އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 28،663 އަށް އަރައިފިއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 28،663 މީހުން މަރުވެ، 68،395 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 87 މީހަކު ޝަހީދުވެ 104 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވެއްޓިފައިވާ އެތައް ހާސް އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ ގިނަ ބައެއްގެ ހަށިގަނޑުތައް ވާނެއެވެ. އެހެންކަމުން، އޮކްޓޯބަރު 7 ގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަަމަށް ބުނެފައި ވެއެވެ.

މިގޮތުން މިހާރުވެސް 7،000 އަށް ވުރެ ގިނަ މީހުން ތިބީ އިމާރާތްތަކުގެ ދަށުވެފައި ކަމަށް ބުނެފައ ވެެއެވެ. އޭގެތެރެއިން 4،900 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.