22:14

އިސްރާއީލުގެ ބާރުގެ ދަށުގައި ވާ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އަށް ކަނޑައަޅާފައިވާ ޓެކްސް ފައިސާ އަންފްރީޒް ކުރުމުގެ އެއްބަސްވުމެއް "ވަރަށް ގާތް" ކަމަށް ނޯވޭގެ ބޮޑުވަޒީރު ވިދާޅުވެއްޖެ.

 

22:13

ހެބްރޮން ކައިރީގައި އިސްރާއީލުގެ ދެ ވަޒަންވެރިއަކު ފަލަސްތީނުގެ ދެ ކުއްޖަކަށް އަނިޔާކޮށްފި

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގެ ހެބްރޮން ސިޓީގެ ކައިރީގައި އޮންނަ މަސާފަރު ޔައްޓާގެ އަލް މުފަޤާރާ އަވަށުގައި ދެ ކުއްޖަކަށް ވަނީ އަނިޔާވެފައި.

ނިއުސް އެޖެންސީގެ ނޫސްވެރިޔާ ބުނީ ހަތިޔާރު އެޅި މީހުން އެތަނުގައި ތިބި ދަނޑުވެރިންނަށާއި ގެރިވެރިންނަށް ހަމަލާ ދީފައިވާ ކަމަށް.

22:11

ބޯޑަރު ކައިރީގައި އިސްރާއީލުގެ އަމާޒުތަކަށް ހިޒްބުﷲ އިން ހަމަލާދީފި

ލުބުނާނުގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ސްނައިޕަރަކަށް އަމާޒުކޮށް ޒަހަމްކޮށްލާފައިވާ ކަމަށާއި އަދި ބިރްކަތު ރިޝާ ސައިޓުގައި ހުރި ޖާސޫސީ އާލާތްތަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް.

22:10

ޣައްޒާއިން ފަލަސްތީނުގެ އާންމުން މަޖުބޫރުކޮށް ބޭރުކުރުމުގެ ނުރައްކަލާއި ރަފަހުގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ޖީ7ގެ ޚާރިޖީ ވަޒީރުން ކަންބޮޑުވުން ފާޅުކުރައްވައިފި.

22:09

ފަލަސްތީނަށް ތާއީދުކުރާ ދިދަތަކާއި ބެނާތައް ހިފައިގެން އެތައް ހާސް ބަޔަކު މެޑްރިޑްގެ މަގުތަކުގައި ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ހިނގާލުމެއް ބާއްވައިފި.

22:06

ލަންޑަންގައި މިއަދު ހިނގާލުމަކީ ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން ބާއްވާ އެންމެ ބޮޑު ހިނގާލުން ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

އިންތިޒާމްކުރާ ފަރާތްތަކުން ބުނަނީ މިދިޔަ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށި ފަހުން ސައިޒުގެ ގޮތުން އެންމެ ގަދަ ތިނެއްގެ ތެރޭގައި ލަންޑަނުގައި ބާއްވާ މި މުޒާހަރާ ހިމެނޭނެ ކަމަށް ބެލެވޭ ކަމަށް.

21:58

ފަލަސްތީނުގެ ޣައްޒާގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ބަނޑުހައިވެ ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން މި ދުނިޔެ ދޫކޮށްފި

21:05

ފަލަސްތީނާ އެއްބައިވަންތަކަމުގެ ގޮތުން ލަންޑަނުން ކުރި މުޒާހަރާ - ފޮޓޯ: އޭޕީ
ފަލަސްތީނާ އެއްބައިވަންތަކަމުގެ ގޮތުން ލަންޑަނުން ކުރި މުޒާހަރާ - ފޮޓޯ: އޭޕީ
ފަލަސްތީނާ އެއްބައިވަންތަކަމުގެ ގޮތުން ލަންޑަނުން ކުރި މުޒާހަރާ - ފޮޓޯ: އޭޕީ

21:00

ރަފާހުގައި މަސައްކަތްތެރިން އިންސާނީ އެހީ ބާލަނީ - ފޮޓޯ: އޭޕީ
ރަފާހުގައި މަސައްކަތްތެރިން އިންސާނީ އެހީ ބާލަނީ - ފޮޓޯ: އޭޕީ
ރަފާހުގައި މަސައްކަތްތެރިން އިންސާނީ އެހީ ބާލަނީ - ފޮޓޯ: އޭޕީ

20:57

ފަލަސްތީނުގެ ރެޑްކްރެސެންޓުން ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިސްރާއީލު ސިފައިން އަލް އަމާލް ހޮސްޕިޓަލުން ހައްޔަރުކުރި ފަލަސްތީނުގެ ދެ ޑޮކްޓަރުންނާއި މެދު ކަންތައް ކުރާ ގޮތުގެ ފޮޓޯތަކެއް އާންމުކޮށްފައި.

20:53

ޣައްޒާއިން އިސްރާއީލުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ހާލަތާއި އަދި ތިބި ތަނެއް ހާމަކުރަން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ދެކޮޅު ހަދަމުންދާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފި.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމައަށް 134 ދުވަސް ވެފައިވާއިރު، އިސްރާއީލު ސިފައިން ބަންދުގައި ތިބޭ މީހުންނަށް ނުރައްކާތެރި ޖަރީމާތައް ހިންގާފާނެ ކަމުގެ ބިރު ބޮޑުވަމުންދާ ކަމަށާއި ހާއްސަކޮށް ކުރީގެ ގައިދީންގެ ފަރާތުން އިތުރު ހެކިބަސްތައް ލިބެމުންދާތީ، އެ މީހުންނަކީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ބައެއް ކަމަށް ބުނަމުންދާ ކަމަށް..

20:51

ރަތް ކަނޑުގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ހޫތީން ބުނެފި

މި ހަމަލާ ދީފައިވަނީ ތެޔޮ ޓޭންކަރު މެސަރ ޓީ ޕޮލަކްސްއަށް ކަމަށާއި ކުރިން އެ ޓޭންކަރަށް މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވޭ.

ހޫތީގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސަރިއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔަމަނުގެ އަސްކަރިއްޔާގެ ކަނޑުގެ ސިފައިން ރަތް ކަނޑުގައި އޮތް އިނގިރޭސި ވިލާތުގެ ތެޔޮ އުޅަނދަކަށް [ޕޮލަކްސް] އަމާޒުކޮށް ގިނަ އަދަދެއްގެ ނޭވަލް މިސައިލްތަކެއް ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް.

20:48

އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ދިން ހަމަލާތަކުގައި އަށް މީހުން ޝަހީދުވެއްޖެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މީހުން ޝަހީދުވެފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ފަސް ގެއަކަށް ދިން ބޮމުގެ ހަމަލާގައި ކަމަށާއި އިތުރު އެތައް ބަޔަކު ޒަހަމްވެ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަނީ ތާށިވެފައި،.

މި ހަމަލާތައް ދީފައިވަނީ އަލްޒަވައިދާ އާއި ޑިއާ އަލް ބަލާހް ރެފިއުޖީ ކޭމްޕްތަކުގައި ކަމަށް އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ ވަފާއިން ބުނޭ.

19:18

އިސްރާއީލުން ދެކުނުގެ ރަފަހް ސިޓީއަށް ދިން ހަމަލާތައް ވަރުގަދަކުރުމާ އެކު، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެނބުރި އަންނަ ސަރަހައްދެއް ކަމަށްވާ ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހަށް މިހާރު ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފި.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޮމުގެ ހަމަލާތައް އަމާޒުވެފައިވާ އެ ސިޓީގެ އިރުމަތީ ސަރަހައްދުގެ އިތުރުން ދެކުނުގެ ސަރަހައްދުތަކަށް ވެސް ވަނީ ރެއިޑްކޮށްފައި.

19:13

ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ ހަލާކުކޮށްލުމުގެ މަގްސަދުގައި އިސްރާއީލުން ވަރުގަދަ ކެމްޕޭނެއް ހިންގަމުން އަންނަ ކަމަށާއި އޭނާގެ އިސްތިއުފާއަކީ ނަތަންޔާހޫގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ޔޫއެންއާރްޑަބްލިއުއޭގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވެއްޖެ.

19:08

ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައަޅައި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ދައުލަތެއް ގާއިމުކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އެފްރިކަން ޔޫނިއަންގެ ޗެއާޕާސަން އަޒާލީ އަސޫމާނީ ވިދާޅުވެއްޖެ.

19:06

ޣައްޒާގެ އުތުރުން މިއަދު ހެނދުނު ދެކުނުގެ ސިޓީއެއް ކަމަށްވާ އަޝްކެލޯންއަށް ހަމަލާދޭން ފެށި ކަމަށް ތުހުމަތުކުރެވޭ ހަމާސްގެ ހަނގުރާމަވެރިއަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ރޮކެޓް ހަމަލާ ދިންތާ ބައި ގަޑިއިރު ނުވަނީސް ހަނގުރާމަވެރިއަކު ޝަހީދުކޮށްލި ކަމަށާއި އެ ހަމަލާ ކާމިޔާބުކަމާއެކު ހުއްޓުވި ކަމަށް އެކްސްއާ ބެހޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

18:59

އިސްރާއީލުގެ އޮފިޝަލުންގެ ވަފުދެއް އަންނަ ހަފުތާގައި ގަތަރަށް އަންނާނެ ކަމަށް ބެލެވޭ އިރު، އެ ވަފުދުގެ އަމާޒަކީ ގައިދީން ބަދަލުކުރުމުގެ އާ އެއްބަސްވުމަކަށް އައުން ކަމަށް އިސްރާއިލުގެ ނިއުސް އައުޓްލެޓް ޗެނަލް 13 އިން ބުނެފި.

18:58

އިސްރާލުން ހަމަލާތައް ދެމުންދާއިރު ޖަބަލިއާ ރެފިއުޖީ ކޭމްޕް - ފޮޓޯ: އަނަޑޯލް
އިސްރާލުން ހަމަލާތައް ދެމުންދާއިރު ޖަބަލިއާ ރެފިއުޖީ ކޭމްޕް - ފޮޓޯ: އަނަޑޯލް
އިސްރާލުން ހަމަލާތައް ދެމުންދާއިރު ޖަބަލިއާ ރެފިއުޖީ ކޭމްޕް - ފޮޓޯ: އަނަޑޯލް

18:13

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ޚާން ޔުނިސްގައި ދިރިއުޅޭ މުޅި ބްލޮކެއް ހަލާކުކޮށްލައިފި.

16:27

ޓޯކިޔޯއަށް ނިސްބަތްވާ ޔޫސުކޭ ފުރުސާވާ ފާއިތުވި ތިން މަސް ދުވަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވަމުން.

ފުރުސާވާ ޓޯކިޔޯގައި އެކަނި މުޒާހަރާކުރަނީ ޣައްޒާގެ ގަތލު ހުއްޓާލާށޭ ލިޔެފައިވާ ބެނާއަކާއެކު

އެކްޓިވިސްޓް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ވީޑިއޯތައް އަޕްލޯޑްކޮށް، ސްޓްރެޓެޖިކް ގޮތުން އޭނާގެ މުޒާހަރާ ކުރާ ތަންތަން އިޚްތިޔާރު ކުރާއިރު، ސްޓާބަކްސް އާއި މެކްޑޮނަލްޑްސްގެ އައުޓްލެޓްތަކުގެ ބޭރުން ގިނަފަހަރަށް އޭނާ ފެނޭ.

16:24

އިންސާނީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހަ ޖަމިއްޔާއެއްގެ އިސްވެރިން ވަނީ ރަފަހުގައި އިސްރާއީލުން އެއްގަމު މަގުން ދިން ހަމަލާއެއްގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމުގެ އިންޒާރު ދީފި.

މި ޖޮއިންޓް ސްޓޭޓްމަންޓުގައި އޮކްސްފާމް، އެމްނެސްޓީ އިންޓަނޭޝަނަލް، އެކްޝަންއެއިޑް، ވޯ ޗައިލްޑް، ޑެންމާކް ރެފިއުޖީ ކައުންސިލް އަދި ހޭންޑިކޭޕް އިންޓަނޭޝަނަލްގެ އިސްވެރިން ސޮއިކުރައްވާފައިވޭ.

"ޣައްޒާގެ އެންމެ އާބާދީ ބޮޑު ސަރަހައްދެއް ކަމަށްވާ ރަފާހުގައި 1.5 މިލިއަން މީހުން އެމީހުންގެ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ހިޔާވަހިކަން ހޯދަމުން އަންނަ އިރު، އޭގެ ތެރެއިން ބައި މިލިއަނަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭތީ އެކަމާ ހިތާމަކުރަން،" އެ ބަޔާނުގައިވޭ.

16:21

އިތިއޯޕިއާގެ ވެރިރަށް އަދީސް އަބާބާގައި ކުރިއަށްދާ އެފްރިކަން ޔޫނިއަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން އެފްރިކަން ޔޫނިއަން ކޮމިޝަންގެ ރައީސް މޫސާ ފަކީ ވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައި.

ފަކީ ވިދާޅުވީ ޣައްޒާ މުޅިން ނައްތާލައި އެގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ނިގުޅައިގަންނަމުންދާ ކަމަށް. އަދި އިންސާނިއްޔަތުގެ ތާރީހުގައި އެއްވެސް އެއްގޮތް ކަމެއް ނެތް އިސްރާއީލުގެ އޮޕަރޭޝަން ކުށްވެރިކުރާ ކަމަށް ވިދާޅުވި.

16:19

އިސްރާއީލަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީއަށް ދޭ މާލީ އެހީތައް މެދުކަނޑާލި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޖަރުމަނު، އީޔޫ އަދި ކެނެޑާ ފަދަ ގިނަ ގައުމުތައް ހިމެނޭ.

ޔޫއެންއާރުޑަބްލިއުއޭއަށް ލިބޭ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ އެ ގައުމުތަކުން ދޭ އެހީން. މިގޮތަށް ކަނޑާލުމުގެ މާނައަކީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް މުޅިން ފައިސާ ހުސްވާނެކަން.

16:18

އިސްރާއީލަށް ދޭ ފައިސާ އާއި އެހެނިހެން އެހީތައް ވަގުތުން އަނބުރާ ގެންދިއުމަށް އެފްރިކަން މެތޮޑިސްޓް އެޕިސްކޯޕަލް ޗާޗުގެ ކައުންސިލް އޮފް ބިޝޮޕްސް އިން އެމެރިކާއަށް ގޮވާލައިފި

އެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލު ސިފައިން ފަލަސްތީނަށް ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި ސިއްހީ ސާމާނު ލިބުން މަނާކޮށްފައިވާ ކަމަށް.

16:14

ފަލަސްތީނު ޖަމާއަތުން "ހަމަލާތައް މުޅިން ހުއްޓާލުމާއި، ޣައްޒާ ހިފާފައިވާ އަސްކަރިއްޔާ އަނބުރާ ގެންދިއުމާއި، ބޭއިންސާފުން ވަށާލުން އުވާލުން" ފިޔަވައި އެހެން ކަމެއް ފަލަސްތީނު ޖަމާއަތުން ބަލައިނުގަންނާނެ ކަމަށް ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެ.

އަދި ކުރިއަށް އޮތް ސްވޮޕް އެއްބަސްވުމެއްގައި ދިގު ހުކުމެއް ތަންފީޒު ކުރަމުންދާ ފަލަސްތީނުގެ ގައިދީން ވެސް އިސްރާއީލުން މިނިވަން ކުރަން ޖެހޭ ކަމަށް ހަނިއްޔާ ވިދާޅުވެފައިވޭ.

16:12

އީރާނުގެ އެތެރޭގެ ބޮޑު ދެ ގޭސް ޕައިޕްލައިނަކަށް މި ހަފުތާގައި ސިއްރުން ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފި.

16:11

ފަލަސްތީނުގެ ނޫސްވެރިޔާ މުއައްމެން އަބޫ އޮދޭހް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ގަބުރުސްތާނު އިސްރާއީލުގެ އަސްކަރިއްޔާއިން ހަލާކުކޮށްލާފައިވާ މަންޒަރު

16:09

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި އިތުރު 195 މީހަކު ޝަހީދުވެއްޖެ.

14:24

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީން ހަމަލާ ދީފި.

14:16

އިސްރާއީލުން ހިފާފައިވާ އަޝްކެލޮން ސަރަހައްދަށް ފަލަސްތީނުގެ ހަމާސް އިން ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި. މި ހަމަލާތަކާ ގުޅިގެން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވި ކަމެއް އަދި ސާފެއް ނުވޭ. އެކަމަކު، އެއް ރޮކެޓް ވައިގެ މަތިން ނައްތާލާފައިވާ ކަމަށްވޭ.

14:15

އިސްރާއީލް ސީރިއާ އަށް ވައިގެ ހަމަލާތަކެއް ދީފި.

14:08

ނާސިރް ހޮސްޕިޓަލްގެ ތެރެއިން ގާތްގަނޑަކަށް 100 ވަރަކަށް މީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށްވޭ.

12:49

ޣައްޒާ ސިޓީގައި ހުރި ގެއަކަށް އިސްރާއީލްގެ ސިފައިން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލައިފި.

11:23

ފަލަސްތީނުގެ ޣައްޒާގައި ތިބި މުސްލިމުން މަރަން އެމެރިކާގެ އެހީތެރިކަމާ އެކުގައި އިސްރާއީލުން އިތުރު ހަތިޔާރު ހޯދުމުގެ މަސައްކަތް ފަށައިފި.

11:02

އިސްރާއީލުން ބުނަނީ ޣައްޒާގެ ނާސިރް ހޮސްޕިޓަލަށް ކާބޯތަކެއްޗާއި ފެން ފޯރުކޮށްދީފައިވާނެ ކަމަށް. އަދި ހަލާކުވެފައިވާ ޖަނަރޭޓަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިސްރާއީލުން ބުނެފައިވޭ.

09:24

ފަލަސްތީނުގެ ޣައްޒާ ސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލެއް ކަމަށްވާ އަލް ނަސްރު ހޮސްޕިޓަލުގައި ދުވަސްނުފުރާ ވިހާފައި ތިބި ތުއްތު ކުދިންތަކެއްގެ ކުނިވަމުންދާ ފުރާނަ ނެތް ހަށިތައް ފެންނަ ވީޑިއޯ އެއް އާންމު ވެއްޖެ.

09:10

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ގަތަރުގެ ބޮޑުވަޒީރާއި އުރުދުންގެ ރަސްގެފާނު މަޝްވަރާ ކުރައްވައިފި.

09:09

އިސްރާއީލް ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ރެއިޑްކޮށް 11 މީހުން ހައްޔަރުކޮށްގެން ގެންގޮސްފި.

09:08

ފަލަސްތީނުގެ ޣައްޒާ އާއި މިސްރު ގުޅޭ ބޯޑަރު ކައިރި.

09:08

އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރު ޖެނެރަލް ހަކީމް އެލްވެއާ ވިދާޅުވި ގޮތުގައި ޣައްޒާގެ އުތުރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި.

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން އަރައިގަނެ ހަމަލާތައް ދެމުން އަންނަތާ 134 ދުވަސްވެފައިވާ އިރު، ޣައްޒާގައި ހުންނަ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލު ސިފައިން ވަދެ އެ ތަނުގައި ތިބި ސިއްހީ ހިދުމަތްތެރިން ހައްޔަރު ކުރާ ކަމުގެ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ހައްޔަރު ކުރަނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި މީހުންނާއި ހިޔާވަހިކަން ހޯދަން ވެސް ހޮސްޕިޓަލަށް ގޮސް ތިބި މީހުންނެވެ.

އިސްރާއީލް ސިފައިން މީގެ ދެތިން ދުވަހެއް ކުރިން، އެ ހޮސްޕިޓަލް ތެރެއަށް ވަދެ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ އިރު، ހޮސްޕިޓަލްގައި ކަރަންޓެއް އަދި ފެނެއް ވެސް ނެތެވެ. އިސްރާއީލުން ވަނީ ހޮސްޕިޓަލުން ކަރަންޓު ވެސް ކަނޑާލައިފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝިރުވީން

    ބާރުގަދަ މުއްސަނދި މުސްލިމް ޤައުމުތައް ތިބުމުގެ ބޭނުމަކީ ކޮބައިތޯ؟ އިޒްރޭލު މީހުންގެ އަނިޔާވެރިކަމާއި ޖައްބާރު ކަން ހައްދު ފަހަނައަޅާ ގޮސް މުސްލިމް އާބާދީ އެއް މަރާ ހުސް ކުރަމުން ދާއިރު ޢަރަބި؛ މުސްލިމް ޤައުމު ތަކުގެ ވެރިން އެތިބެނީ އަނަގައިން ނުބުނެ ކުޅި ބަލަން. ހީވަނީ އިޒުރޭލު މީހުންނަށް ތާއީދު ކޮށްގެން ތިބި ބައެއްހެން. މިއީ މިއަދުގެ މުސްލިމުންގެ ޙާލަތަކީ! ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

    • ޢަބްދުﷲ

      މިއީ ﷲ ކުރިމަތި ކުރައްވާ އިމްތިހާނެއް... މިކަމުގެ ހިތި މުޅި އިސްލާމީ އުއްމަތް ދެކޭނެ... އަހަރެމެންނަށް އޮތީ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ދުޢާ ކުރުން... ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.

  2. ހަސަނު އަލީ

    މިއީ ﷲ ކުރިމަތި ކުރައްވާ އިމްތިހާނެއް... މިކަމުގެ ހިތި މުޅި އިސްލާމީ އުއްމަތް ދެކޭނެ... އަހަރެމެންނަށް އޮތީ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ދުޢާ ކުރުން... ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.