ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގަން ފަށައިފިއެވެ.

ޕާކިސްތާނުގައި މިހާރު ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަކީ ފިނިހޫނުމިން މައްޗަށް ދިއުމާ ގުޅުން ހުރި އަލިފާނުގެ ހާދިސާތަކެއް ކަމެއް އޮފިޝަލުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ދެކުނު އޭޝިއާގެ ހޫނުމިން ވަނީ ވަރަށް ބޮޑަށް މަތިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ފާއިތުވި ހަފުތާގައި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 52.2 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު އިސްލާމްއާބާދުގެ ފަރުބަދަތަކުގައި ރޯވި އަލިފާނުގެ ހާދިސާއިން ދުމުގެ އަލިފާންގަނޑުތައް އުފެދިފައިވާއިރު، ހުކުރު ދުވަހުގެ މެންދުރު ފަހު ފިނިހޫނުމިން ވަނީ 41 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.

"އެތަނުގައި ފަޔަރގެ މީހުން ހޯދުމަކީ އުނދަގޫ ކަމެއް. ރެސްކިއު އޮފިޝަލުން ދަނީ އަލިފާން ނިއްވަން މަސައްކަތް ކުރަމުން،"

އިސްލާމްއާބާދުގެ ފުލުހުންގެ އޮފިޝަލަކު ސޮހެއިލް ޚާން ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި އަލިފާން ރޯވެފައި ވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަމެއް ނުވަތަ އަލިފާނުގެ ހާދިސާތަކެއް ކަން ޔަގީން ނުވާ ކަމަށެވެ.

އިސްލާމްއާބާދު ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށާއި އެ ސިޓީގެ ޕޮލިސް ޗީފް ގެ ތަހުގީގަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދު ކައިރީގައި އޮންނަ ޕަންޖާބުގެ ސަރަހައްދެއް ކަމަށްވާ ކައްލާރް ކަހާރުގައި ވެސް 25 އޭކަރުގެ ގަސްބިމެއްގައި އަލިފާން ރޯވިއެވެ. އެ ޕްރޮވިންސްގެ ޑިޒާސްޓާ މެނޭޖްމަންޓް (ޕީޑީއެމްއޭ) އިން ބުނީ ހަލުވިކަމާއެކު ފެތުރެމުން ދިޔަ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އިސްލާމްއާބާދުގެ ހުޅަނގު އުތުރުން 250 ކިލޯމީޓަރު (155 މޭލު) ދުރުގައި އޮންނަ ލޯޔަރ ދިރްގައި ވެސް ޖަންގަލިތަކުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ރަށުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޖަލީލް ފޯނުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ މީގެ ހަތަރު ދުވަސް ކުރިން އެތައް ސަތޭކަ ގަސްތަކެއްގައި އަލިފާން ރޯވާން ފަށާފައިވާ ކަމަށާއި އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށެވެ.