ފްރާންސްގެ ޕެރިހުގެ ގަރޭ ޑި ލިޔޯން ރޭލްވޭ ސްޓޭޝަނަށް ވަޅިން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލައިފިއެވެ.

އެ މައްސަލައިގައި ހިމެނޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ކޮން ގައުމެއްގެ މީހެއް ހާމަކޮށްފައި ނުވާއިރު، އޭނާ ވަޅިން ހަމަލާދީފައިވަނީ މިއަދު ހެނދުނު 8:00 އެހާކަންހާއިރު ޑޮމެސްޓިކް ރޭލުތަކުގެ އިތުރުން ސްވިޓްޒަލޭންޑާއި އިޓަލީއަށް ދަތުރުކުރާ ސްޓޭޝަންގައެވެ.

މި ހާދިސާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު ދެ މީހަކަށް ލުއި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"ތުހުމަތު ކުރެވޭ މީހާހަމަލާދިން އިރު (ދީނީ އެއްވެސް ޝިއާރެއް) ބޭނުން ކޮށްފައެއް ނުވޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

"އޭނާ ފުލުހުންނަށް ހުށަހެޅީ އިޓަލީގެ ޑްރައިވިން ލައިސަންސެއް". އެ އޮފިޝަލް ވިދާޅުވިއެވެ.

އެ ހަމަލާއަށް ފަހު ރޭލް އޮޕަރޭޓަރު އެސްއެންސީއެފް އިން ކުރިން ކުރި ޓުވީޓެއްގައި ބުނީ ހޯލް އެކަކާއި ތިން އާ ދެމެދުގެ ސަރަހައްދަކީ ވަގުތީ ގޮތުން ނުވަދެވޭ ސަރަހައްދެއް ކަމަށެވެ.