މޯލްޑިވްސް ޓް ރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ޙިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އެކުންފުނިން ހުށަހެޅުމުން ހިއްސާދާރުން ދެކޮޅު ހަދައިފިއެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނިން ވަނީ 32.1 މިލިއަން ރުފިޔާ ހިއްސާއަށް ބަހަން ހުށަހަޅާފައެވެ. ނަމަވެސް 119 ޙިއްސާދާރުން ވަނީ ހަތަރު ރުފިޔާ ހިއްސާއަށް ބަހަން ދެކޮޅު ހަދާފައެވެ.

ހިއްސާއަކަށް 4 ރުފިޔާ ބަހަން ފާސް ނުވި ނަމަވެސް މިއީ އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީޚުގައި މިހާތަނަށް ހިއްސާދާރުންނަށް ބެހުމަށް ހުށަހެޅި އެންމެ ބޮޑު ފައިދާއެވެ.

އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 200.9 މިލިއަން ރުފިޔާއެވެ.

ޖަލްސާގައި ހިއްސާދާރުންގެ ސުވާލާއި ޚިޔާލަށް ހުޅުވާލުމުން ހިއްސާދާރުން ވަނީ ޑިވިޑެންޑް ކަނޑައެޅުމާ ގުޅޭގޮތުން ދެވަނަ ބުރަކަށް ވޯޓަށް އެހުމަށް އެދިފައެވެ. ހިއްސާދާރުންގެ އެދުމުގެ މަތިން ލީގަލް ލަފާއާއެކު އެމްޓީސީސީގެ ބޯޑުން ވަނީ އޭޖީއެމްގެ ތެރެއިން ބޯޑު ބައްދަލުވުމެއް ބާއްވާފައެވެ. ބޯޑު ބައްދަލުވުމަށްފަހު ޖަލްސާ އަލުން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 23:20 ގައެވެ.

ބޯޑު ބައްދަލުވުމަށްފަހު ޖަލްސާގައި ވާހަކަދައްކަވަމުން ކުންފުނީގެ ޗެއަރމަން މުހައްމަދު ފަހީމް ވިދާޅުވީ މިކަމުގައި އަލުން ވޯޓަށް އެހުމަށް ކުންފުނީގެ ހިންގާ ގަވާއިދުން ތަން ނުދޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން ގޮތެއް ނިންމޭނީ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވައިގެން ކަމަށް ޗެއަރމަން ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ވަރަށް އަވަހަށް ބޯޑު ބައްދަލުވުމެއް ބާއްވައި އީޖީއެމް ބާއްވާނެ ތާރީޚެއް ކަނޑައަޅަން މަސައްކަތްކުރައްވާނެ ކަމަށެވެ. އާޒިމް ވަނީ މިއީ މިހާތަނަށް އެކުންފުނިން ކަނޑައެޅި އެންމެ ބޮޑު ހިއްސާކަން ފާހަގަކުރައްވައި ހިއްސާދާރުންގެ ނިންމުމަށް އިހުތިރާމުކުރައްވާކަމަށް ވިދާޅުވެފައެވެ.

2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބި ހިއްސާއަކަށް ވަނީ 3.5 ރުފިޔާ ބަހާފައެވެ. 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބި ހިއްސާއަކަށް ވަނީ ތިން ރުފިޔާ ބަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިއްތިހާދު

    މިހަބަރުގެ ފޮޓޯއިންފެއްނަނީ މިސަރުކާރުން ކޮންގައުމެއްގަ އެޅިބުރިޖެއްތޯ؟؟ ޢޭރުންތާ އެނގޭނީ ހިއްސާއަކައްލިބޭވަރު ނޫނީ ފުރަގަހުގަ ހަރުގަނޑެއް ބަހައްޓާފަ ހުރިނަމައެނގޭނެ މިކުން ފުނިމިދަނީ ޓޮމްއެންޑް ޖެރީން ހަނދައްދިޔަގޮތައް ދާންކަން އިތުރައްހިއްސާވެސްގަނެކުރަންވީކަން އިރައްދާން ކުރާދަތުރުގަ ބައިވެރިވުމައް ކާޓޫން ހިޔާލެއްސިޔާސީބޭނުންތަކައް ސަރުކާރުކުންފުނި ތަކުން ތިކުންފުނިތަކުން ކިތައްރައްޔިތުނައް އިންޒާރު މެސެޖެއްފޮނުވާތޯ މަސްނުނިމެނީސް އަވައްޓެރި ގައުމުތަކައްބަލާލަބަލައަސާސީ ހިދުމައްތަކުގެ ބިލްތައް 3 މަހުން 6 މަހުން ބިލްދައްކަނީ ލިބޭނަމާ މިމިހުންމިގެނައީ ދިމާކުރާ ތީއެއް އެތަންތަނައްވުރެމޮޅު ދާވާލާ ނިޒާމެއް ކަނޑަ އާދަނުން ކެއުންނޫން ކަމެއްނުކުރޭ މިހެންކިޔަނީ މިހާރުވެސް ބަލަމުންދާ ކަންތަކާ ނުބަލާހުރި ބިލިއަންރުފިޔާގެ ހިޔާނާއްތައްހުރީމަ

  2. އަހްމަދު

    ހިއްސާދާރުންވެސް އިންވެސްޓްކުރީ ފޮނިއުންމީދުތަކަކާއެކު ސާފުފައިދާގެ %30 ޕަަސެންޓުވަރު ހިއްސާދާރުންނައް ބަހާލުން ރަނގަޅު ކުންފުންޏައް ފައިދާވަމުންއަންނައިރު އޭގެހެޔޮފައިދާ ހިއްސާދާރުންނައްވެސްހައްގު

  3. ދަރަނި ދަންތުރަ

    މަކަރާ ޙީލަތުން ހިއްސާދާރުންނަށް އޮޅުވާލުން ، އާޒިމް ވަނީ ކުއްފުނި ދަވާލާފައި ، ފެއްކުއްފުނި ދަވާލާފައި އެމް ޓީ ސީ ސީ ވެސް ދަވާލީ ބޭބެގެ ޕާޓީއަށް ސޮއި ކުރި ހުރިހާ މީހުންނަށް އެމް ޓީ ސީ ސީ އިން ވަޒީފާ ދިނީ ، ޕާޓީއަށް ސޮއި ނުކުރި މީހުންނަށް ވަޒީފާ ނުދިން ، އާޒިމް އަކީ ވެސް ހާއިނެއް