23:29
ޣައްޒާގައި އިންޓަނެޓުގެ ހިދުމަތަށް ބުރޫ އަރައިފި.
22:42
ޣައްޒާގެ އުތުރުގައި ހަނގުރާމަ ކުރަމުން ދަނިކޮށް އިސްރާއީލްގެ ސިފައިންގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްކަރިއްޔާ އިން ހާމަކޮށްފި. އެ ސިފައިންގެ މީހާ އަށް ފަރުވާ ދިނުމަށް މިއަދު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އިސްރާއީލުން ބުނޭ.
22:29
ސްޕެއިންގެ ޑިފެންސް މިނިސްޓަރު މަރްގަރިޓާ ރޮބެލްސް ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ހަގީގަތުގައި ވެސް ގަތުލުއާންމެއް.
22:24
![](https://vaguthu.mv/wp-content/uploads/2024/05/2024-05-25t144217z-1590146928-rc2px7axv1uk-rtrmadp-3-israel-palestinians-1716648932.webp)
![](https://vaguthu.mv/wp-content/uploads/2024/05/2024-05-25t144205z-566020817-rc2px7amt0nt-rtrmadp-3-israel-palestinians-1716648998.webp)
![](https://vaguthu.mv/wp-content/uploads/2024/05/2024-05-25t143604z-1874383135-rc2px7aovjql-rtrmadp-3-israel-palestinians-1716648968.webp)
21:15
ޔަހޫދީންގެ ހަރުކަށި ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަޤްބޫލުކަން އިސްރާއީލްގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފި.
އިސްރާއީލްގައި ނަތަންޔާހޫގެ މަޤްބޫލުކަން ވަރަށް ބޮޑަށް ދަށަށް! https://t.co/yzoUeDH25p
— Vaguthu Online (@VaguthuOnline) May 25, 2024
20:09
ހިޒްބުﷲ ގެ ސައިޓުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަން އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި.
20:07
ޣައްޒާގައި ހުރި އަލް-އަގްސާ ހޮސްޕިޓަލުން އަނެއްކާ ވެސް ތެޔޮ ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ. މި ހޮސްޕިޓަލަކީ ޣައްޒާގައި ހުރިހާ ހިދުމަތެއް ލިބެމުން އަންނަ ހަމައެކަނި ހޮސްޕިޓަލް. މިދިޔަ ދުވަސްތަކުގައި އެ ހޮސްޕިޓަލްގެ ހިދުމަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް 57،000 ލީޓަރުގެ ތެޔޮ ލިބުނު. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ލީޓަރުގެ ތެޔޮ ވަނީ ބޭނުންކޮށްފައި.
މިހާރު ބާކީ ހުރި ތެލުން ހިދުމަތް ދެވޭނީ އެންމެ ދެ ދުވަހަށް.
ރަފަހްގައި މިހާރު ވެސް އޮޕަރޭޓް ކުރަމުން އަންނަނީ ކުވައިތީ ހޮސްޕިޓަލް އެކަނި. އެ ތަން ހިންގަން ވެސް ތެޔޮ ބޭނުންވޭ.
ޣައްޒާގައި ހިދުމަތް ނުހުއްޓި ހިނގަމުން އަންނަނީ މިހާރު ތިނެއް ނޫނީ ހަތަރު ހޮސްޕިޓަލް. އެ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ވެސް ހުއްޓުމަކާ ހަމައަށް އަންނަމުންދާ ކަމަށްވޭ.
![](https://vaguthu.mv/wp-content/uploads/2024/05/ap24144652644632-1716647596.webp)
19:55
އިސްރާއީލުން އަނެއްކާ ވެސް ވަނީ ޖަބަލިއާ ސަރަހައްދަށް ވައިގެ ހަމަލާއެއް ދީފައި. މިފަހަރު ބޮމުގެ ހަމަލާއެއް ދިނީ އަލް-ފަަލޫޖާ ސަރަހައްދުގައި ތިބި އާންމު ރައްޔިތުންނަށް އަމާޒުކޮށް. މި ހަމަލާގައި ވެސް ބަޔަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވި.
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34677288-34677282-israeli-army-attacked-a-school-where-palestinians-took-refuge-on-gaza-1716647117.webp)
19:50
އިސްރާއީލުން އަލް-ނަޒްލާ ސްކޫލަށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހުންނާއި ކުޑަކުދިން އަލް-އަހްލީ ބަޕްޓިސްޓު ހޮސްޕިޓަލަށް ގެނެސްފައި.
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34677288-34677274-israeli-army-attacked-a-school-where-palestinians-took-refuge-on-gaza-1716643061.webp)
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34677288-34677278-israeli-army-attacked-a-school-where-palestinians-took-refuge-on-gaza-1716645919-1.webp)
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34677288-34677276-israeli-army-attacked-a-school-where-palestinians-took-refuge-on-gaza-1716643168-1.webp)
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34677288-34677270-israeli-army-attacked-a-school-where-palestinians-took-refuge-on-gaza-1716643324.webp)
19:48
ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ ސުކޫލެއްގައި ކުޅެން ތިބި ކުޑަކުދިންތަކަކަށް ހަމަލާދީފި.
ޣައްޒާގެ ކުދިންތަކެއް ސްކޫލެއްގައި ކުޅެނިކޮށް ވައްޓާލީ ބޮމެއް، 10 މަރު!https://t.co/dmmvB55OI9
— Vaguthu Online (@VaguthuOnline) May 25, 2024
19:10
ހައްދުފަހަނައަޅާފައިވާ ޖައްބާރު އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތައް އަންނަ ހަފްތާގައި ފަށަން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް މިއަދު ބުނެފި.
ސުލްހައިގެ ވާހަކަތައް އަންނަ ހަފްތާގައި ފަށަނީhttps://t.co/TVRBELkAAL
— Vaguthu Online (@VaguthuOnline) May 25, 2024
18:39
ފަލަސްތީނުގެ ރަފަހް ސަރަހައްދުގައި އިސްރާއީލުން ޓޭންކަކުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލައިފި.
18:36
ޣައްޒާގެ އުތުރުން ޖަބަލިއާ ސަރަހައްދުގައި އިސްރާއީލްގެ ދެ ޓޭންކަކަށް ހަމަލާދީފައިވާ ކަމަށް ހަމާސްގެ އަސްކަރީ ގޮފި ގައްސާމް ބްރިގޭޑްސް އިން ހާމަކޮށްފި. ހަމާސް އިން ބުނި ގޮތުގައި އެ ތަނުން އެއް ޓޭންކަށް ހަމަލާ ދިނީ އަބޫ ޒާތޫން ސްކޫލް ފުރަގަހުގައި އޮއްވައި. ދެވަނަ ޓޭންކަށް ހަމަލާ ދިނީ އަލް-ބުރާޖް ޖަންކޝަން ސަރަހައްދުގައި އޮއްވައި ކަމަށް ވެސް ހަމާސް އިން ބުނޭ.
18:27
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 35،903 އަށް އަރައިފި.
ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 35،903 އަށް އަރައިފިhttps://t.co/OERauA9WXG
— Vaguthu Online (@VaguthuOnline) May 25, 2024
18:05
ހަމާސްގެ މުޖާހިދުން ސްނައިޕަރުން ދިން ހަމަލާއެއްގައި އިސްރާއީލްގެ ސިފައިންގެ މީހަކު މަރާލާފައިވާ ކަމަށް ހަމާސް އިން ބުނެފި. ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސް އިން ބުނެފައިވާ ގޮތުގައި މި ހަމަލާ ދީފައި ވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި.
ހަމާސް އިން ބުނީ ހަމަ އެ ސަރަހައްދުގައި އިސްރާއީލްގެ ޓޭންކުތަކަކަށް ވެސް އަލް-ޔާސީން ރޮކެޓުން ހަމަލާ ދީފައިވާ ކަމަށް.
18:03
އިސްރާއީލްގެ އުތުރުގައި ހަރަކާތްތެރިވަމުން ދިޔަ އެ ގައުމުގެ އަސްކަރިއްޔާގެ ޓޭންކަކަށް ހަމަލާ ދީފައިވާ ކަމަށް ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ބުނެފި. ހިޒްބުﷲ އިން ބުނީ މިސައިލް ހަމަލާ އަމާޒުވެފައި ވަނީ ސީދާ ޓޭންކަށް ކަމަށް. އެ ހަމަލާގައި އޭގައި ތިބި މީހުން މަރުވެފައި ނޫނީ ޒަހަމްވެފައިވާ ކަމަށް ބުނެފައިވޭ.
18:00
އިސްރާއީލުން ފަލަސްތީނަށް ދީފައި ހުރި ގެއްލުން.
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34674571-34674559-palestinian-group-sends-a-message-to-the-world-against-the-war-through-graffiti-1716636018.webp)
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34674571-34674568-palestinian-group-sends-a-message-to-the-world-against-the-war-through-graffiti-1716636066.webp)
![](https://vaguthu.mv/wp-content/uploads/2024/05/aa-20240525-34674571-34674561-palestinian-group-sends-a-message-to-the-world-against-the-war-through-graffiti-1716636076.webp)
17:59
އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެންމެ ފަހުން ހިންގި ރެއިޑްތަކުގައި ވެސް ފަލަސްތީނުގެ 15 މީހުން ހައްރުކޮށްފައި. މި މީހުން ހައްޔަރު ކުރީ ރާމަﷲ އާއި ބެއިތުލަހިމް، ޖެނިން، ނާބްލުސް، ގަލްގިލްޔާ، ހެބްރޫން ސަރަހައްދުން.
މިދިޔަ އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެކިއެކި ރެއިޑްތައް ހިންގައި 8،855 މީހުން ހައްޔަރުކޮށްފައި.
![](https://vaguthu.mv/wp-content/uploads/2024/05/2024-05-22t171417z-1396197694-rc2sv7aebrq4-rtrmadp-3-israel-palestinians-jenin-raid-1716638806.webp)
17:56
އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުރި ސްކޫލަކަށް ހަމަލާދީ ފަލަސްތީނުގެ 10 ރައްޔިތުން ޝަހީދުކޮށްލައި، 17 މީހުން ޒަހަމްކޮށްލައިފި. އެ ތަނުގައި ތިބީ އަމިއްލަ ގެދޮރު ދޫކޮށްލައި ވަގުތީ ބޯހިޔާވަހިކަން ބޭނުންވެގެން އައިސް ތިބި މީހުން.
އިސްރާއީލުން މި ފަހުން ޣައްޒާގެ އުތުރަށް ހަމަލާދޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައި. ހާއްސަކޮށް ޖަބަލިއާ ސަރަހައްދު ހިމެނޭ. އެކަމުގެ ސަބަބުން ގިނަ ބަޔަކު އުތުރުގެ އެކިއެކި ސަރަހައްދުތައް ދޫކޮށް ދާން ވަނީ މަޖުބޫރުވެފައި.
16:48
އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުންނަ ބެއިތު ހަނޫން ސަރަހައްދުގައި ހުރި ގެއަކަށް ބޮން އަޅައި ފަލަސްތީނުގެ 10 ރައްޔިތުން ޝަހީދުކޮށްލައިފި. ޝަހީދުކޮށްލި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ.
މި ހަމަލާގައި ފަލަސްތީނުގެ އިތުރު ބަޔަކު ޒަހަމްވެފައިވޭ.
![](https://vaguthu.mv/wp-content/uploads/2024/05/afp-20240524-34tr4qy-v3-highres-topshotpalestinianisraelconflict-1716628654.webp)
16:15
ޖަބަލިއާގައި ހިނގި ކުރިމަތިލުންތަކުގައި ހަމާސްގެ މުޖާހިދުންތަކެއް ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި.
15:31
އިޓަލީވިލާތުން އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އަށް އަނެއްކާ އަލުން އެހީދޭން ފަށައިފައިވާ ކަމަށް އެ ގައުމުން އިއުލާން ކޮށްފި
އިޓަލީވިލާތުން ފަލަސްތީނަށްދޭ އެހީ އަލުން ދޭން ފަށަނީhttps://t.co/Y8XnbGycJE
— Vaguthu Online (@VaguthuOnline) May 25, 2024
14:18
އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އަށް އަނެއްކާ އަލުން އެހީދޭން ފަށައިފައިވާ ކަމަށް އެ ގައުމުން އިއުލާން ކޮށްފި
އިޓަލީވިލާތުން މިކަން އިއުލާން ކޮށްފައިވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖަނި އާއި ފަލަސްތީނުގެ ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާ އިޓަލީވިލާތުގެ ވެރި ރަށް ރޯމްގައި ބޭއްވި ރަސްމޯ ބައްދަލުވުމަކަށް ފަހު
މި ކަން އިއުލާން ކުރަމުން އިޓަލީވިލާތުގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖަނި ބުނެފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީ ދިނުން މުހިއްމު ކަމަށް އިޓަލީވިލާތުން ދެކޭ ކަމަށާއި ވީހާ ވެސް ގިނަ ގައުމުތަކުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް.
14:16
ފަލަސްތީނުގެ ވަކި ދައުލަތެއް ބަލައިގަނެ ފަލަސްތީނާއި އެކީ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރަން ނިންމައި ފަލަސްތީނުގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުވުމަށް އެ ގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ނިންމައިފި
ކޮލަމްބިއާ އިން ފަލަސްތީނުގައި އެމްބަސީ އެއް ހުޅުވަނީhttps://t.co/wi5gJH3QZV
— Vaguthu Online (@VaguthuOnline) May 25, 2024
14:03
ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ޣައްޒާގެ މެދުތެރޭގައިވާ ވަޑި ޣައްޒާ ސަރަހައްދަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުށެއް ނެތް 3 މީހުން ޝަހީދުކޮށްލައިފި
ޔަަހޫދީން މެދުތެރޭ ޣައްޒާ އަށް ދިން ހަމަލާއެއްގައި 3 މީހުން ޝަހީދުކޮށްލައިފިhttps://t.co/VXhLIw5Wg8
— Vaguthu Online (@VaguthuOnline) May 25, 2024
13:59
ނިރުބަވެރިން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލް ވަށާލާފައި އޮންނަތާ ހަފްތާއަކަަށް ވުރެ ގިނަ ދުވަސް ވެއްޖެ.
ނިރުބަވެރިން ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލް ވަށާލާފައި އޮންނަތާ ހަފްތާއެއްhttps://t.co/NbxVhOYHxF
— Vaguthu Online (@VaguthuOnline) May 25, 2024
13:03
ފަލަސްތީނުގެ ވަކި ދައުލަތެއް ބަލައިގަނެ ފަލަސްތީނާއި އެކީ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރަން ނިންމައި ފަލަސްތީނުގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުވުމަށް އެ ގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ނިންމައިފި
ކޮލަމްބިއާގެ ޚާރިޖީ ވަޒީރު ލުއިސް ގިލްބާޓޯ މުރިލޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަލަސްތީނުގެ ރަމަﷲ ސިޓީގައި އެމްބަސީއެއް ހުޅުވުމަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަންގަވާފައިވާ ކަމަށް
ކޮލަމްބިއާ އިން ވަނީ ޔަހޫދީ އިސްރާއީލާއި ހާރިޖީ ގުޅުން ކަނޑާލާނެ ކަން އިއުލާން ކޮށްފަ
12:29
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އެތައް ހާސް ބަޔަކު މިޗިގަންގައި ތިބީ އެމީހުންގެ ކެމްޕެއިންގެ ކުރިއަށް އޮތް މަރުހަލާ ރޭވުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.
12:12
ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގެ ގޮތުން ޔަމަނުގެ އެކި ކަންކޮޅުތަކުގައި އިއްޔެ އެތައް ހާސް ބަޔަކު އެއްވެއްޖެ
![](https://vaguthu.mv/wp-content/uploads/2024/05/img-2110-1024x576.jpeg)
![](https://vaguthu.mv/wp-content/uploads/2024/05/img-2109-1024x576.jpeg)
![](https://vaguthu.mv/wp-content/uploads/2024/05/img-2108-1024x576.jpeg)
![](https://vaguthu.mv/wp-content/uploads/2024/05/img-2107-1024x576.jpeg)
12:11
ޣައްޒާގެ މެދުތެރޭގައި އޮންނަ ވާދީ ޣައްޒާ ސަރަހައްދުގައި އާންމުންގެ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.
10:22
ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކުރި އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ އިދާރާތަކަށް ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ (އެމްޑީޕީ)ން ގޮވާލައިފި.
އައިސީޖޭގެ އަމުރު ތަންފީޒު ކުރުމަށް އެމްޑީޕީން ގޮވާލައިފިhttps://t.co/AN2HdY5Bkx
— Vaguthu Online (@VaguthuOnline) May 25, 2024
09:52
ލުބުނާނުގެ ދެކުނުން އިސްރާއީލުގެ އުތުރުގެ އަޕަރ ގަލީލް ސަރަހައްދަށް "ގާތްގަނޑަކަށް 20 ވަރަކަށް ރޮކެޓް" ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.
އަދި އިސްރާއީލުގެ ޑޯވްވް އަދި މަނާރާ ސަރަހައްދުން ގިނަ އަސަރުތަކެއް ފެނި، ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައި.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަަމަށްވެސް ބުނެފައިވޭ.
09:29
![](https://vaguthu.mv/wp-content/uploads/2024/05/img-2096.webp)
![](https://vaguthu.mv/wp-content/uploads/2024/05/img-2100.webp)
![](https://vaguthu.mv/wp-content/uploads/2024/05/img-2099.webp)
![](https://vaguthu.mv/wp-content/uploads/2024/05/img-2098.webp)
![](https://vaguthu.mv/wp-content/uploads/2024/05/img-2097.webp)
![](https://vaguthu.mv/wp-content/uploads/2024/05/img-2095.webp)
08:38
ބައިނަލްއަގުވާމީ ކޯޓުގެ އަމުރުތަކަށް އިސްރާއީލުން ތަބާވެ، ރަފާއަށް ދޭ ހަމަލާތައް ހުއްޓާލުމާއި، އިންސާނީ އެހީއަށް ވަނުމުގެ ހުއްދަ ދިނުމުގެ ގޮތުން ޣައްޒާގެ ބޯޑަރު ހުރަސްތައް ހުޅުވައި، ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރާ ފަރާތްތަކަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް "އިތުބާރު" ކުރައްވާ ކަމަށް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ވިދާޅުވެއްޖެ.
08:35
ޔަމަނުގެ ހޫތީންނަށް ދިން އެންމެ ފަހުގެ ހަމަލާގައި ކްރޫޒް މިސައިލް ހަލާކުވެފައިވާ ކަމަށް އެމެރިކާއިން ބުނެފި.
08:31
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އިޓަލީގެ ޕާލަމެންޓުގައި ފަލަސްތީނުގެ ދިދައެއް ރޯމްގައި ހުންނަ އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގައި އިޓަލީގެ ކުރީގެ ޕާލަމެންޓް މެމްބަރު ސްޓެފާނޯ އަޕޫޒް ވިހުރުވާލައިފި.
08:24
އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ކަލްކިލިއާއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.
އޭގެ ތެރެއިން ތިން ފިރިހެނުންނަކީ އެއްބަނޑު އެއްބަފާ މީހުން
އިސްރާއީލުގެ ސިފައިން ވަނީ ޖެނިންގެ ދެކުނުގައި އޮންނަ ޖަބާ އަވަށުން ވެސް މީހަކު ހައްޔަރުކޮށް ކައިރީގައި ވާ އަރަބާ، ކަފްރް ރައި، ކަބަތިޔާ އަދި ޔާބާދު ގެ އިތުރުން ތުރާ އާއި ފަހުމާ އަވަށަށް ވެސް ވަދެފައި.
08:24
ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގެ އެޕާޓްމަންޓް އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި.
ނިރުބަވެރި އިސްރާއީލުގެ ޓޭންކުތަކާއި ސިފައިން ރަފަހްގެ އިރުދެކުނު ސަރަހައްދަށް ގޮސް އެ ސިޓީގެ އާބާދީ ބޮޑު ހުޅަނގު ޑިސްޓްރިކްޓާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނުރައްކާތެރި ހަމަލާތައް ދެމުންގެންދާ ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް ނެތެބެ. އެތައް ހާސް އާއިލާތަކެއް ބިކޮށް، އެތައް ހާސް އާއިލާއެއްގެ ގެދޮރު ސުންނާފަތިކޮށްލިއިރު، ޣައްޒާގެ އެންމެ ރައްކާތެރި ހިސާބެއް ކަމަށް ބެލެވިފައި އޮތީ ރަފަހްއެވެ. ރަފްހްގައި މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން ގޮސްފައިވީނަމަވެސް، މީގެ ކުރިންވެސް އެތަނަށް އެކި ގޮތްގޮތުން ހަމަލާތައް ދީފައި ވެއެވެ.
ޔަހޫދީންގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތް ޣައްޒާ އިން އެއްކޮށް ފުހެލެވެންދެން ހަނގުރާމަ ކުރާނެ ކަމަށެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށީގެން ރަފަހްއަށް އަރައިގަނެ ހަމަލާތައް ދަނީ ދެމުންނެވެ.
ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ އެތައް އާންމު ރައްޔިތުންނެއް ދަނީ ޝަހީދުވަމުންނެވެ.
މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ އެންމެ ފަހުގެ މައުލޫމާތެވެ.