ވިލާ ގްރޫޕްގެ ފަރާތުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "ވިލާ ހާޑްވެއާ" ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ވިލާ އިން ހިންގަމުންދާ ޕެޓްރޯލް ޝެޑްގައެވެ.

ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، އެ ފިހާރައިގެ އަމާޒަކީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ. "އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އެންމެ ތައުރީފު ލިބިފައިވާ ހާޑްވެއާ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފްކޮށް، ޑިމާންޑާއި އެއްވަރަށް މިޕްރޮޑަކްޓްތައް ބާޒާރަށް ނެރެ ދިނުން."

ވިލާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭ ވިލާ ފޭސް 1 ޕެޓްރޯލް ޝެޑުގައި

އެގޮތުން މި ފިހާރައިން ޕްރިމިއަމް ބްރޭންޑް ތަކުގެ އެކި އުފެއްދުންތައް އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނެއެވެ. މިގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކެޓް (ކެޓަޕިލާ) ބްރޭންޑްގެ ޕަވާޓޫލްސް، ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑްގެ ހޭންޑްޓޫލްސްތައް ހިމެނެއެވެ. މި ހުރިހާ ޕްރޮޑަކްޓް ތަކެއްވެސް ހޯލް ސޭލް އަދި ރީޓެއިލްކޮށްވެސް ލިބިގެން ދާނެއެވެ.

ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ފްލައިވުޑްގެ ވައްތަރުތަކަށް ބަލާއިރު ރާއްޖެ މާކެޓުގައި އިތުބާރުހުރި މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ލިބެން ހުންނާނެއެވެ.

ވިލާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭ ވިލާ ފޭސް 1 ޕެޓްރޯލް ޝެޑުގައި

ގިނަ ހާޑްވެއާ ޕްރޮޑަކްޓްތައް ލިބެން ހުންނަ ވިލާ ހާޑްވެއާ އިން ކޮންޑިއުޓް ހޮޅީގެ ވައްތަރުތައްވެސް އެބަ ހުއްޓެވެ. ތެރޭގައި އާންމު ގޮތެއްގައި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅީގެ އިތުރުން ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެ އިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް ނުވަތަ ކޮންޑިއުޓް މަޑު ހޮޅި ހިމެނެއެވެ.

ވިލާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭ ވިލާ ފޭސް 1 ޕެޓްރޯލް ޝެޑުގައި

ވިލާ ހާޑްވެއާ އިން ލިބޭ އިތުރު ސާމާނުގެ ތެރޭގައި ލިޓަފްލެކްސް ފިޓިންގްސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިންގް، ކޮމްޕާޓްމަންޓް ޓްރަންކިންގް، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިންގް ހިމެނެއެވެ.

"ވިލާ ހާޑްވެއާއިން ލިބެން ހުންނަ ޕަވަޓޫލްސް އާއި އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެ. އެހެންކަމުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ބޭނުންވާ ނަމަވެސް ކުރީގެ އެސަސަރީސް ބޭނުން ކުރެވުމަކީ މަސައްކަތްތެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޮންޑިއުޓް ހޮޅިއަށް ބޭނުންވާ ފިޓިންގްސް ވެސް މިހާރު އަޅުގަނޑުމެން އެބަ ވިއްކަން. މިއީ ކޮންޑުއިޓް ހޮޅިތަކާއި އެއް ފެންވަރަކަށް ތައްޔާރުކޮށްފައިވާ، ކޮލެޓީ ފިޓިންގްސް." ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވިލާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭ ވިލާ ފޭސް 1 ޕެޓްރޯލް ޝެޑުގައި

ފާހަގަކޮށްލަން ޖެހޭ ކަމަކީ ވިލާ ހާޑްވެއާ އިން ވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދޭ ކަމެވެ.

ކޮލިޓީ ގިނަ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ޕްރޮޑަކްޓްތަކާއި ގުޅޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7211333 ނަންބަރަށް ވައިބާ ކޮށްގެން މައުލޫމާތު ލިބިގެން ދާނެއެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ[email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.