22:11

ހަލާކުވެ، މީހުން ހުސްވެފައިވާ ރަފަހް - ފޮޓޯ: އަނަޑޯލް
ހަލާކުވެ، މީހުން ހުސްވެފައިވާ ރަފަހް - ފޮޓޯ: އަނަޑޯލް
ހަލާކުވެ، މީހުން ހުސްވެފައިވާ ރަފަހް - ފޮޓޯ: އަނަޑޯލް

22:09

ރަފަހްގެ ހުޅަނގުގައި އޮންނަ ތަލް ޒޯރޮބްގެ ކައިރީގައި އިސްރާއީލުގެ ސިފައިންނާއި ވެހިކަލްތަކަށް ބޮމުގެ ހަމަލާދީފައިވަނީ ބަރު މޯޓާތަކުން ކަމަށް އިސްލާމިކް ޖިހާދު މޫވްމަންޓްގެ އަސްކަރީ ގޮފި ކަމަށްވާ އަލް ޤުދުސް ބްރިގޭޑުން ބުނެފި.

22:08

އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޫކްލިން މިއުޒިއަމްގައި މިދިޔަ ހުކުރު ދުވަހު ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާއާ ގުޅިގެން 34 މީހަކު ބަންދުގައި ބަހައްޓާފައިވާ ކަމަށް ނިއު ޔޯކް ސިޓީގެ ފުލުހުން ބުނެފި.

21:17

ހުކުރު ދުވަހު ރައީސް ބައިޑަންގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުއްވުމާ ގުޅިގެން، ގައިދީންގެ އާއިލާތަކުން ބުނަނީ ވަގުތު ފާއިތުވަމުން އަންނަ ކަމަށާއި، އެ މީހުންގެ އާއިލާ މީހުން އެނބުރި އައުމަށް އެއްބަސްވުން ބަލައިގަތުމުގެ ޒިންމާ އޮތީ އިސްރާއީލާއި ހަމާސްގެ ބޮލުގައި ކަމަށް.

ގިލީ ރޯމަން އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ޣައްޒާއިން އެނބުރި އަންނަ މީހުން ދިރިތިއްބާ އަދި ވަރަށް އަވަހަށް އަންނަތަން ދެކެން ބޭނުންވާ ކަމަށް.

21:16

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްފަހު، އެދުވަހާ ގުޅޭ ޕްލޭނެއް ނެތުމުން އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި.

21:15

ފަލަސްތީނަށް ތާއީދުކުރާ މީހުން ޕެރިހަށް ޖަމާވެފައި - ފޮޓޯ: އޭއެފްޕީ
ފަލަސްތީނަށް ތާއީދުކުރާ މީހުން ޕެރިހަށް ޖަމާވެފައި - ފޮޓޯ: އޭއެފްޕީ
ފަލަސްތީނަށް ތާއީދުކުރާ މީހުން ޕެރިހަށް ޖަމާވެފައި - ފޮޓޯ: އޭއެފްޕީ
ފަލަސްތީނަށް ތާއީދުކުރާ މީހުން ޕެރިހަށް ޖަމާވެފައި - ފޮޓޯ: އޭއެފްޕީ

20:25

ލުބްނާންގެ ހިޒްބުﷲ އިން ދިން ރޮކެޓް ހަމަލާތަކެއްގައި ނިރުބަވެރި އިސްރާއީލުގެ އަަސްކަރީ މަޒުކަޒެއްގެ ދުވަސް ދުއްވާލައިފި.

19:19

ލުބުނާނުގެ ދެކުނުގައި އޮންނަ ސެޑިކިން އަވަށުގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަތް މީހަކު ޒަހަމްވެއްޖެ.

18:44

ރަފަހް ސިޓީގެ ހުޅަނގުން އޮންނަ ތެލް އަލް ސުލްތާން އަވަށުގައި އިސްރާއީލުން ވައްޓާލި ޑްރޯންގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.

18:42

ޔޫއެންއާރުޑަބްލިއުއޭ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި އެ ޖަމާއަތުގެ މުވައްޒަފުންގެ އިމިއުނިޓީ އުވާލުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ކުރަމުންދާ މަސައްކަތް އެގައުމުން ކުށްވެރިކުރާ ކަމަށް ބެލްޖިއަމްގެ ޚާރިޖީ ވަޒީރު ހަދްޖާ ލަހްބީބު ވިދާޅުވެއްޖެ.

18:16

ބުރިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ގާތްތިމާގެ މީހުން ހިތާމަފާޅު ކުރަނީ - ފޮޓޯ: އަނަޑޯލް
ބުރިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ގާތްތިމާގެ މީހުން ހިތާމަފާޅު ކުރަނީ - ފޮޓޯ: އަނަޑޯލް
ބުރިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ގާތްތިމާގެ މީހުން ހިތާމަފާޅު ކުރަނީ - ފޮޓޯ: އަނަޑޯލް

17:29

ފަލަސްތީނަށް އެހީދޭން ތައްޔާރަށް ތިބި ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ރާއްޖެއިން ގޮވާލައިފި.

16:21

ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީގެ 33 މީހުން ޝަހީދުވެފައިވާ ކަމަށް ބުނެފި.

16:05

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަން އޮފް ޑިޓެއިނިންސް އެންޑް އެކްސް-ޑިޓެންޝަންސް އެފެއާޒް އާއި ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފި.

16:04

އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،379 މީހުން ޝަހީދުވެ، 82،407 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި،

އަދި އެންމެ ފަހުން 24 ގަޑިއިރުގެ ރިޕޯޓިން ޕީރިއަޑްގައި 95 މީހުން ޝަހީދުވެ 350 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވޭ.

15:44

ނިރުބަވެރި އިސްރާއީލްގެ ސިފައިން ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން ބަނޑުހައިހޫނު ކަމުގައި ފަލަސްތީނުގެ ކުއްޖަކު ޝަހީދުވެއްޖެ.

14:16

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން، ސައުދީ ފޮރިން މިނިސްޓަރާ ގުޅުއްވައި މަގުޗާޓާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި.

14:15

ސުލްހަ ގާއިމުކުރަން ޣައްޒާ އަށް ސިފައިން ފޮނުވަން ތައްޔާރަށް އޮތް ކަމަށް އިންޑޮނޭޝިއާގެ އިންތިހާބީ ރައީސް ޕްރަބޯވާ ސުބިއަންޓޯ ވިދާޅުވެއްޖެ.

14:14

ފަލަސްތީނުގެ ޣައްޒާގައި ބަނޑުހައި ހޫނުކަމުގައި 13 އަހަރުގެ ކުޑަ ކުއްޖަކު ޝަހީދުވެއްޖެ.

މިއާއެކު، ޣައްޒާގައި ބަނޑުހައި ހޫނުކަމުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު ވަނީ 37 އަށް އަރާފައި.

13:57

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމަށް ގަބޫލު ކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކޮޅު ހައްދަވައިފި.

12:50

އިސްރާއީލުން މިއަދު ހެނދުނު ޣައްޒާ ސިޓީ އަށް ބޮން އަޅައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފި. ފަލަސްތީނުގެ އަލް-އަގުސާ ޗެނަލް އިން ބުނެފައިވާ ގޮތުގައި ޝަހީދުކޮށްލާފައި ވަނީ އޮލާ އަލް-ދަހްދޫހް ނަމަކަށް ކިޔާ ނޫސްވެރިއެއް.

މި ނޫސްވެރިޔާ އާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބޭ.

12:48

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑެއްގައި ފަލަސްތީނުގެ ތިން ފިރިހެނެއްގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި.

12:42

ޣައްޒާގެ ޖަބަލިއާ ސަރަހައްދު ސުންނާފަތި ކުރުމުގެ ކުރިންނާއި ސުންނާފަތި ކުރި ފަހުން.

12:20

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަން ބޭނުންވެ އެމެރިކާ މެދުވެރިކޮށް ހުށަހެޅި ހުށަހެޅުމަކީ ސުލްހައަށް އޮތް އިތުރު ފުރުސަތެއް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ.

10:13

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމު ހުއްޓާލުމާ ގުޅޭ ގޮތުން އިސްރާއީލްގެ ރުހުމާއެކުގައި އެމެރިކާ އިން އެކުލަވާލި މަގުޗާޓަށް ޖަރުމަނުން މަރުހަބާ ކިޔައިފި.

09:32

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމު ވީ އެންމެ އަވަހަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ކެމަރޮން ރޭގައި ވިދާޅުވެއްޖެ.

09:09

އިސްރާއީލުން ޔޫއެންއާރުޑަބްލިއުއޭ އަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނާތީ އދ. ގެ ސެކިއުރިޓީ ކައުންސިލުން އެކަމުގައި ފިޔަވަޅު އަޅަން ފަލަސްތީނުން އެދިއްޖެ.

09:05

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އެމެރިކާގެ އެއްބަސީ ކައިރީގައި މުޒާހަރާ ކުރަނީ. އެއްވެ ތިބި މީހުން ވަނީ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލާފައި.

09:03

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެންމެ ފަހުން ހުށަހެޅި އެއްބަސްވުމަށް ޖަރުމަނުން މަރުހަބާ ކިޔައިފި. ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނަލެނާ ބައޭބޮކް ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާން ކުރެއްވި މަގުޗާޓުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އާވެފައިވާ ކަމަށް.

"މިހާރު ހަނގުރާމަ ހުއްޓާލެވެން އޮތީ ހަމާސްގެ އަތްމަތީގައި،" ޖަރުމަނުގެ ފޮރިން މިނިސްޓަރު އެކްސްގައި ވިދާޅުވެފައިވޭ.

09:01

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަގުޗާޓުގެ ދަށުން ޣައްޒާ އަށް އެހީ ވެއްދުމުގެ ފުރުސަތު ލިބިދޭނެ ކަމަށް. އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ އާ އެކުގައި ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބްލިންކެން ވިދާޅުވީ ހަމާސް އިން އިން މި މަގުޗާޓަށް އެއްބަސްވާން ޖެހޭ ކަމަށް. އަދި މަގުޗާޓަށް އެއްބަސްވެއްޖެ ނަމަ، ފަލަސްތީނުގެ ރައްޔިތުން، އެމީހުން ދިރިއުޅެމުން ދިޔަ ގެތަކަށް އަލުން ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި.

08:57

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނިިން އަށް ވަދެގަތުމާ ގުޅިގެން އެ ސަރަހައްދުގައި ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

08:56

ރަތް ކަނޑުގައި ހޫތީ ހަނގުރާމަވެރިން ހަތަރު ޑްރޯނެއް ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި. އެމެރިކާ އިން ބުނި ގޮތުގައި މި ޑްރޯންތަކަކީ ޔަމަންގައި ހޫތީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުންދާ ސަރަހައްދުތަކުން ފޮނުވި ޑްރޯންތަކެއް.

ހޫތީ ހަނގުރާމަވެރިން އިއްޔެ ވަނީ ބަލިސްޓިކް މިސައިލްތަކެއް ވެސް ފޮނުވާލާފައި. އެ މިސައިލްތައް ވެއްޓިފައިވަނީ ކަނޑަށް ކަމަށް އެމެރިކާ އިން ބުނޭ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނޫނީ އުޅަނދަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ނުލިބޭ ކަމަށް ބުނެފައިވޭ.

ނިރުބަވެރި އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމާ ގުޅޭ މަގު ޗާޓެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހާރު ވަނީ އިއުލާން ކުރައްވައިފައެވެ. އިސްރާއީލުން މި މަގުޗާޓަށް އެއްބަސްވެފައިވާ އިރު، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް އިން ވެސް މިކަން ނަގަނީ ޕޮޒިޓިވްކޮށެވެ. ހަމާސް އިން މިހާރު ވަނީ މަގުޗާޓު ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެކަމާ ގުޅޭ ގޮތުން ހަމާސް އިން ގޮތެއް ނިންމާނީ ދިރާސާ ކުރުމަށް ފަހުގައެވެ.

މިއާއެކު، އިސްރާއީލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ 200 އަށް ވުރެ ގިނަ ދުވަސްވީ ހަނގުރާމަ ހުއްޓާލުމުގެ އުންމީދު ވަނީ އާވެފައެވެ.

ބައިޑަން ވެސް ވިދާޅުވި ގޮތުގައި މިހާރު މިއޮތީ ހަނގުރާމަ ހުއްޓާލުމުގެ ވަގުތު ޖެހިފައެވެ.

ޣައްޒާގެ ގަތުލު އާންމު ހުއްޓާލަން އިސްރާއިލުން ބޭނުންވެއްޖެ

އެކަމަކު، ހަނގުރާމަ ހުއްޓާލާ އިރު، ފަލަސްތީނުގެ ޣައްޒާގައި ކުށެއް ނެތް އެތައް ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު، 36،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

މި ލައިވް ބްލޮގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    މި މީހުން ތިބީ ހަމަހޭގަބާ؟ އެމެރިކާގެ ރައީސް ހަތިޔާރާއި ފައިސާދީގެން ފަލަސްތީނު ނައްތާލަން އެމެރިކާ އިން ހިންގަމުންދާ ގަތުލު އާންމު އެމެރިކާގެ ޖައްބާރު ރައިސް ގަތުލު އާންމެއްކަމަށް ބަގޫލު ކޮށްފިނަމަ ވަގުތުން އެމެރިކާގެރައީސް ހައްޔަރުކުރަން އިންޓަރނޭސަނަލް ކޯޓްއޮފް ޖަސްޓިސް އިން އަމުރު ނެރުމުގެ ފުރުސަތު އޮތީމަ އޭނަ އެކަންބޫލު ކުރާނެތަ؟

  2. Anonymous

    މުސްކުޅިވެ ހާއްދަ ފާއްދަ ކެޑިފަ ހުރި މުސްކުޅިޔަކު ބަހައްޓައިގެން މުޅި އެމެރިކާ ހަލާކު ކުރަނީ !