މަޝްހޫރު ބްރޭންޑް ހިޓާޗީން މި އަހަރުގެ ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށްނެރެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ދޮވުނީ ހިކުނީ" ގެ ނަމުގައި، މި ޕްރޮމޯޝަން ކުރިއަށް ދަނީ 22 މޭ އިން ފެށިގެން 22 ޖޫން ގެ ނިޔަލަށެވެ. މެޝިންއާއި އެކު ހިލޭ މައިކްރޯވޭވް އަވަންއެއް ލިބޭއިރު އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަގާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގެ ދަށުން އަވަން ލިބިގެން ދާނެއެވެ.

ހިޓާޗީން ފެބްރުއަރީގައި ނެރުނު ދޮންނަ މެޝިންތައް އެސްޓީއޯގައި

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، އެސްޓީއޯއިން މި ޕްރޮމޯޝަންގައި ވިއްކައެވެ.

ރާއްޖޭގެ މާޙައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިން ތަކެކެވެ.

އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށްލެވޭވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާއި ބަލާއިރު އަގުގޮތުންވެސް ހެޔޮކަން ފާހަގަކޮށްލެވެއެވެ.

ހިޓާޗީން ފެބްރުއަރީގައި ނެރުނު ދޮންނަ މެޝިންތައް އެސްޓީއޯގައި

އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު