ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރުގެ މުނާސަބަތާއި ގުޅުވައިގެން މިދިޔަ އަހަރުން ފެށިގެން ޓޫރިޒަމް މިނިސްޓްރީން ދޭން ނިންމާފައިވާ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން 5 ކެޓަގަރީއަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

  1. 1. ޓޫރިސްޓް ރިޒޯޓްސް
  2. 2. ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލްސް
  3. 3. ޓޫރިސްޓް ވެސެލްސް
  4. 4. އެހެނިހެން ފެސިލިޓީތައް (ޓްރެވެލް އެޖެންސީ، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރުތައް)
  5. 5. ޓޫރިޒަމް ޕާސަނަލާޓީސް/ޕްރޮފެޝަނަލަސް
  6. ފަތުރުވެރިންނަށް ޙިދުމަތް ފޯރުކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިފައިވާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ގެސްޓްހައުސް، ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް އުޅަނދުފަހަރުތަކަށް މިހާރު އެވޯޑަށް ނަން ހުށަހެޅޭނެއެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރ ބޯއީ

    ކޮބާ މަސައްކަތް ކުރާމީހުންނަށް އޮތް އުފަލެއް؟؟؟ ހުރިހާ މޮޅެއް ވެރިންނަށް ހުރިހާ ދެރައަކާ ދުއްތުރާލެއް މަސައްކަތު މީހާއަށް