ޓެކްނޮލޮޖީއާ ގުޅުން ހުރި ގިނަ ޕްރޮޑަކްޓްތަކެއް ވިއްކަމުން އަންނަ އެމްވީ މޯބައިލްގެ ރަށު އެޖެންޓުންނަށް ފުރުސަތު ރާއްޖެއަށް ހުޅުވާލައިފިއެވެ.

އެ ފިހާރައަށް ލިބެން ހުންނަ ޕްރޮޑަކްޓްސް ތެރޭގައި ޕެންޑްރައިވް، ހެޑްސެޓު، ހާޑު ޑްރައިވް،މެމޮރީ ކާޑު، ފާސްޓް ޗާޖިންގް އަދި ސުޕަރ ފާސްޓް ޗާޖިންގް ޕަވަރ ބޭންކާއި އެޑެޕްޓަރު ހިމެނެއެވެ.

އެމްވީ މޯބައިލްއިން ވިއްކަމުންދާ ޕްރޮޑަކްޓްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު އަމިއްލަ ވައިބާ ކޮމިއުނިޓީ ގްރޫޕުންނާއި، ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް ލިބެން ހުންނައިރު، ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެ ފިހާރައިގެ އެޖެންޓުންނަށް ހާއްސަ ރޭޓުގައި މުދާ ލިބިގެންދާނެއެވެ.

މި ފިހާރައިން ލިބެން ހުންނަ ބްރޭންޑު ތަކުގެ ތެރޭގައި އެޕަލް, ސެމަސަންގް, އެންކަރ, ޖޭބީއެލް, ސްކަލް ކޭންޑީ, ޒިއޯމީ, ވަންޕްލަސް ފަދަ އިތުބާރު ހުރި ބްރޭންޑުތަކުގެ ޕްރޮޑަކްޓްތައް ހިމެނެއެވެ.

ޔަގީންވާކަމަކީ މި ފިހާރައަށް ގެންނަ އުފެއްދުންތަކަކީ ކޮލެޓީ މޮޅު، އޮރިޖިނަލް ޕްރޮޑަކްޓްތައް ކަމެވެ. އެހެންކަމުން އެ އިތުބާރު އެޖެންޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށްވެސް އޮންނާނެއެވެ.

އެމްވީ މޯބައިލްގެ އެޖެންޓަކަށް ވުމަށް އެދޭ ފަރާތްތަކުން 7617170 އަށް މެސެޖު ކޮށްލުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.