ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން މިއަދު ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 5000ރ. ޖަމާކުރެވޭނެއެވެ.

އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 2،500ރ. ރުފިޔާ ޖަމާކުރެވޭނެއެވެ.

ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް ގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވަރ އެކައުންޓަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޖޫން އިން 10 ޖުލައި ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރިބާ

    ތިޔަ ބޭންކަށް ވަންނާކަށް ހެޔޮ ނުވާނެ. އިސްލާމިކު ބޭންކަށް ވަދޭ . މާރަގަޅު. ކިޑުސް އެކައުން ފައިދާވެސް މާރަގަޅު

  2. އަހައްމަދު

    ތިބުނާ ކިޑްސޭވަރ އެކައުންޓަކީ ރައްޔިތުން ފެލާ އެކައުންޓެއް.. އެކައުންޓަށް ފައިސާ ނުލަތާ އަހަރެއް ވާއިރަށް ހުރިއެތިކޮޅު ކައްވާލާ އެކައުންޓެއްތީ. އަތްމަތި ދަތިވެގެންވެގެންވެސް އެއްޗެއް ނުލެވިއްޖިއްޔާ ހުރިއެތިކޮޅު ދަވާލާނެ.. އަނެއްކާ އެ ނެގޭގޮތެއް ނޯންނާއިރު ބޭންކުން ރުފިޔާކޮޅު ދަވާލެވެ.. ހެޔޮނުވާނެ މިފަދަ އެކައުންޓަކީ ކައިރިވާން.

  3. Anonymous

    ވަގުންގެ ޖަހާގައި ފައިސާ ބަހައްޓާނެ ކަމެއް ނެތް. ކިޑުންނޭ ކިޔައިގެން އެއުޅެނީ ރައްޔިތުންގެ އަތުގައި ހުރި ފައިސާކޮޅު ކާލަން.

  4. ޢަހަންމަދު

    ކިޑްސް ސޭވަރ އެކައުންޓަކީ ވަރަށް ފައްކާ ސަޅި އެކައުންޓެއް.

  5. އަހައްމަދު

    މި އެކައުންޓާބެހޭ ގޮތުން ހަގީގަތަށް ލިއުނީމަ އެކޮމެންޓް ނުޖަހާފަ. ހަގީގަތާ ޚިލާފަށް ވެސް ޕޮޒިޓިވް ކޮށް ލިޔުނީމާ އެކޮމެންޓް ތިޖެހީ ވަގުތުނޫހަކީ ވެސް ވިކިފަ އޮތް މީހަކަށް ވާތީ ދޯ...

  6. ރަޔާން

    އަނެއްކާ އަނެއް މަޅި ޖަހަނީތަ؟ ތިއަށް ވުރެން މާ ތާހިރު ވާނެ ނިކަމެތި ރައްޔިތުން ތިޔަ މީހުން އަތުގަ ބަހައްޓާފަ ހުރު ފައިސާކޮޅު ރައްކާ ކުރެވޭނެ ގޮތެއް ހެދިއްޔާ !!