ 100 އިންސައްތަ ގްރީން އެނަރޖީ އިވެންޓެވެ. މި ހަރަކާތުގައި ބޭނުންކުރި ކަރަންޓު ނެގިފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވަރސްޓޭޝަންތަކަކުންނެވެ.

މި އިވެންޓްގައި 32 ސްކޫލުން 1،000 އަށްވުރެ ގިނަ ދުއްވުންތެރިން ވަނީ ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން 450 އަށް ވުރެ ގިނަ ކުޑަ ކުދިން ވަނީ "1km ފަން ރައިޑް" ގައި ބައިވެރިވެފައެވެ. އަދި ފަން ރައިޑްގެ ހުރިހާ ބައިވެރިންނަށްވެސް މެޑަލް ދީފައިވެސް ވެއެވެ.

މި އިވެންޓްގެ ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ މި އިވެންޓްގެ ޝަރަފުވެރި މެހެމާނު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެއްކަމުގައިވާ އޮނަރަބަލް އިބްރާހިމް އިސްމާއިލް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އަދި ދިރާގު އަދި ބައިކް މޯލްޑިވްސްގެ އިސްބޭފުޅުންނެވެ.

މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަން އަކީ ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީމޯލްޑިވްސް ޕޮލިސްސަރވިސަސް، އެމްޓީސީސީ، އެރޯސޯލްޓްސް، ޗޮޕާޓް މޯލްޑިވްސް އަދި އިލާ މޯލްޑިވްސްހިމެނެއެވެ. ފަސްޓް އެއިޑްގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް(އެމްއާރްސީ) އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއެންޔޫ ސްކޫލް އޮފް ނާސިންގެވޮލަންޓިއަރުންނެވެ. މި އިވެންޓްގެ މީޑިއާ ޕާޓްނަރަކީ 'އަދަދު' ނޫހެވެ.

މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަންގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިހަފްތާގެ ފަހުކޮޅުގައި ބާއްވާ ގޮތަށް ނިންމާފައި ވެއެވެ. މި މުބާރާތުގައި ވާދަކުރާ ކޮންމެ ވާދަވެރި ކެޓަގަރީއަކުން (13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ) އަދި ކޮންމެ މިކްސްޑް ޓީމް ޕާސުއޭސް އޭޖް ކެޓަގަރީއަކުން ތިން ޗެމްޕިއަންޓީމު ހޮވާނެ އެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭއިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް،ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު