އިންޑިއާގެ ކަރްނާޓަކާގެ މައިސޫރުގައި ފިރިހެނަކު އޭނާގެ އަންހެނުން ގޭގެ ކޮޓަރިއެއްގައި ހަފުތާތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އުމުރުން ތިރީހަކަށް އަހަރު ވެފައިވާ ސުމާ ބުނި ގޮތުގައި މީގެ 12 އަހަރު ކުރިން ސަންނައްޔާއާ ކައިވެނި ކުރި ފަހުން އޭނާ ހުންނަނީ އެ ކޮޓަރީގައި ބަންދުކޮށްފައެވެ.

ފުލުހުން ވަނީ އޭނާ ސަލާމަތްކޮށް މައިންބަފައިންގެ ގެއަށް ފޮނުވާލާފައެވެ.

އެ އަންހެން މީހާ ބުނާގޮތުގައި އޭނާ ފާހަނަ ކުރަމުން ދަނީވެސް ގޭގައި ހުންނަ ފޮއްޓަކަށެވެ. އެއީ އެގޭގެ ފާހަނަ ބޭރުގައި ހުންނާތީ ކަމަށްވެސް ބުނެފައި ވެއެވެ.

"އަހަރެމެންގެ ދަރިން ސްކޫލް ގަޑިއަށް ފަހު ފިރިމީހާ އެނބުރި ގެއަށް ވަންނަން ދެން މަޑުކުރަން ޖެހޭނީ ބޭރުގައި" ދެ ދަރިން ތިބި އަންހެން މީހާ ބުނެފައި ވެއެވެ.

އެންޑީޓީވީއަށް މައުލޫމާތު ދެމުން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެ ފިރިމީހާ ވަޒީފާއަށް ނުކުތުމުގެ ކުރިން ގޭތެރޭގައި އަންހެން މީހާ ބަންދުކުރާ ކަމަށެވެ.

އެ މީހާ އުޅެނީ އަންހެން މީހާ ގެއްލިދާނެތީ ބިރުން ކަމަށް ވެއެވެ.

ފާއިތުވި ދެތިން ހަފުތާއެއްހާ ދުވަހު އޭނާ ހުރީ ބަންދުވެފައެވެ. އޭނާގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ.

މީގެ ކުރިން ވެސް މައިންބަފައިންގެ ގެއަށް އޭނާ ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އަންހެން މީހާ ބުނާގޮތުގައި ފިރިމީހާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅަން ބޭނުން ނުވެއެވެ. އަދި މައިންބަފައިންގެ ގޭގައި މަޑުކޮށް ދެ މީހުންގެ ގުޅުން ބަދަހިކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި އަންހެން މީހާއަކީ އެ ފިރިހެން މީހާގެ ތިން ވަނަ އަނބިމީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޗޯރޭ ނަމޫނާނަގާށެވެ.

  2. Anonymous

    އިންޑިޔާއާއި ބެހޭގޮތުން ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ..ފިޔާ އަލުވި ކުކުޅު ނުލިބި ބަޑަށް މަރުވެދާނެ.

    19
    1
  3. ޝަރަފިއްޔާ

    ގިނަ އަންހެނުން ތިވަރުން ނުގެންގުޅުނިއްޔާ ގެއްލޭނެ //

    10
    1
  4. ސިމްޕް

    އަންހެނުން ގޭގައި ބަންދު ކޮއްފަ ހިލޭ އަންހެނުން ކައިރިޔަށް ދުވަން