އިންޓަގްރޭޓެޑް ނެޝަނަން ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އާއި ގުޅޭގޮތުން ސޯޝިއޯ-އިކޮނޮމިކް ސްޓަޑީ އެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއުލާން ކޮށްފިއެވެ.

މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުގައި މިދިރާސާގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ފެރީ ނިޒާމްގެ ސަބަބުން ސިއްހީ ހިދުމަތް ހޯދަން ލިބުނު ލުއިތަކާއި، ވަޒީފާގެ ފުރުސަތުތައް ފަހިވި މިންވަރާއި، ތަައުލީމް ހާސިލް ކުރަން ލިބުނު ފަސޭހަތައް ސާފު ކުރާނެއެވެ.

އޭގެ އިތުރުން ލޯކަލް ޓްއަރިޒަމާއި އެހެނިހެން ވިޔަފާރިތަކަށް ފެރީގެ ނިޒާމްގެ ސަބަބުން ލިބުނު ފައިދާތައް ވެސް ދިރާސާގައި ސާފު ކުރާނެއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް ފެރީގެ ނިޒާމްގެ ސަބަބުން ލިބުނު ފައިދާތައް ވަކިން ބެލުމަށް ވެސް ވަނީ ނިންމާފައެވެ.

13 ހަފްތާގެ މުއްދަތަކަށް ދިރާސާ ކުރިއަށް ގެންދިއުމަށް ފަހު މިއަހަރުގެ ސެޕްޓެމްބަރ މަހު ދިރާސާގެ ރިޕޯޓް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

ދިރާސާ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް މައުލޫމަތު ދިނުމަށް ބާއްވާ ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 17 މެއި ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބީލަން ހުށަހަޅާނީ 22 މެއި 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ރިސެޕްޝަނަށެވެ.

ބީލަން ހުޅުވުމަށްހަމަޖެހިފައިވަނީ 22 މެއި 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜައްޔިތުމީހާ

    އާންމުންގެ ދަތުރުފަތިރު ވިޔަފާރި ފުންޑިއްޖެ މަސްވެރިން ދޯނިފަހަރު މުދާއުފުލާ އުޅަންދުތަކައް ބަދަލުކުރަންފަށައިފި

  2. ކޮމެންޓޫ

    ރަށްޔިތުންގެ ފައިސާއިން ބަޔަކަށް ލާރިގަނޑެއް ދީގެން ކެމްޕެއިން ޕްރޮޕެގަންޑާ ހިންގަނީ

  3. ހުސޭނުބޭ

    ތި ފެރީގެ ނިޒާމުގެ ސަބަބުން ގާތް މީހުންގެ ޖީބުތައް ފައިސާއިން ފުރުނު. 57 ފެރީ ބަނުމަށް ކޮންމެ ފެރީއަކަށް 9.3 މިލިއަން ރުފިޔާ ޖެހޭ ރޭޓުން ކަޓުނަގައިގެން ހަވާލުކުރީ. މިޒަމާނުގެ 100 ފޫޓުގެ ފައިބަރު މަސްދޯންޏެއް ހުރިހައި ކަމެއް ފުރިހަމަކޮށް މަހަށް ނުކުންނައިރުވެސް 7.5 މިލިއަން ނާރާނެ. ދައުލަތުގެ ޚަޒާނާ ކައި ހުސްކޮށްފި

  4. ކޮސޯޥޯ

    ރީތި ނނމެއްކިޔާފަ ބަޔަކަށް ލާރިގަނޑެއް ދޭނެ އުޅެނީބާ!

  5. ނަސްމާ

    ވޯޓެއް އިތުރުވިތޯ ބަލަނީދޯ!