22:22

އދ.ގެ ސެޓެލައިޓް ސެންޓަރުން އެނަލައިޒްކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ފަލަސްތީނުގެ އާބާދީ ބޮޑު އެންކްލޭވްގައި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 30 އިންސައްތަ އިމާރާތްތައް ވަނީ ހަލާކުވެފައި.

އދ.ގެ ސެޓެލައިޓް ސެންޓަރު، ޔޫނޯސެޓް އިން ބުނީ، ޣައްޒާގެ ޖުމްލަ ބިނާތަކުގެ ގާތްގަނޑަކަށް 30 އިންސައްތައާ އެއްވަރުގެ 69،147 ބިނާއަކަށް އަސަރުކޮށްފައިވާ ކަމަށް.

އަދި ޣައްޒާގައި ހުރި 22،131 އިމާރާތް ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އިތުރު 14،066 އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި 32،950 އިމާރާތަށް އާދައިގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނޭ. އަދި ގާތްގަނޑަކަށް 93،800 ހައުސިން ޔުނިޓަށް ވަނީ ގެއްލުންވެފައި.

21:56

ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު ޣައްޒާގެ އެކި އަވަށްތަކުގައި ހަތިޔާރު އެޅި ހަމަނުޖެހުންތައް ހިންގަމުންދާ ކަމަށް އަލްޖަޒީރާއިން ބުނެދޖ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާ ސިޓީއަށް އިސްރާއީލުން ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، އެތައް ހާސް ބަޔަކު ވަނީ އައްސޭރިފަށުގެ އެންކްލޭވްގެ ދެކުނުގެ ސަރަހައްދުތަކަށް ހުސްކުރަން ޖެހިފައި.

21:54

ޣައްޒާގެ ދެކުނުގެ ސްޓްރިޕް ސިޓީގެ ބައެއް އަވަށްތަކުގެ މަންޒަރުތައް އަމްރު ތަބާޝް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޝާއިއުކޮށްފައިވާއިރު، އިސްރާއީލް އަސްކަރިއްޔާއިން އެ ސިޓީއަށް ވަދެގަނެ ދެމުންގެންދިޔަ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައކ.

ތަބާޝް ބުނީ އެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން އިއްޔެ ފައިބައިފައިވާ ކަމަށް.

 

View this post on Instagram

 

A post shared by Amr Tabash (@amr.tabash)

21:51

ރަތް ކަނޑުމަތިން ވައިގެ މަގުން ވައިގެ މަގުން ފޮނުވާލި މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އެރޯ" އޭރިއަލް ޑިފެންސް ސިސްޓަމް އިން މީގެ ކުޑައިރުކޮޅެއް ކުރިން ރަތް ކަނޑުގެ ސަރަހައްދުގައި އިސްރާއީލުގެ ސަރަހައްދާ ގާތަށް ދިޔަ ސަރފޭސް ޓު ސަރފޭސް މިސައިލެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށް.

21:49

އިސްރާއީލު ސިފައިން ވަނީ ސަލްފިޓްގެ ކަރަވަތު ބާނީ ހަސަން އަވަށަށް ވަދެ ބަލައި ފާސް ކުރަން ފަށައިފި.

20:10

ޚާން ޔުނިސްގެ އިރުމަތީ މީހުން ދިރިއުޅޭ ބްލޮކެއްގައި އިސްރާއީލު ސިފައިން ބޮން ގޮއްވާލައިފި

19:45

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޚާން ޔުނިސްގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި

19:34

ފަލަސްތީނުގެ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަނާގައި ފަލަސްތީނަށް ތާއީދު ކުރާ މުޒާހަރާތައް ދަނީ ކުރަމުން.

މުޒާހަރާގެ ބައިވެރިން ވަނީ "ކާމިޔާބީ ލިބެންދެން" ޣައްޒާއާ އެކު ތިބޭނެ ކަމަށް ވައުދުވެފައި ކަމަށް އެ އައުޓްލެޓުން އެކްސްގައި ބުނެފައި.

19:32

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ތައިރް ހަރްފާ އަވަށްތަކަށާއި ވާދީ ހަސަން މަޖްދެލް ޒޫންގެ ބޭރުގެ ރަށްތަކަށް އަމާޒުކޮށް ވައިގެ މަގުންނާއި ބޮޑު ބަޑީގެ ހަމަލާތަކެއް ދޭން ފަށާފައިވާ ކަަމަށް ލުބުނާނުގެ އެންއެންއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފި.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވެސް ވަނީ ދެކުނުގެ އަވަށްތަކަށް ކަމަށްވާ މަރްވާހީން، ޒިބްކިން އަދި ޖަބަލް ބަލަތުގެ ބޭރު ސަރަހައްދުތަކަށް އަމާޒުކޮށްފައި.

19:25

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ އިރުމަތީގައި އޮންނަ އަބަސަން އަލް ކަބީރާ ރައުންޑްއަބައުޓްގައި ހުންނަ "އަބޫބަކުރު އަލް ސިއްދީގު" މިސްކިތް އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ހަލާކުކޮށްލައިފި.

18:14

ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ދެކުނުގެ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާ ސީރިއާ ސިފައިން ވަނީ ފަހަތަށް ޖައްސާލާފައި.

ދައުލަތުގެ ސީރިއަން އަރަބް ނިއުސް އެޖެންސީ (ސަނާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގެ އަސަރު ކޮށްފައި ވަނީ ބައެއް ތަކެއްޗަށް ކަމަށް.

 

18:13

ހުޅަނގުގެ ބައެއް ގައުމުތަކުން ޔޫއެންއާރްޑަބްލިއުއޭއަށް ދޭ ފައިސާ މެދުކަނޑާލުމާއި ޣައްޒާގައި ތިބި ފަލަސްތީނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ޖޯޑަންގައި މުޒާހަރާގެ ބައިވެރިން ވަނީ ބެނާތަކާއި ދިދަތައް ހިފައިގެން އައްމާންގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައި.

ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

17:28

ޣައްޒާގައި ފަލަސްތީނުގެ އެއް ލައްކައަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޒަހަމްވެ، ނުވަތަ ގެއްލިފައިވާ ކަމަށާއި ނޫނީ ޝަހީދުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި.

17:26

އިސްރާއީލުން ހިފާފައިވާ ގުދުސްގައި އަޅުކަން ކުރާ މީހަކަށް އަލް އަޤްޞާ މިސްކިތަށް ވަނުމަށް ހުރަސް އެޅުމަށްފަހު ހަމަލާދީފި.

17:09

ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ޣައްޒާއިން އެކަނި 112 މީހަކު ޝަހީދުކޮށްލައިފި.

16:33

ކޮމިޝަން އޮފް ޑިޓެއިނިންސް އެފެއާޒް އެންޑް ދަ ފަލަސްތީން ސޮސައިޓީ ޕްރިޒަނަރސް ކްލަބް: އިސްރާއީލުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި 25 ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ޒަހަމްވި ޒުވާނެއްގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިން.

16:32

ޣައްޒާގައި އިސްރާއީލުން ހިންގި ޖަރީމާތައް ފެށުނީއްސުރެ ޝަހީދުވި އެ ޖަމާއަތުގެ މުވައްޒަފުންގެ އަދަދު 152 އަށް އަރާފައިވާ ކަމަށް ޔޫއެންއާރްޑަބްލިއުއޭ އިން ބުނެފި.

އަދި ޣައްޒާގެ އެކި ސަރަހައްދުތަކުގައި 1.7 މިލިއަނަށްވުރެ ގިނަ މީހުން (އާބާދީގެ 75 އިންސައްތައަށްވުރެ ގިނަ މީހުން) ގެދޮރު ގެއްލިފައިވާ ކަމަށާއި، މިއީ އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފައިވާ މީހުން ކަމަށް ބުނެފައިވޭ.

16:31

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ހުންނަ އަލް އަމާލް ހޮސްޕިޓަލްގެ ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށް ރެޑް ކްރެސެންޓުން ބުނެފި.

އަދި އިސްރާއީލުގެ ފުރަބަންދުގެ ތެރޭގައި ކިޑްނީގެ ބަލިތައް ހުންނަ މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރަން ދަތިވުމުގެ ސަބަބުން ނާޒުކު ހާލަތަކަށް ގޮސްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނޭ

16:22

ސްޓޮކްހޯމްގައި ހުންނަ އިސްރާއީލުގެ އެމްބަސީއަށް ދިން ނާކާމިޔާބު ހަމަލާގެ ތަހުގީގެއް "ނިރުބަވެރިކަމުގެ ޖަރީމާއެއް" ގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ސްވިޑެންގެ އިންޓެލިޖެންސް ސާވިސް އިން ބުނެފި.

16:08

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ގިނަ ބަޔަކު ހިޖުރަކުރަން މަޖުބޫރުވެފައިވާ ޚާން ޔޫނުސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އދ.ގެ ހިއުމެނިޓޭރިއަން އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި.

އަދި ބޯޑަރު އަވަށަކީ "މާޔޫސްކަމުގެ ޕްރެޝަރު ކުކަރެއް" ގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރޭ.

16:07

ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ދެކުނުގެ ޑިސްޓްރިކްޓަކަށް އަމާޒުކޮށް އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގައި ދިމިޝްގުގައި ހުންނަ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެޑްވައިޒަރަކު ޝަހީދުވެފައިވާ ކަމަށް އީރާނުގެ ސެމީ އޮފިޝަލް ނިއުސް ސައިޓްތަކުން ބުނެފި.

މީގެ ކުރިން ސީރިޔާގެ އަސްކަރީ މަސްދަރަކާ ހަވާލާދީ ސީރިޔާގެ ދައުލަތުގެ ނިއުސް އެޖެންސީ ސަނާއިން ބުނެފައިވަނީ އެގައުމުގެ އަސްކަރިއްޔާއިން ދިމިޝްގުގެ ދެކުނުގައި އޮންނަ ގޯލާން ހައިޓްސް އިން ފޮނުވާލި އިސްރާއީލުގެ ގިނަ މިސައިލްތަކެއް ވައްޓާލާފައިވާ ކަމަށް.

އީރާނުގެ ނިއުސް ސައިޓްތަކުން ވަނީ ޝަހީދު މީހާއަކީ ސާއިދު އަލިދާދީ ކަމަށް އޭނާގެ ރޭންކް ހިއްސާ ނުކޮށް ފާހަގަކޮށްފައި.

15:32

ނިރުބަވެރި އިސްރާއީލުން ޑަމަސްކަސްއަށް ދިން މިސައިލް ހަމަލާގައި އީރާން އަސްކަރިއްޔާގެ އެޑްވައިޒަރ މަރާލާފައިވާ ކަމަށް އީރާނުން ބުނެފި.

14:56

އިރާގުގެ އީރާނަށް ތާއީދުކުރާ އަލް ނުޖާބާ ހަރަކާތުން ބުނީ އުރުދުންގައި އެ ޖަމާއަތުގެ ތިން ސިފައިން ޝަހީދުވުމާ ގުޅިގެން ރައްދު ދޭނެ ކަމުގެ އިންޒާރު ވޮޝިންޓަނުން ދިން ނަމަވެސް މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާތައް ދިނުމަށް ބާރު އެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް.

13:49

އިސްރާއީލަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި ތުރުކީވިލާތުން 7 މީހަކު ހައްޔަރު ކޮށްފި. ރިޕޯޓްތަކުން ބުނާ ގޮތުގައި ހައްޔަރު ކުރި މީހުން ގެންދިޔައީ އިސްރާއީލަށް މައުލުމާތު ވިއްކަމުން.

13:43

ގަވައިދާއި ހިލާފަށް ބޯޑަރު ހުރަސް ކުރި އިސްރާއީލުގެ ހަތަރު މީހަކު އުރުދުން އިން ހައްޔަރު ކޮށްފި.

އިސްރާއީލުގެ ޓީވީއަކުން ރިޕޯޓް ކުރި ގޮތުގައި ހައްޔަރު ކޮށްފައިވާ ހަތަރު މީހުންގެ ތެރޭގައި އެމީހުންގެ އަސްކަރިއްޔާގެ މީހަކު ވެސް ހިމެނޭ. އެމީހުން ހައްޔަރު ކުރުމަށްފަހު މިހާރު ތިބީ އުރުދުންގެ ސިޓީއެއް ކަމަށްވާ އަޤާބާގައި ކަމަށް ރިޕޯޓް ކޮށްފައިވޭ.

13:41

އިސްރާއީލުގެ ގޮލަން ހެއިޓްސްއިން ފޮނުވާލި ގިނަ މިސައިލްތަކެއް ވައްޓާލާފައިވާ ކަމަށް ސީރިއާގެ އަސްކަރިއްޔާއިން ބުނެފި.

ސީރިއާއިން ވައްޓާލާފައިވަނީ އެގައުމުގެ ވެރިރަށް ޑަމަސްކަސްއަށް ފޮނުވާލާފައިވާ މިސައިލްތަކެއް ކަމަށް ރިޕޯޓްތަކުން ބުނޭ.

13:39

އިސްރާއީލުގެ ޓެލް އަވިވްގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން

13:38

ހަނގުރާމަ ހުއްޓާލުމަށާއި ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމަކަށް ގޮވާލާ އިސްރާއީލުގެ ވެރިރަށް ޓެލް އަވީވްގައި ބައެއް މީހުން މުޒާހަރާ ކޮށްފި. މުޒާހަރާގެ ބައިވެރިން ވަނީ އިތުރު ލޭއޮހުރުވުމަކަށް ފޮނުވައިގެން ނުވާނެ ކަމަށް ގޮވާލާފަ.

13:37

އީރާނުން ހަނގުރަމަ ނުފަށާނެ ކަމަށާއި ނަމަވެސް "ބުލީ" ކުރާ ކޮންމެ މީހަކަށް ވަރުުގަދަ ރައްދެއް ދޭނެ ކަމަށް އެގައުމުގެ ރައީސް، އިބްރާހިމް ރައީސީ ވިދާޅުވެއްޖެ.

10:58

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލް-އަގްސާ ޔުނިވާސިޓީ. ނިރުބަވެރިން ވަނީ މި ޔުނިވާސިޓީ އެއްކޮށް ސުންނާފަތި ކޮށްލާފަ.

 

10:57

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ އަލް-ތަވަމްއަށް ދިންް ގެއްލުން

 

10:56

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ޤަލްޤިލްޔާއަށް ހަމަލާދީ 11 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފި.

10:15

ފަހުގެ މައުލޫމާތު:

  • ޚާން ޔޫނިސްގެ ނާސިރާއި އަލް އަމާލް ހޮސްޕިޓަލްތަކުގައި ބަލި މީހުންނަށް އޮކްސިޖަންގެ ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް އދ. އިން ބުނެފި.
  • އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލުސްގެ ދެކުނުގައި އޮންނަ ފަލަސްތީނުގެ އަވަށެއް ކަމަށްވާ އަލް-ސާވިޔާގެ ބޭރުގައި ކާރެއްގައި ރޯކޮށްލަނ،ް ގަވައިދާ ހިލާފަށް އިސްރާއީލުގައި ވަޒަންވެރިވި މީހުން މަސައްކަތް ކޮށްފި.
  • ފަލަސްތީނުގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަފްތާއެއްހާ ދުވަސް ކުރިން ސުންނާފަތިވެފައިވާ ގެއެއްގެ ދަށުން 12 މީހެއްގެ ހަށިގަނޑު ފެނިއްޖެ

 

09:33

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއީލުން ހިންގާ ގަތުލު އާންމަށް ތާއިދު ކުރާ ކަމަށް ބުނެ، އެމެރިކާގައި ތިބި އަރަބި ރައްޔިތުން މުޒާހަރާ ކޮށްފި.

09:31

"މުޅި ޣައްޒާ އޮތީ ބަނޑުގައި ހޫނު ކަމެއްގެ ތެރޭގައި. 1.7 މީހުން ވަނީ ހާލުގައި ޖެހިފައި. އިންސާނީ އެހީގެ ނިޒާމު ފުނޑުފުނޑުވެއްޖެ. އަހަރެން ގޮވާލަން، ރައްކާތެރިކަމާއި އެކީ ޣައްޒާއަށް އެހީ ވެއްދުމަށް ގޮވާލަން" އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް

09:24

ޚާން ޔޫނިސްގެ ސުންނާފަތިވެފައިވާ ސަރަހައްދަކުން 12 މީހެއްގެ ހަށިގަނޑު ފެނިއްޖެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އެމީހުންގެ ހަށިތައް ފެނިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސުންނާފަތި ކޮށްލާފައިވާ އިމާރާތެއްގެ ދަށުން.

09:09

އިސްރާއީލުގެ ނިރުބަވެރިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިން ހަނގުރާމަ ކުރާ ފޮޓޯތަކެއް

09:08

ކެނެޑާގެ މިސިސައުގާ ސިޓީޣެ މިސްކިތަކަށް ދިން ހަމަލާއަކީ ބިރުވެރި، ހިތްދަތި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކެނެޑާގެ ބޮޑު ވަޒީރު، ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ.

"އިސްލާމްދީނަށް ނަފްރަތު ކުރުން މި ކޮމިއުނިޓީގައި ބަލައެއް ނުގަނެވޭނެ"

09:04

އިސްރާއީލުގެ އާންމުން ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވުމަށް މަގުތަކަށް ނުކުމެފަ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ ފާއިތުވި އަހަރު ތަކުގައި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން އެންމެ އަނިޔާވެރިކޮށް ދެމުން އަންނަ ހަމަލާތަކެވެ.

އާންމުން ދިރިއުޅޭ އެތަކެއް ގެއެއް ސުންނާފަތި ކޮށްލާފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް ވަންނާނެ ގެދޮރެއް އަދި ނެތެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕްތަކުގައި ޣައްޒާ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން އަންނައިރު، މިހާރު އެރައްޔިތުން ތިބީ ވެސް ބަނޑުހައި ހޫނު ކަމެއްގެ ތެރޭގައެވެ.

ކާނެ އެއްޗެއް ހޯދުމަށް އެކި ތަންތަނަށް ބައެއް ރައްޔިތުން ދަތުރު ކުރާއިރު، ގިނަ ރައްޔިތުން ތިބީ ކާނެ އެއްޗެއް ނުލިބިފައެވެ. ރައްޔިތުން ކާނެ އެއްޗަކަށް އާދޭސް ކުރަމުން އަންނައިރު، އިސްރާއީލުގެ ސިފައިންގެ އިތުރުން އިސްރާއީލުގެ އާންމުން ވެސް ތިބީ އެހާ ވެސް އަނިޔާވެރި ވިސްނުމެއްގައެވެ.

ބޭރުން އަންނަ އެހީތައް ވެއްދުމަށް ސިފައިންގެ އިތުރުން އާންމުން ވެސް މިހާރު އަންނަނީ ދެކޮޅު ހަދަމުންނެވެ. ޣައްޒާ ކައިރީގައި އޮންނަ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ އަޝްޑޮޑްގެ ބޯޑަރު ސަރަހައްދުގައި އެމީހުން ހަރަކާތްތެރިވަމުން އަންނަނީ ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވުމަށެވެ. ޣައްޒާގެ ދިދަ ޖަހައިގެން ޣައްޒާ ތެރެއަށް ވައްދާ އެހީތައް އަންނަނީ އެއްވެސް ވިސްނުމެއް ނެތި ހުއްޓުވަމުންނެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.