އިންޑިއާގެ އަސްކަރިއްޔާ އިން އިސް ނަގައިގެން ކުރިއަށް ގެންދާ "މިލަން 24" ގައި ބައިވެރިވުމަށް ބޭރު ގައުމުތަކުގެ މަނަވަރުތައް އިންޑިއާ އަށް ދާން ފަށައިފިއެވެ.

އިންޑިއާ އަށް އެންމެ ފަހުން އައިސްފައި ވަނީ އޮސްޓްރޭލިއާގެ މަނަވަރު އެޗްއޭއެމްއެސް ވަރަމުންގާއެވެ. އޭގެކުރިން ވިއެޓްނާމްގެ އަސްކަރިއްޔާގެ މަނަވަރަކާއި އެމެރިކާގެ އަސްކަރިއްޔާގެ މަނަވަރެއް ވެސް އިންޑިއާ އަށް ގޮސް ތަމްރީންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށްވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮސްޓްރޭލިއާގެ މަނަވަރު މި ތަމްރީންތަކުގައި ބައިވެރިވާ ކަމަކީ އިންޑިއާ އާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގުޅުން ގާތް ކަމުގެ ހެއްކެކެވެ. އިންޑިއާގެ އަސްކަރިއްޔާ އިން ވަނީ އޮސްޓްރޭލިއާގެ މަނަވަރަށް މަރުހަބާ ވެސް ކިޔައިފައެވެ.

މި ތަމްރީންތައް ކުރިއަށް ދާނީ މި މަހުގެ 19 އިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށެވެ.

އިންޑިއާގެ އީސްޓާން ނޭވަލް ކޮމާންޑުގެ ޗީފް ސްޓާފް އޮފިސަރ ރެއަރ އެޑްމިރަލް ޝަންތަނޫ ޖާ ވިދާޅުވެފައިވަނީ މި ތަމްރީނު ތަކުގައި ދެ ބައެއް ހިމެނޭ ކަމަށެވެ. ފުރަތަމަ ބަޔަކީ މި މަހުގެ 19 އިން 23 އަށް ކުރިއަށްދާ ހާބަރ ފޭސްއެވެ. އަދި ދެވަނަ ބަޔަކީ 24 އިން 27 އަށް ކުރިއަށްދާ ސީ ފޭސް އެވެ.

މިއީ މި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދެވޭ 12 ވަނަ ފަހަރު ކަމަށާއި މިއަހަރުގެ ތަމްރީނު ތަކުގައި 51 ގައުމާއި، 35 ހަނގުރާމަމަތީ މަނަވަރާއި ސަބްމެރިނާއި 50 ވައިގެ އުޅަނދު ބައިވެރިވާނެ ކަމަށް ޝަންތަނޫ ވިދާޅުވިއެވެ.

މި އަސްކަރީ ތަމްރީނު ތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 51 ގައުމު ބައިވެރިވާ އިރު، މިއީ ދުނިޔޭގައި ހިންގޭ އެންމެ ބޮޑު އެއް ކަނޑުގެ އަސްކަރީ ތަމްރީނުތައް ކަން ޝަންތަނޫ ފާހަގަ ކުރެއްވިއެވެ.

ޑެޕިއުޓީ ސްޓާފް ޗީފް ވައިސް އެޑްމިރަލް ތަރުން ސޯބްތީ ވިދާޅުވެފައިވަނީ މި ތަމްރީނުތަކުގެ މަގުސަދަކީ ކަނޑުގެ އަސްކަރިއްޔާތަކުގެ މެދުގައި ޕްރޮފެޝަނަލް ގުޅުންތައް ވަރުގަދަކޮށް ހުނަރުތައް އިތުރު ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީނާ

    ފަލަސްތީނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެތް، އެއީ ފަލަސްތީނު މުސްލިމުން ހައްޤުގާ ހަނގުރާމަކުރާ ބަޔަކީ ޔަމަނު ދެން މި އުޅެނީ ޔަމަނު ދުއްވާލަން ރާއްޖެ ވެސް އެ 51 ގައުމު ތެރޭ ހިމެނޭ ފަލަސްތީނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގާ..

    10
    7
    • ތީނާ

      ބޮލު ރޮދި ކެނޑިގެން އިނދެގެން މޮޔަނުގޮވާބަލަ. ސީދާ ރޯ ބުހުތާނު ދޮގު ތިޔަ ހަދަނީ. ދީނޭކިޔައިގެން ފިތުނައުފައްދަން ތިޔަ އުޅެނީ ކުރާނެ ކަމެއް ނޭނގިގެންތަ؟ ރަށުތެރެއިން އެހެން ކަމަކައިގެން އުޅޭ...

      3
      2
  2. ޓީނާ

    މީނާ އެ ބުނީ ވަރަށް ބޮޑު ތެދެށް! ތީނާ އަށް ކޯޗެއްތަ އިނގެނީ