މާލެ ސަރަހައްދުގައި މޯބައިލް އެކްސެސަރީޒް އަދި ޓެކްނޮލޮޖީއާއި ގުޅުން ހުރި ގިނަ އަދަދެއްގެ ސާމާނު ވިއްކަމުން އަންނަ އެމްވީ މޯބައިލްއިން އެޕަލް އެއާޕޮޑްސް ޕްރޯގެ ސެކަންޑް ޖެނެރޭޝަން އަދި އެއާޕޮޑްސް 3 ލިބެން އެބަހުރިއެވެ.

އެއާޕޮޑްސް ޕްރޯގެ ސެކަންޑް ޖެނެރޭޝަންގެ އެންމެ ހާއްސަ އެއް ފީޗާއަކީ ނޮއިސް ކެންސެލޭޝަން ފީޗާއެވެ. އެގޮތުން ކުރިން ބޭނުންކުރި އެއާޕޮޑްސް ޕްރޯއަށް ވުރެ ދެ ގުނަ އިތުރަށް މިބައި ފުރިހަމަ ކޮށްފައިވާއިރު، މިއީ ހަމަޖެހިލައިގެން އަޑުއަހާލެވޭ ގޮތަށް ހަދާފައިވާ އެއާޕޮޑްސް ޕްރޯގެ ވައްތަރެކެވެ.

އެމްވީ މޯބައިލްގައި އެއާޕޮޑްގެ މޮޑަލްތަކުގެ އިތުރަަށް އެންކަރ ޖޭބީއެލް ޒިއޯމީ ވަންޕްލަސް ފަދަ ބްރޭންޑްތަކުގެ ހެޑްސެޓް ލިބެންހުރެއެވެ.

އެމްވީ މޯބައިލް މިކަހަަލަ ކިތަންމެ ސާމާނެއް ލިބޭނެއެވެ.

އެމްވީ މޯބައިލް ފިހާރަ ހުންނާނީ ބޮޑުރަސްގެފާނު މަގުގައެވެ. އެ ފިހާރައިގެ އަމިއްލަ ވައިބާ ކޮމިއުނިޓީ ގްރޫޕެއްވެސް ހިންގަމުންދާއިރު، ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް އެ ފިހާރައިން ލިބެން ހުންނަ އެންމެ ފަހުގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ލިބޭނެއެވެ.