ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ(ސީއެމްޑީއޭ) އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕސީބީ) އިން ކޯޕަރޭޓް ގަވަނަންސް ކޯޑު ހާމަނައިޒްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ.

އެ އެއްބަސްވުމުގައި ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު އެވެ. އަދި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.

ސީއެމްޑީއިން ބުނީ އެ އެއްބަސްވުމަކީ މުހިންމު ފެށުމެއްކަމަށާއި ކޯޕަރޭޓް ގަވަންންސް ހަރުދަނާކޮށް އޮތުމަކީ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށްވެސް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އަދި އެ ފެށުމާއި އެކުގައި ކުރިމަގުގައި މި ދާއިރާ ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ކޯޕަރޭޓް ގަވަނަންސް ގަވައިދު ހަރުދަނާކުރުމަށް ދިރާސާކުރުމާއި އެއްގޮތުން ގެންނަން ހުށަހަޅާ އިސްލާހު ހިމެނޭ ކަރުދާހެއް އެކުލަވާލައި ދެ މުއައްސަސާއާއި ހިއްސާކުރާނެ ކަމަށް ސީއެމްޑީއޭއިން ބުނެ އެވެ.

އަދި ކޯޕަރޭޓް ގަވާނަންސް ގަވައިދު ހާމަނައިޒްކުރުމާއި ގުޅޭގޮތުން ދިރާސާކޮށް އެކަންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަރުދާހެއް އެކުލަވާލައި ސީއެމްޑީއޭ އަދި ޕީސީބީ ހިއްސާކުރާނެ ކަމަށެވެ. ދެ މުވައްސަސާއަށް ސިންގަލް ކޯޕަރޭޓް ގަވަނަންސް ގަވައިދު އެކަށަޅިދާނެތޯ ބަލައި އެމަގަށް މަސައްކަތްކުރެވެން އޮތްނަމަ މަސައްކަތްކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާއިން އެއްބަސްވެފައިވަނީ ކޮންމެ ފަރާތަކުން ވެސް ތިން މެންބަރުން ހިމެނޭގޮތުން ކޯޕަރެޓް ގަވަނަންސް އިންޓައޯގަނައިޒޭޝަން ކޮމިޓީއެއް އުފައްދައި އެ ކޮމިޓީއިން އެއްބަސްވާ ކަންކަން ފުރިހަމަކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.