އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް އިން ގަނެފައިވާ ބޯޓް މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއީ ރާއްޖޭގައި ބޯޓް ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައިވަނިކޮށް އެސްޓީއޯއިން އިސްވެ މިދިޔަ އަހަރު އުފެއްދި ޝިޕިންގ ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ. މިއީ 680 ކޮންޓެއިނަރުގެ ބޯޓެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެކުންފުނިން ޗާޓަރުކޮށްގެން ގެނައި ފުރަތަމަ ބޯޓް ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުއެވެ.

އެސްޓީއޯއިން ބުނީ، ލަންކާއަށް ގެންގޮސް ބޯޓްގެ ބްރޭންޑިންގ މަސައްކަތްތައް ނިންމުމަށްފަހު މި ބޯޓު ބޭނުން ކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށް ކަމަށެވެ.

މި ބޯޓުގެ ކުރޫއިންގެ 99 އިންސައްތައަކީ ދިވެހިންނެވެ. އެސްޓީއޯއިން ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ.

އެމްއެސްއެސް އުފެދުނީއްސުރެ ލަންކާއާ މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު