22:45

ޣައްޒާގެ މެދުތެރޭގައި ތިބި އިސްރާއީލް ސިފައިންނަށް އަމާޒުކޮށް، ހަމާސް އިން މޯޓަރު ބަޑިން ހަމަލާދީފި.

17:38

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް ހަތަރު މަސްދުވަސް ވާން ކައިރިވެފައިވާއިރު؛ ޣައްޒާގައި 17،000 އަށް ވުރެ ގިނަ ކުޑަކުދިން އެކަނިވެފައި ނުވަތަ އާއިލާތަކާއި ވަކިވެފައި އެބަ ތިބި ކަމަށް އދ.ގެ ކުޑަކުދިންގެ ކަންތައްތަކާ ބެހޭ ޖަމިއްޔާ ޔުނިސެފުން ބުނެފި.

17:33

އެމެރިކާއަކީ ނިރުބަވެރިކަމަށް ވާގިވެރިވާ ގައުމެއް ކަމަށް ސީރިއާ އިން ތުުހުމަތުކޮށްފި.

15:18

އިރާނުން ވާގިވެރިވާ ޖަމާއަތްތަކަށް ކަމަށް ބުނެ އެމެރިކާއިން މިއަދު ފަތިހު އިރާގަށް ދިން ހަމަލާތައް އިރާގުން ކުށްވެރިކޮށްފި.

13:46

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުން ފަލަސްތީނުގެ އެތައް ހަނގުރާމަވެރިންނެއް ޝަހީދުކޮށް، އެންޓިޓޭންކް މިސައިލް ލޯންޗަރުތަކެއް ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

13:45

ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކާއި ޣައްޒާ ސިޓީގެ ހުޅަނގުން އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ވައިގެ މަގުންނާއި ބޮޑުބަޑީގެ ހަމަލާތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުން

ފަތަހަ ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ އަލް އަޤްޞާ ޝަހީދުސް ބްރިގޭޑުން ބުނީ އިސްރާއީލުގެ އަސްކަރީ ވެހިކަލެއް ގޮއްވާލައި އެތެރޭގައި ތިބި އިސްރާއީލު ސިފައިން މަރާލައި، ޒަޚަމްކޮށްލާފައިވާ ކަމަށް.

13:30

ފަލަސްތީނުގެ ފޮޓޯގްރާފަރު މުއައްމެން އަބޫ އޮޑެހް ވަނީ އިސްރާއީލު ސިފައިން ފޭބުމާ އެކު ޣައްޒާގެ އުތުރުގައި އޮންނަ އަލް ސުދާނިއާއަށް ލިބުނު ގެއްލުންތައް ދައްކާލާފައި.

އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަނީ އިސްރާއީލުން އެއްގަމު އުޅަނދުތަކުން އަރައިގަތުމާއި، ހުއްޓުމެއް ނެތި ބޮން އެޅުމަށް ފަހު މީހުން ދިރިއުޅޭ ސަރަހައްދުތައް މިހާރު ފެންނަ ގޮތް.

13:27

ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލު ސިފައިން ހައްޔަރުކޮށް އަނިޔާ ކުރި ފަލަސްތީނުގެ ދެ ފިރިހެނުންގެ އިތުރު އަޕްޑޭޓްތައް ދަނީ ލިބެމުން.

ޖެނިންގެ ހުޅަނގުގައި އޮންނަ ޔާބާދު އަވަށުން ފަލަސްތީނު މީހުން ވަނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ބަދަލުކޮށްފައި.

ހައްޔަރުކުރި މީހުންގެ އާއިލާގެ މީހަކު ވަފާއަށް މައުލޫމާތު ދެމުން ބުނީ އެ މީހުންނަށް ރޭގަނޑު އެތައް ގަޑިއިރެއް ވަންދެން އަނިޔާ ކުރި ކަމަށާއި އޭގެ ފަހުން ރަށުގެ އިރުމަތީ ފަރާތުގައި ހުރި ޒައިތޫނި ގަހެއްގައި އެމީހުން ދޫކޮށްލާފައިވާ ކަމަށް. އެތަނުން އެ މީހުން އެ ސިޓީގެ އިބްނު ސީނާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ވަނީ ބުނެފައި.

ނިއުސް އެޖެންސީން ބުނީ އެ ދެ މީހުން ކަމަށްވާ އަސްއަދު އަމްރު، 27، އާއި ހުސްނީ އަމްރު، 29، ގެ ބޭސްފަރުވާގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

 

13:23

ނިރުބަވެރި އިސްރާއީލުން އިރުމަތީ އަދި މެދުތެރޭ ރަފާހް ސިޓީއަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 28 މީހުން ޝަހީދުވެއްޖެ.

10:05

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ މެންދުރުގެ ނިޔަލަށް ފަލަސްތީނުގެ އިތުރު 112 މީހުން ޝަހީދުވެ، 148 މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ 2.3 މިލިއަން އާބާދީގެ 75 އިންސައްތަ މީހުން ވަނީ ގެދޮރު ގެއްލި، ކާބޯތަކެއްޗާއި ފެނާއި ބޭހާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި.

އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (ޔޫ.އެން.އޯ.ސީ.އެޗް.އޭ) އިން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ 1.2 މިލިއަން ކުދިންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކުދިންނަކީ މިހާރު ނަފްސާނީ ދުޅަހެޔޮކަމުގެ އެހީތެރިކަން ބޭނުންވާ ކުދިންކަމަށް އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ލަފާކުރޭ.

10:03

ފަލަސްތީނުގެ ރެފިއުޖީންނަށް އދ.ގެ އެޖެންސީއަށް ދޭ ފައިސާ، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އެ އެޖެންސީގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވި ކަމަށް އިސްރާއީލުން ތުހުމަތު ކުރުމާ ގުޅިގެން، އެ އެޖެންސީއަށް ދޭ ފައިސާ ގިނަ ގައުމުތަކުން މެދުކަނޑާލައިފި.

 

10:01

ރަފާހްގެ ހަމަލާއާ ދެކޮޅަށް ޖަރުމަނުގެ ފޮރިން މިނިސްޓަރ އެންމެ ފަހުން އިޒްރޭލަށް އިންޒާރު ދީފި

ޖަރުމަނުގެ ޑީޕީއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ އެންމެ ދެކުނުގައި ރަފާހްއާ ދެކޮޅަށް އިސްރާއީލުގެ އަސްކަރީ ހަމަލާތަކެއް ދޭން އުޅޭތީ އެކަމުގެ އިންޒާރު ފޮރިން މިނިސްޓަރު އެނަލީނާ ބެއާބޮކް ދެއްވާފައި.

08:55

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްގެ އިރުމަތީގައި އޮންނަ މީހުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ގިނަބަޔަކު، ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެ.

ފަލަސްތީނުގެ ދައުލަތުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާގައި 11 މީހުން ޝަހީދުވެފައި އިރު، ހޮނިހިރު ދުވަހުގެ ފަތިހު ރަފާގެ ދެވަނަ ގެއަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު ވަނީ ޝަހީދުވެފައި.

08:53

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިންގެ އިތުރު ހަމަލާއެއް ދީފި.

ފަލަސްތީނުގެ ރަށްވެހިން ބުނާ ގޮތުގައި ހަމަލާ ދިން މީހުން އައިސްފައި ވަނީ ވާދީގެ އަނެއް ފަރާތުގައި ގާނޫނާ ހިލާފަށް ހަދާފައިވާ ދެ އާބާދީގެ ތެރެއިން އެއް އާބާދީއަކުން ރޭގަނޑުގެ ވަގުތެއްގައި.

08:39

އިރާގާއި ސީރިއާގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ތެހެރާނުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވޭ.

08:38

މިސްރު، އިސްރާއީލް، ގަތަރު އަދި އެމެރިކާގެ އޮފިޝަލުން މި ހަފުތާގައި ހުށަހެޅުއްވި މަލްޓިސްޓޭޖް ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ޣައްޒާގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުން ހިމަނާފައި ނުވާތީ ކަމަށް ބެއިރޫތުގެ ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވެއްޖެ.

08:36

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަކީ "މި ގަރުނުގައި ހިނގި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ" ކަމަށް ބުނެ ޔޫރަޕާއި އެމެރިކާގެ 800 އެއްހާ އޮފިޝަލުން ވަނީ އެގައުމުގެ އޮފިޝަލުންނަށް ސިޓީއެއް ފޮނުވައިފި.

ނިރުބަވެރި އިސްރާއީލުން، ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައްދީ ގަތުލު އާންމު ހިންގަމުންދާތާ މިއަދަށް 120 ދުވަސް ވަނީ ވެފައެވެ.

ނިރުބަވެރިން ކޮންމެ ދުވަހަކުވެސް ޣައްޒާގެ އެތައް މިތަނަށް ބޮން އަޅާ، ސުންނާަފަތި ކުރަމުންދާއިރު، މި ހަމަލާތަކުގައި މިހާރުވެސް އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެސް ވަނީ ލިބިފައެވެ.

މި ހަމަލާތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ނިކަމެތި ވެފައެވެ.

މިގޮތުން މިހާރުވެސް ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް އިސްރާއީލުގެ އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ އިސްރާއީލުގެ ދިފާއީ ވަޒީރު ކުރިން "ސޭފް ޒޯނެއް" ގެ ގޮތުގައި ސިފަކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ރަފާހްއަށް ހަމަލާ ދޭނެ ކަމަށް ބުނުމާއި ގުޅިގެންނެވެ.

ޔުނިސެފުން ބުނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޣައްޒާގެ ގާތްގަނޑަކަށް 17،000 ކުދިން ނަކީ އެއްވެސް ގުޅުމެއް ނެތް ނުވަތަ އާއިލާއާ ވަކިވެފައިވާ ކުދިން ކަމަށެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.