ޕާކިސްތާނުގެ އާންމު އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓަކު ކެމްޕެއިން ހަރަކާތުގައި އުޅެނިކޮށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

އޭނާ މަރާލާފައިވަނީ މިދިޔަ ބުދަދުވަހުގައެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއާ ގުޅުން ހުރި މިނިވަން ކެންޑިޑޭޓެއް ކަމަށްވާ ރެހާން ޒޭބް ޚާންއަށް ބަޑިޖަހާފައި ވަނީ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ބަޖާއުރުގެ މާރުކޭޓެއްގައި ކެމްޕެއިންގައި އުޅެނިކޮށެވެ. އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ބުނާ ގޮތުގައި މި ހަމަލާގައި އިތުރު ތިން މީހަކަށް އަނިޔާވެފައިވެއެވެ.

އިސްލާމިކް ސްޓޭޓް ޚުރާސާން ނުވަތަ އައިއެސް-ކޭ އިން ފަހުން ވަނީ މިހަމަލާގެ ޒިންމާ ނަގާފައެވެ. މިއީ ފާއިތުވި ހަފްތާތަކުގައި ކެނޑިޑޭޓަކު މަރާލި ދެވަނަ ފަހަރު ކަމަށް ރޮއިޓާސް އިން ބުނެއެވެ.

ބުދަ ދުވަހު ހިނގި ބަޑިޖެހުމަކީ ފެބްރުއަރީ 8 ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގެ ކުރިން ސިޔާސީ ކެންޑިޑޭޓުންނާއި ޕާޓީތަކަށް އަމާޒުކޮށްގެން ދެކުނު އޭޝިއާގެ މުޅި ގައުމުގައި ދިން ހަމަލާތަކުގެ އެންމެ ފަހުގެ ހަމަލާއެވެ.

ބުދަ ދުވަހު ޕާކިސްތާނުގެ ޕީޕަލްސް ޕާޓީ އާއި ޕާކިސްތާން މުސްލިމް ލީގުގެ އިންތިޚާބީ އޮފީހަށް ބަލޫޗިސްތާން ޕްރޮވިންސްގައި ހަމަލާދީ 15 މީހަކަށް އަނިޔާވެފައިވާ ކަމަށް ކެއާޓޭކަރ މިނިސްޓަރު ފޯ ހޯމް އެންޑް ޓްރައިބަލް އެފެއާޒް ބަލޫޗިސްތާން ޒުބައިރު ޖަމާލީ ވަނީ ވިދާޅުވެފައެވެ.

އެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެއް ދީފައިވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީންނެވެ. މީގެ އެއް ދުވަސްކުރިން ބަލޫޗިސްތާނުގެ ސިބީ ސިޓީގައި ޕީޓީއައިގެ ކެމްޕޭން ޖަލްސާއެއްގައި ގޮވުމެއްގައި ހަތަރު މީހަކު މަރުވެ، ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް ޕީޓީއައި އިން ބުނެއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

އެ އަނިޔާވެރިކަމާ ގުޅިގެން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަން (އީސީޕީ) އިން ބުރާސްފަތި ދުވަހު ސަލާމަތީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމަކަށް ޗިޓް ފޮނުވައި، ދެ ޕްރޮވިންސްގެ ގާނޫނާއި ގަވާއިދުގެ ހާލަތު "ގޯތިވަމުން އަންނަ" މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

ބުދަ ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް އަހަރީ ކޮންފަރެންސެއްގައި ބައްދަލުކޮށް އަންނަ ހަފްތާގައި ބާއްވާ އާންމު އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށް އެގައުމުގެ ސިފައިން ނެރެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރިއެވެ.

"ސިޔާސީ ހަރަކާތުގެ ނަމުގައި އަނިޔާވެރިކަމާއި މިނިވަން އިންސާފުވެރި އިންތިޚާބުތައް ހިންގުމުގެ ކުއިންޓެސެންޝަލް ޑިމޮކްރެޓިކް ކަސްރަތު ސެބޮޓޭޖް ކުރުމުގެ ހުއްދަ އެއްވެސް މީހަކަށް ނުދެވޭނެ،" ބަޔާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ފެބްރުއަރީ 8، އިންތިހާބު ބާއްވާ ދުވަހަކީ، 240 މިލިއަން މީހުންނަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ނިމި ދިޔައީ ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ހަލަބޮލި ހަފްތާއަކަށްވީ ކުރީގެ ބޮޑުވަޒީރު ޚާން ކޮރަޕްޝަންގެ ކުށުގައި 14 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުންނެވެ. 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އިތުބާރު ނެތް ކަމުގެ ވޯޓެއްގައި ޚާން އާއި ޕީޓީއައި ޕާޓީގެ މެމްބަރުން މަގާމުން ދުރުކުރުމާ ގުޅިގެން ގިނަ ބަޔަކު ބުނަނީ ހިމޭންކަމަށް ބިރުދެއްކި ކަމަށާއި އަނެއް ބަޔަކު އެކި ތުހުމަތުތަކުގައި ހައްޔަރުކޮށްފައި ނުވަތަ ގައުމުން ފުރުން މަނާކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު