ނިރުބަވެރި އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަން ބޭނުންވެ އެމެރިކާ މެދުވެރިކޮށް ހުށަހެޅި ހުށަހެޅުންތައް ދިރާސާ ކުރަމުންދާ ކަމަށް ޣައްޒާ ރައްޔިތުންގެ ދިފާއުގައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން ހާމަކޮށްފިއެވެ.

އިސްރާއީލުގެ ބައްދަލުވުމެއްގައި އެެމެރިކާއިން އިސްރާއީލުގެ ކުއްލި މި ނިންމުން ހާމަ ކުރިއިރު، ހަމާސް އިން ބުނީ އެމެރިކާ މެދުވެރިކޮށް ހުށަހެޅި ހުށަހެޅުންތައް ދިރާސާ ކުރަމުންދާކަމަށެވެ.

އެމެރިކާގެ ރައީސް ބައިޑެން ވިދާޅުޅުވެފައިވާގޮތުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެވޭ ވަރަށް މިހާރު ހަމާސް ޖަމާއަތް ބަލިކަށިވެފައިވާ ކަމަށާއި، މި ދަނޑިވަޅަކީ ހަނގުރާމަ ހުއްޓާލަންވީ ވަގުތެވެ.

އެމެރިކާގެ ރައީސް ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުންވާ މަގު ޗާޓް އިއުލާން ކޮށްފައެވެ.

ބައިޑަން އިއުލާން ކުރެއްވި މަގުޗާޓް

ފުރަތަމަ ފިޔަވަހީގައި ހަ ހަފްތާ އަށް އިސްރާއީލުން ޣައްޒާއަށް ހަަމަލާތައް މެދުކަނޑާލަން ޖެހެއެވެ. މި މުއްދަތުގައި ޣައްޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފައިބަން ޖެހެއެވެ. އަދި މިހަފްތާ ތެރޭގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް އަސީރުން މިނިވަން ކުރަން ޖެހެއެވެ.

އޭގެ ތެރެގައި އަންހެނުންނާއި މުސްކުޅިން އަދި ޒަހަމްވެފައިވާ މީހުން ހިމަނަން ޖެހެއެވެ. އެ މީހުންގެ ތެރޭގައި އެމެރިކާގެ އަސީރުން ހިމެނުން އެއީ މަޖުބޫރު ކަމެއް ގޮތުގައި ހިމަނާފައި ވެއެވެ. ހަމާސް އިން މިނިވަން ކުރާ މަދު އަސީރުންގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އެތައް ބަޔަކު މިނިވަން ކުރަން ފުރަތަމަ ފިޔަވަހީގައި ހިމަނާފައި ވެއެވެ.

ދެވަނަ ފިޔަވަހީގައި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވަން ޖެހެއެވެ. މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދޭން ޖެހެއެވެ. އޭގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ މީހުން ދިއުމަށް ދެކޮޅު ހަދާ ޣައްޒާގެ އުތުރު ސަރަހައްދުވެސް ހިމަނަން ޖެހެއެވެ. އަދި ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އެހީގެ ތަކެތި ޣައްޒާއަށް ފޮނުވަން ޖެހޭއިރު، ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ، ޣައްޒާއަށް އެތައް ލައްކަ ޓެންޓް ފޮނުވާ މީހުން ވަގުތީގޮތުން ދިރިއުޅެވޭ ގޮތް ހަދަން ޖެހެއެވެ.

ތިން ވަނަ ފިޔަވަހީގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ޕްލޭނެއް ހަދަން ޖެހެއެވެ. މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ޣައްޒާއިން ފައިބަން ޖެހެއެވެ. އަދި ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޖާހިދު

    ހޫތީންގެ އެމްމެ މިސައިލަކުން އެމެރިކާކަކުލައް... ޕަވަރ އޮފް މުސްލިމް..

    9
    3
  2. ހަސަން

    ތިކަމަކީ އެއްގޮތަކައްވެސް ހެޔޮނިއަތެއްގަ ކުރިކަމެއްނުން އިތުރުއެހެން އެއްވެސް ގޮތެއްނެތިގެން ކުރިކަމެއްތީ މިވަގުތަކީ މުޅިދުނިޔެ ތިކަމާކަންބޮޑުވެ އަލިފްދާލުން އިޒްރާއީލާދެކޮޅައް ބޮޑެތި ހުކުންތައްކޮއް ގިނަގައުމުތަކުން ފަލަސްދީނުގަމެއްގެގޮތުގަ ބަލައިގަނެ އިޒްރާއީލައް ނުރައްކާ ދުވަހުންދުވަހައް ބޮޑުވަމުން ދާތީ މަސްރަހުފިނިކުރުމައްޓަކާ ކުރިކަމެއް އެއްގޮތަކައްވެސް ހުއްޓާލީކީނޫން އިޒްރާއީލުން މެދުއިރުމަތީގަ ތަންފީޒުކުރަމުންދަނީ އެމެރިކާގެ މަގުޗާޓެއް(ޕުލޭނެއް) އެމެރިކާއައް ބޮޑުމަންޒަރު ފެނި އިޒްރާއީލައް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމައްޓަކާ އެމެރިކާގެ ސީދާ އޯޑަރައްމެދުކަނޑަލީ

  3. އަލީ ޒުބައިރު

    އަޑީ ގައި ތިބެގެން މަރަން އަތުނުވި މީހުން އަތުލާގެން މަރަން އެއުޅެނީ ތިޔަ ޔަހޫދީން ނާއި ބައަިޔަތު ހިފުމައްވުރެން ޖިހާދުގައި މަރުވެދިއުން މާރަނގަޅު