ސްރީ ލަންކާގެ ތިމާވެއްޓާއި ބެހޭ ވަޒީރު ކެހެލިއާ ރަމްބުކްވެލާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް ވަޔާއިން ބުނީ ވަޒީރު ކެހެލިއާ ރަމްބުކްވެލާ ސީއައިޑީއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ލަންކާ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މަލިގަކަންޑާ މެޖިސްޓްރޭޓް ލޯޗަނާ އަބޭވިކްރަމާ ވަނީ އެންވަޔަރަންމަންޓް މިނިސްޓަރު ކެހެލިއާ ރަމްބުކްވެލާގެ ޕާސްޕޯޓް ހިފަހައްޓައި، މިދިޔަ އަހަރު ބަލަން ފެށި ފޭކް އިމިއުނޯގްލޯބިއުލިންގެ ޝިޕްމަންޓެއް ހޯދުމުގެ މައްސަލައިގެ ހައި ޕްރޮފައިލް ތަހުގީގާ ގުޅިގެން ސީއަޑީއަށް އަށް ރިޕޯޓް ކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފެންމަތިވީ އޭނާ ސިއްހަތާއި ބެހޭ ވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފެންވަރު ދަށް ބޭސް ހޯދުމުގައި ބައިވެރިވި ކަމަށް ތުހުމަތެވެ.

އޭނާއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ލަންކާގެ ތިމާވެއްޓާއި ބެހޭ ވަޒީރެވެ.