އީރާނުގެ ރައީސް އިބްރާހިމް ރައީސީ އިންނެވި ހެލިކޮޕްޓަރުގެ ފަސިންޖަރަކާއި ފަޅުވެރިޔަކާ ގުޅިފައިވާ ކަމަށް ބުނެ އޮފިޝަލަކު ދައުލަތުގެ ޓީވީއަށް މައުލޫމާތު ދީފިއެވެ.

އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށް ވެއްޓުނު އެ ހެލިކޮޕްޓަރުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި ޚާރިޖީ ވަޒީރު ހުސައިން އަމީރަބްޑޮލަހިއަން އިންނެވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ބުރޫ އަރާއިރު ހެލިކޮޕްޓަރު އަދިވެސް ނުފެންނަ ކަަމަށް ވެއެވެ.

ނަން ހާމަނުކުރާ އޮފިޝަލް ވިދާޅުވީ އެކި ފަހަރު މަތިން ގުޅިފައިވާ ކަމަށެވެ.

ސްކައި ނިއުސްގެ މެދުއިރުމަތީގެ ނޫސްވެރިޔާ އެލިސްޓެއާ ބަންކަލް ބުނިގޮތުގައި މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކުރިއެރުމެއް.

"މިކަމުން އެނގެނީ ސަލާމަތްވި މީހުން ވެސް ތިބޭނެ ކަމަށް، އަދި އެ މީހުން ތިބީ ވެއްޓުނު ސަރަހައްދާ ވަރަށް ކައިރީގައި ކަމަށް ވެދާނެ، މިއީ އަނެއްކާ ވެސް އުއްމީދުގެ ވަގުތުކޮޅަކަށް ވާނެ،" އޭނާ ބުނެފައިވެއެވެ.