ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާއަތް އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަން ބޭނުންވާކަން އެމެރިކާގެ ރައީސް ޖޯ ބަޑައިގެން އިއުލާން ކޮށްފިއެވެ.

އިސްރާއީލުގެ ކުއްލި މި ނިންމުން ހާމަ ކުރީ އިސްރާއީލުގެ ބައްދަލުވުމެއްގައި އެެމެރިކާއިންނެވެ.

އެމެރިކާގެ ރައީސް ބައިޑެން ވިދާޅުވީ، އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެވޭ ވަރަށް މިހާރު ހަމާސް ޖަމާއަތް ބަލިކަށިވެފައިވާ ކަމަށާއި، މި ދަނޑިވަޅަކީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ކަމަށެވެ.

އެމެރިކާގެ ރައީސް ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުންވާ މަގު ޗާޓް އިއުލާން ކޮށްފައެވެ.

ބައިޑަން އިއުލާން ކުރެއްވި މަގުޗާޓް

ފުރަތަމަ ފިޔަވަހީގައި ހަ ހަފްތާ އަށް އިސްރާއީލުން ޣައްޒާއަށް ހަަމަލާތައް މެދުކަނޑާލަން ޖެހެއެވެ. މި މުއްދަތުގައި ޣައްޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފައިބަން ޖެހެއެވެ. އަދި މިހަފްތާ ތެރޭގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް އަސީރުން މިނިވަން ކުރަން ޖެހެއެވެ.

އޭގެ ތެރެގައި އަންހެނުންނާއި މުސްކުޅިން އަދި ޒަހަމްވެފައިވާ މީހުން ހިމަނަން ޖެހެއެވެ. އެ މީހުންގެ ތެރޭގައި އެމެރިކާގެ އަސީރުން ހިމެނުން އެއީ މަޖުބޫރު ކަމެއް ގޮތުގައި ހިމަނާފައި ވެއެވެ. ހަމާސް އިން މިނިވަން ކުރާ މަދު އަސީރުންގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އެތައް ބަޔަކު މިނިވަން ކުރަން ފުރަތަމަ ފިޔަވަހީގައި ހިމަނާފައި ވެއެވެ.

ދެވަނަ ފިޔަވަހީގައި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވަން ޖެހެއެވެ. މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދޭން ޖެހެއެވެ. އޭގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ މީހުން ދިއުމަށް ދެކޮޅު ހަދާ ޣައްޒާގެ އުތުރު ސަރަހައްދުވެސް ހިމަނަން ޖެހެއެވެ. އަދި ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އެހީގެ ތަކެތި ޣައްޒާއަށް ފޮނުވަން ޖެހޭއިރު، ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ، ޣައްޒާއަށް އެތައް ލައްކަ ޓެންޓް ފޮނުވާ މީހުން ވަގުތީގޮތުން ދިރިއުޅެވޭ ގޮތް ހަދަން ޖެހެއެވެ.

ތިން ވަނަ ފިޔަވަހީގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ޕްލޭނެއް ހަދަން ޖެހެއެވެ. މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ޣައްޒާއިން ފައިބަން ޖެހެއެވެ. އަދި ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރަން ޖެހެއެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، ހަމާސްއިން އެއްބަސްވެއްޖެ ނަމަ މިހާރުން މިހާރަށް ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށެވެ. އެމެރިކާގެ ރައީސް އިސްރާއީލުގެ ކުއްލި ނޭނގޭ ނިންމުން އިއުލާންކޮށްފައިވާ އިރު، އިސްރާއީލުން އަދި ގިނަ ވާހަކަތަކެއް ނުދައްކައެވެ.

އަދި އިސްރާއީލުގެ ސަރުކާރު ތެރޭގައި ތިބި ހަރުކަށި މިނިސްޓަރުންގެ ހަބަރެއް ވެސް އަދި ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޝަމް

    ތީކޮންމެސް ނުބައިރޭވުމެއް

    32
    • Anonymous

      ތި ޝައިޠާނުން ރަގަަޅު ނިންމުމެއް ނުނިންމާނެ.

  2. ޏނ

    ހަމާސް ބަލިކަށިވީ ކީއެއް ނޫންް
    ދޫނުދިނީމަ ގޮތް ހުސްވީ އޭ ބުނޭ

    54
  3. އެދުރެބޭ

    ތިޔަޖަނަވާރުތައް ހުށްޓާލާނެތަ

    40
    0
  4. Anonymous

    މަކަރުވެރި ނިންމުމެކެވެ. އިސްރާއީލުން ބޭނުންވާ ކަންތައް އިސްރާއީލަށް ހާސިލުވުމުން އަނެއްކާ ވެސް ޣައްޒާއަށް ހަމަލަދޭން ފަށާނެއެވެ. އޭރުން ބުނާނެއެވެ. ޔަހޫދީންނަކީ މަކަރުވެރި ބަޔެކެވެ.

    46
    0
  5. މަރީ

    ޔަހޫދީން އަބަދު ވެސް ހީ ލަތް ތެރި ރޭވުން ރާވާނެ ތީ އެމީހުންގެ އަމިއްލަ މަސް ލަހަތެއް ތިނިންމުމުގެ ނިވަލުގައިވާނެ

    35
  6. ޔ

    ވ ވިސްނާފަ ތި ޔަހޫދީން ކުރާ ކަން ކަން ބަލާތި . ޙުސް ދޮގު ހަދާނީ...

    33
  7. ޚާލި

    އިސްރާއީލް ނައްތާލަނއ ޖެހޭ

    42
  8. ހުއްތުބޭ

    ރާޅު ބަނޑަށް ދަމާލީ. ދެންނަގާ ރާޅު މާބޮޑުވާނެ.

    29
    0
  9. ބެއްޔާ

    މިޚަބަރުގައިވާގޮތުން ހަނގުރާމަ ހުއްޓަން އިސްރާއީލް ބޭނުންވާކަން އެނގޭކަށްނެތް. އެމެރިކާއިން އެހަނގުރާމަހުއްޓާލަން ބޭނުންވާކަން އެނގެނީ. އެހެންވީމާ ސުރުޚީ ތިޔައޮތީ ރޯނުބައިކޮށް.

    36
    0
  10. ރަންރިނދޫ

    ދުނިޔޭގެ ކޯޓަށް ޖާސޫސްކޮއް،ފަނޑިޔާރުންނަށް އިންޒާރުދީިީ ހެދިކަން،ފަޅާއަރައި،އިސްރާއީލާއި އެމެރިކާގެ މުނާފިގުކަން،އެގައުމުގެެެ ރައްޔިތުންނަށްވެސްްް ގަބޫލުނުކުރެވޭ ވަރުވެ،ބައޑެންއަށް،އެމެރިކާގެ އަރަބިނަސްލާއި ،މުސްލިމުންގެެެ ވޯޓްގެއްލި ފެއިލްވާނޭކަން،އެނގި ،އަދި އިސްރާއީލަށް މީޑިއާ ހަނގުރާމަ ގެއްލުމުން މަޖުބޫރުވެގެން،ނިންމި ނިންމުމެއް.

  11. ޓިނު

    މީ ސީދާ ބުހުތާން ދޮގު.

  12. ބިރު

    މިނިވަން ދައުލަތެއް ފަލަސްތީނަށް ލިބިދާނެކަމުގެ ބިރު ޔަހޫދީ ބައިގަޑަށް ހީވީ އެވެ. ޢަދި އިރާއީލްގެ ބޮޑުވަޒީރާ ގާނޫނު އަރާ ހަމަކޮށް ފިތިއްޖެއެވެ. ހުޅަނގުގެ ކާފަރުންގެ ސަޕޯޓްވެސް އޮތީ ފަލަސްތީން އަށެވެ. ޢަލްހަމްދުﷲ ފަލަސްތީންގެ ރައްޔިތުންނަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ.