ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"އިން މިހާތަނަށް 50 ޕްރޮޖެކްޓް ހިންގައިފިއެވެ.

ބީއެމްއެލް "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު" އަކީ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަށާފައިވާ މަޝްރޫއުއެކެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ އެހީގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓް

ބީއެމްއެލުން ބުނީ، މި މިހާތަނަށް ރާއްޖޭގެ 18 އަތޮޅެއްގައި ހިމެނޭ 49 ރަށެއްގައި 50 ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށާއި 30 ރަށެއްގައި ހިންގުނު ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

އެޕްރޮޖެކްޓް ތަކުގެ ތެރޭގައި ކޮމިއުނިޓީ ޕާކް، އައުޓްޑޯރ ޖިމް، މަސްކަނޑާތަން، ކުޑަކުދިންގެ ޕާކް، ސޯލާ ލައިޓް ހަރުކުރުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން، ބިއްލޫރި ފުޅި ހަދިޔާ ކުރުން، ނޭޗަރ ޕާކް ތަރައްގީ ކުރުން، ލައިބްރަރީ ތަރައްގީ ކުރުމާއި، ކުނި މެނޭޖް ކުރުމަށް އެހީތެރިވުމާއި ސްކޭޓް ޕާކާއި ޕިކްނިކް ސަރަހައްދު ގާއިމް ކުރުން ފަދަ ތަފާތު ޕްރޮޖެކްޓްތައް ހިމެނެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ އެހީގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓް

ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓުތަކުގެ ދަށުން ކޮންމެ އަހަރަކު އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދި މުޖުތަމަ އަަށް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކުގެ އިތުރުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެންވެސް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތުދޭނެކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.

އަދި މި އަހަރު ތެރޭ އަދި އިތުރު 10 ޕްރޮޕޯސަލް ހޮވަން ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު