އިންޑިއާގެ ބަޔަކު ރާއްޖެއާ ދެކޮޅަށް ހިންގާ "ބޮއިކޮޓް މޯލްޑިވްސް" ހަރަކާތުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދު ނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހާމަކޮށްފިއެވެ.

ހޮޓަލްތަކުގެ ބުކިން ކެންސަލްކޮށްފައި ހުރި މިންވަރު ބެލުމަށް މަޓާޓޯއިން އިން ވަނީ ސާވޭއެއް ހަދާ އެ ސާވޭގެ ނަތީޖާ އާންމުކޮށްފައެވެ.

ސާވޭއިން ދައްކާ ގޮތުން އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގިނަ އަދަދަކަށް އަންނަން ފަށާފައި ވަނީ، 2020 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއަށް އިންޑިއާއިން 62,960 ފަތުރުވެރިން އައިސްފައިވާއިރު، 2021 ވަނަ އަހަރު 291,787 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި 2022 ވަނަ އަހަރު އެ ގައުމުން 291,787 ފަތުރުވެރިން އައިސްފައިވާއިރު، ނިމިދިޔަ 2023ވަނަ އަހަރު އިންޑިއާއިން އައިސްފައި ވަނީ 209,198 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިން އައި ނަމަވެސް، 2022 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އިންޑިއާ ފަތުރުވެރިން ވަނީ 13.3 ޕަސަންޓަށް ދަށްވެފައެވެ.

އިންޑިއާގެ ބައެއް ބުކިންތައް ކެންސަލްކޮށް އިންޑިއާ ފަތުރުވެރިން ކޮންމެ ވެސް ވަރަކަސް މަޑުޖެހުނުކަން ސާވޭއިން ދައްކައެވެ. ނަމަވެސް، މި މަހު އިންޑިއާ ފަތުރުވެރިން ދަށްވެފައިވަނީ، އެހެން އަހަރުތަކުގައި ވެސް މި މަހު އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވާ މިންވަރަށްކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.

ލަކްޝަދީޕްގެ ގުދުރަތީ ރީތިކަން ފެނި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލި އިންޑިއާގެ ރައްޔިތުން ވަނީ އިންޑޮނޭޝިއާ އަދި ތައިލެންޑް ބޮއިކޮޓް ކުރުމަށް ވެސް ގޮވަން ފަށައިފައެވެ. ޖެނުއަރީ ހަތަރު ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ވަނީ ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ދިއުމަށް ގޮވާލައި ރާއްޖެއާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައެވެ. އަދި ވަރަށް ގިނަ ބަޔަކު، މީސް މީޑިއާގައި ލަކްޝަދީޕް ޕްރޮމޯޓް ކުރުމުގެ ހަރަކާތެއް ވެސް ފެށުމާއެކު، ލަކްޝަދީޕް ވަރަށް ބޮޑަށް ވައިރަލްވިއެވެ.

އިންޑިއާގެ ރައްޔިތުންނާއި މީޑީއާއިން ލަކްޝަދީޕްއަށް ގޮސް އެތަނުގެ ގުދުރަތީ ރީތިކަން ރާއްޖެއަށްވުރެ ފުރިހަމަ ކަމަށް ދައްކައި ބޮޑު ހަރަދުކޮށްގެން ރާއްޖެ ޒިޔާރަތް ކުރުމަށްވުރެ އެރަށްތަކުގައި ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމަށް ދަނީ ގޮވަމުންނެވެ.

މީސް މީޑިއާގައި އިންޑިއާގެ ރައްޔިތުން މިހާރު ދަނީ ތައިލެންޑާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކަށް ދިއުމުގެ ބަދަލުގައި ލަކްޝަދީޕްއަށް ދިޔުމަށް ގޮވާލާފައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ މި ގައުމުތަކެކޭ އެއްގޮތަށް ލަކްޝަދީޕްގައި ރީތި ދޮންވެލި ބީޗާއި ކަނޑު ފަޅުގެ ރީތިކަން އެހާމެ ފުރިހަމަ ކަމަށެވެ. އެހެންކަމުން ބޭކާރު ޚަރަދުކޮށްފައި އެ ޤައުމުތަކަށް ދިޔުމުގެ ބަދަލު ލަކްޝަދީޕް އިހްތިޔާރުކުރުމަށް ވަނީ ގޮވާލާފައެވެ.

މިޕޯސްޓަށް އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ ނުވިސްނޭ މީހަކަށް ދުވަހަކުވެސް ނުވިސްނޭނެ ކަމަށާއި ތިކުރެވެނީ އަދި ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންޑިޔާ މީހުން އިންޑިޔާގައި ބަނގުޑި ބައްދައިގެން ތިބެބަލަ ، އިންޑިޔާ މީހުން ނަޔަސް ދިވެހިރާއްޖެޔަށް ފަތުރުވެރިން އައްނާނެ ، ﷲ އިރާދަކުރެއްވިއްޔާ ދިވެހިން އިންޑިޔާ އާނުލާ ފުދިގެން އުޅޭނެ

  2. ވައިރަލް

    މިހާރު މީހުން ގިނައިން ތަންތަން ބަލަން ދަނީ އެމީހުންގެ ގައުމުން ބޭރުތަންތަނަށެވެ. ގައުމުގެ އެތެރޭގެ ތަންތަނަށްވެސް ދެއެވެ. އެކަމަކު ބޮޑަށް ޝައުގުވެރިކަން ހުންނަނީ "ފޮރީން ކަންޓްރީ" ތަކަށެވެ. އަހަރެން ވެސް ބޭނުމީ ލަންކާ ނުވަތަ އިންޑިއާ އަށް ދާން. އެއީ އަހަރެންގެ މާލީ ފެންވަރު. މިގޮތަށް އުޅޭނެ ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންވެސް. އަހަރެމެން އެއަރޕޯޓުތަކުން ދެކެން ބޭރުމީހުން ބޯޓު ފުރަންދެން ރަށުން ގެންނަ ބިސްކޯދު ކައިގެން އެތާގެ ކޫލަރުން ފެންބޮއިގެން ތިބޭ މީހުންވެސް. އެއީ އެމީހުންގެ ބަޖެޓް. ވީމާ ބަޖެޓް އޮތްވަރަކުން ދުރު ދަތުރު ކުރާނެ. ޚަރަދުވެސް ކުރާނެ.

  3. އިބްރާހިމް

    އިންޑިއާއިން މި ހުރިހައި ބިރެއްދައްކަމުން މިދަނީވެސް މި ޤައުމުގައިތިބި އަސްކަރީން ބާލަންޖެހޭތީ. ބޭނުމަކީ އަޅުވެތިކުރުން.