އާބަންކޯ އިން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ގދ. ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފިއެވެ.

ތިނަދޫގައި ގާއިމްކުރާ މި ޑީކޯ ޗެމްބަރަކީ އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 15 ވަނަ ދުވަހުގައި ކަމަށް އާބަންކޯ އިން ބުންޏެވެ.

އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެއްގެ ގޮތުގައި އާބަންކޯ އިން ފާހަގަކުރިއެވެެ.

އާބަންކޯ އިން ބުނީ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބަރު ކަމަށެވެ.

ހުވަދޫ އަތޮޅުގައި މި ޗެމްބަރު ގާއިމްކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭ އިރު، މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑު އިރު، މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ. އާބަންކޯގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަރ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަގޭ ވޯޓު އިބޫއަށް

    ރާއްޖެއަަށް އެންމެ ފުރަތަމަ ގެނައި ޗެންބަރުގެ ތެރެއިން ޗެންބަރެއްތިއީ ސަންގަރިއްލާގަ ގެންގުޅެފަ ހަރަދުބޮޑުކަމުން އެމީހުން އެއްލާލި ޗެންބަރެއްތިއީ. ޖަޒީރާ 103 ބޯޓު ގޮތަށް ދަބަރަށް ބެ ހިސްވެފާ ހުރި ޗެންބަރެއްތިއީ. ޖަޒީރާ 103 ބޯޓުވެސް ފެނުނުބަޔަކަށް އެގޭނީ އޭގެ ހާލަތު

    • ސ

      ތިޔަހެން ކަމައްވާނަމަ ތިޔަ އީ25 އަހަރު ވެފަ ހުރި ކުޑަ ޗެމްބަރެއް

  2. އަހްމަދު

    އާބަންކޯއަކީ ރާއްޖޭގެ އެކިސަރަހައްދުތަކުގަ ތަރައްގީގެމަސްރޫހިންގަން ރަޖިސްޓްރީ ކޮށްފައޮތް ކުންފުންޏެއްނޫން ރައޔިތުންނައް އަގުހެޔޮކޮށް ބޯހިޔާވަހިކަންދެވޭތޯބަލަންވީ އަގުބޮޑުކޮށް ރައްޔިތުންނައް ބިންވިއްކާފަ އެލާރިން މުޅިރާއްޖޭގަތަރައްގީމަސްރޫތައްހިގުމަކީ އާބަންކޯ ކުރަންޖެހޭކަމެއްނޫން

  3. ކޮރަލް

    އެޗްޑީސީ އާބަންކޯ އަށް ބަދަލު ވި ފަހުން ގޮތް ނޭނގޭ އެތައް ސަތޭކަ މިލިއަނެއް ހަރަދު ކޮށްފި އެވެ.

  4. ސ

    ތިޔަހެން ކަމައްވާނަމަ ތިޔަ އީ25 އަހަރު ވެފަ ހުރި ކުޑަ ޗެމްބަރެއް