ގޭގައި ތިބެގެން ކޮވިޑް-19 އަށް ޓެސްޓް ކޮށްލެވޭނެ ކިޓެއް އެމްވީ މޮޓޯސް އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

އެމްވީ މޮޓޯސް އިން ގެނެސްފައިވާ ކޮވިޑް-19 އެންޓިޖެން ރެޕިޑް ޓެސްޓް ކިޓަކީ އިޓަލީ، ކްރޮއޭޝިއާ، އޮސްޓްރިއާ، ޕޯޗުގަލް، ޕޮލޭންޑް، ސްޕެއިން، ރޮމޭނިއާ، ޖަރުމަންވިލާތް އަދި ބެލްޖިއަމްގެ ވެސް އިތުބާރު ހޯދާފައިވާ އެގައުމުތަކުގައި ވެސް ބޭނުން ކުރަމުން އަންނަ ކިޓެކެވެ.

15 މިނެޓުން ނަތީޖާ ނެރެދޭ މި ކިޓުގެ ސަބަބުން ގޭގައި ތިބެގެން އަލާމާތެއް ފެނިއްޖެނަމަ ފަސޭހައިން ޓެސްޓް ކޮށްލެވޭނެއެވެ.

މި ކިޓު ބޭނުން ކުރަން ޖެހޭ ގޮތަށް ބަލާނަމަ، އެންމެ ފުރަތަމަ ޖެހޭނީ 3 ނުވަތަ 5 ވަރަކަށް ފަހަރު ގަދަޔަށް ކެއްސާލާށެވެ. އޭގެ ފަހުން އޭގައި ހުންނަ ޓިއުބްގެ ތެރެއަށް ކުޅު ޖެހުމަށްފަހު އެއާއި އެއްކޮށް އޮންނަ 'ބަފަ' އާއި ރަނގަޅަށް މިކްސް ކޮށްލަން ޖެހޭނެއެވެ. އަދި ރަނގަޅަށް މިކްސް ކުރުމަށްފަހު، އޭގައިވާ ކިޓަށް 2 ތިކި ޖައްސާލާނީއެވެ.

ޓެސްޓް ކިޓު ބޭނުން ކުރާނެ ގޮތް--

ކިޓަށް ދެ ތިކި ޖައްސާލުމަށް ފަހު 15 މިނެޓު ފަހުން ފައްސި ނަތީޖާއެއްނަމަ އޭގެއިން 2 ރޮނގު ދައްކާނެއެވެ. ނައްސި ވެއްޖެނަމަ 'ސީ' އަކުރާއި ދިމާލުން ރޮނގެއް ފެންނާނެއެވެ. އަދި ނުބައިކޮށް ހެދިއްޖެނަމަ، 'ޓީ' އަކުރާއި ދިމާލުން ރޮނގެއް ފެންނާނެއެވެ.

އެމްވީ މޮޓޯސް އިން ބުނެފައިވަނީ މިއީ 91.38 އިންސައްތަ ސީދާ ނަތީޖާ ނެރެދޭ ކިޓެއް ކަމުން މި ކިޓުން ފައްސި ނަތީޖާއެއް ދައްކައިފިނަމަ، އިތުރަށް ޔަގީން ކުރުމަށް ޕީސީއާރު ޓެސްޓު ހެދުން އެދެވިގެންވާ ކަމަށެވެ.

އެމްވީ މޮޓޯސް ފިހާރަ ހުންނާނީ މާލެ، މައްޗަންގޯޅީ ހަސްލަތު، ދަނބުރުމަގު ގައެވެ. ފިހާރައިން މި ކިޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެފިހާރައިގެ ފޭސްބުކު ޕޭޖު ނުވަތަ އިންސްޓަގްރާމް ޕޭޖަށް މެސެޖު ކޮށްލައިގެން ކިޓު ލިބޭނެއެވެ. އަދި 9713132 ނުވަތަ 7777309 ފޯނަށް ގުޅުއްވައިގެން ވެސް ޓެސްޓް ކިޓު ގަނެލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮޅީ

    ހަމަ ވިޔަފާރި ސްޓަންޓެއް

  2. ކކކ

    މިހާރު ކޮވިޑާހެދި ބިރުން އުޅޭކަށް ނުޖެހޭ ދޯ، އަހަރެމެން އަމިއްލައަށް ޓެސްޓުކޮށްލައިގެން އުޅެންވީ ދޯ، ދެން ނެތްތަ ތިހެން ވިއްކާ ވެކްސިން ކިޓެއް ދޯ، އޮތިއްޔާ ބުނެލަންވާނެ ދޯ، އޭރުން ދޯ އަހަރެމެންނަށް އަމިއްލައަށް ޓެސްޓްކޮށްލައިގެން އަމިއްލައަށް ވެކްސިން ޖަހައިގެން އުޅެވޭނީ ދޯ.