ހަންކެޑެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގައި މޯލްޑިވްސް ފަންޑް މެނޭޖެމެންޓް ކޮމްޕެނީގެ ފަރާތުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ވޯކް އިން އިންޓަވިއުތައް ބާއްވަން އިއުލާންކޮށްފިއެވެ.

މިމަޝްރޫޢުގެ ހިންގަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) ގެ ދަށުންނެވެ. އެކުންފުނިން ކޮށްފައިވާ އިއުލާނުގައި އޮފިސަރ، އެކްޒެކެޓިވް، ސުޕަވައިޒަރުން އަދި ސަޕޯޓް ސްޓާފުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މިއިން ކޮންމެ ދައިރާއަކުން ނަގަނީ ކިތައް މުވައްޒަފުން ކަމެއް އިއުލާނުގައި ނެތެވެ.

އިއުލާނުގައި ބުނެފައި ވަނީ ސ. މަރަދޫ އަރުމާނު ގައި މިއަދު މެނދުރުފަހު 2 އިން 5 އަށް ވޯކް އިން އިންޓަވިއުތައް ކުރިއަށްދާނެ ކަމަށެވެ. އިންޓަވިއު އޮންނާނީ މި އިންޓަވިއުއަށް އަންނަ ފަރާތްތަކުން އައިޑީ އާއި ސީވީ ގެނައުމުން އިންޓަވިއުގައި ބައިވެރިވެވޭނެއެވެ.

މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް ޗައިނާއިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އިންޓަގްރޭޓް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ހަންކެޑެ ތަރައްޤީ ކުރުމަށް ހަވާލުކުރީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑާގައި ޖުމްލަ 2082 އެނދު ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، 64 ސަރވިސްޑް އެޕާޓްމެންޓްގެ އިތުރުން ރެސްޓޯރެންޓްތަކާއި، ޝޮޕިންގް އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލިވުމުގެ ވަޞީލަތްތައް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުސަޅު

    އަނދުން އެޅުވުން ކުރިއަށް.. އައްޑޫ ރައްޔިތުން ގުނބޯ ހައްދާލައިގެން ވޯޓު ހޯދުމަށް ކުރެވޭ މަސައްކަތަށް އަނެއްކާވެސް އިތުރު ބޮޅެއް.

    13
    1
  2. މުހަމްމަދު ބޮރިސް

    ބްރިޖް ނިންމާފަ ތިކަމާ އުޅެންވީނު

    10
  3. Anonymous

    ވޯޓް ހޯދަން ޖަހާ މަޅި! ހަގީގަތެއް ނުން

  4. އެމް އެސްްް

    މުޅި ރާއްޖެ ބޭރުބައެއްގެ އަތްދަށުލެވޭ ވަރަށް ސަރުކާރު ދަރުވާލައިގެންވެސް ވޯޓް ހޯދުމަށް މަޅިފަތި ޖަހާނެ! އައްޑޫ މަގުތައް ހަދަންށޭ ކިޔާފަ ހުރިހާމަގެއްހެން ކޮނެ ފެންބޮޑުކޮށް މަދިރި ކޮށިތައް ހެދުން ނޫކަމެއް ވެރިކަން ނިމިގެންދާއިރުވެސް ނުކުރެވޭ
    އައްޑޫމީހުން މޮޔަހައްދައި ނިމިއްޖެ!