ޣައްޒާގައި އެންމެ ފަހުން ހިންގަމުން އަންނަ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ އަދި މެދުތެރޭގެ ސިޓީއެއް ކަމަށްވާ ދީރް އަލް ބަލާހްގައި ހުރި ހަމައެކަނި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލް ކަމަށްވާ އަލް އަގްސާ ހޮސްޕިޓަލުން ތެޔޮ ހުސްވެ މީހުން މަރުވުމުގެ ނުރައްކާ އެބައޮތް ކަމަށް މިޑީއާ ރިޕޯޓްތައް ބުނެފިއެވެ.

އެ ހޮސްޕިޓަލަށް ވަގުތުން ތެޔޮ ފޯރުކޮށްދިނުމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ ޙއޮފީހުން ވެސް އިއްޔެ ވަނީ ގޮވާލާފައެވެ.

"އަލްއަގްސާ ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދިނުން ލަސްވުމުގެ ކުރިން އެ ހޮސްޕިޓަލަށް ވަގުތުން ތެޔޮ ފޯރުކޮށްދިނުމަށް އދ.ގެ ހުރިހާ ޖަމިއްޔާތަކަށާއި ބައިނަލްއަގްވާމީ މުއައްސަސާތަކަށް ގޮވާލަމް، އަދި އިންސާނީ ކާރިސާއެއްގައި އެތައް ހާސް ބަޔަކު ދުނިޔެ ދޫކުރުމުގެ ކުރިން ހުރިހާ ހޮސްޕިޓަލަކަށް ތެޔޮ ސަޕްލައިކޮށް އަލުން ހިދުމަތްތައް އިއާދަކުރުމަށް އަވަސް އަދި އަވަސް އިންޓަވެންޝަނަކަށް ގޮވާލަން،". ބަޔާނުގައި ބުނެފައި ވެއެވެ.

ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި އެ ހޮސްޕިޓަލުގައި އައިސީޔޫ އާއި އަލަށް އުފަންވާ ކުދިންނަށް ހާއްސަ 24 އިންކިއުބޭޓަރު ހިމެނޭ ނާސަރީއެއް ހުރިއިރު، ކަރަންޓު ކެނޑިއްޖެ ނަމަ މިތަންތަނުގައި ތިބި މީހުން މަރުވުމުގެ ފުރުސަތު އެބައޮތެވެ.

އިސްރާއީލުން ރަފަހް ބޯޑަރު ހުރަސްކުރާ ސަރަހައްދު ހިފައި ދެކުނުގެ ސިޓީއާ ދިމާލަށް ސިފައިން ގެންދިއުމުން މެއި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީ ލިބުމުން މުޅިން ވަނީ މެދުކެނޑިފައެވެ.

މީގެ ސަބަބުން ބަނޑުހައިހޫނުކަން ފެތުރެމުންދާ ޣައްޒާގައި ކާބޯތަކެތީގެ ބާވަތްތައް ދެމިގެންދާނީ މަދު ދުވަސްކޮޅަކަށެވެ.

ތެލުގެ ދަތިކަމުގެ އަސަރު ހޮސްޕިޓަލުތަކުގައި ވެސް ވަރަށް ބޮޑަށް އިހުސާސް ކުރެވެމުން އަންނަ އިރު، އިސްރާއީލުން ޣައްޒާއަށް ތެޔޮ އެތެރެކުރުމުގެ ހުއްދަ ދީގެން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމުގެ އިންޒާރު އދ އިން ވަނީ ދީފައެވެ.