އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަން ބޭނުންވެ އެމެރިކާ މެދުވެރިކޮށް ހުށަހެޅި ހުށަހެޅުމަކީ ސުލްހައަށް އޮތް އިތުރު ފުރުސަތެއް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ނިރުބަވެރި އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަން ބޭނުންވެ އެމެރިކާ މެދުވެރިކޮށް ހުށަހެޅި ހުށަހެޅުންތައް މިހާރު ދަނީ ދިރާސާކުރަމުންނެވެ.

އެކަމާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މީސް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގެ ފަހަތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަކީ ސުލްހައަށް އޮތް ފުރުސަތެއް ކަމަށާއި އެއީ ހުރިހާ ފަރާތަކުން އެކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ކެނެޑާއިން ދަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލާ ކަމަށް ވެސް ޓްރޫޑޯ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ބައިޑެން ވިދާޅުޅުވެފައިވާ ގޮތުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެވޭ ވަރަށް މިހާރު ހަމާސް ޖަމާއަތް ބަލިކަށިވެފައިވާ ކަމަށާއި، މި ދަނޑިވަޅަކީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ކަމަށެވެ. އެމެރިކާގެ ރައީސް ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުންވާ މަގު ޗާޓްވެސް އިއުލާން ކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުގެ ރުހުމާއެކު އެމެރިކާއިން ހުށަހަޅާފައިވާއިރު، އެ ހުށަހެޅުމަށް ޖަރުމަނުން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞޮކު

    ބިރުގަތީ

  2. ރަން ރީނދޫ

    ފަލަސްތީނުފެެެ މިނިވަން ދައުލަޔެއްގެެެ މައްޗަށް ނޫނީ އެއްބަސްނުވާތި ،އަދި ހަނގުރާމައިން ލިބުނު މާއްދީ ގެއްލުމާއި ޖިސްމާނީ އަދި ނަފުސާނީ ގެއްލުމުގެ ބަދަލުވެސްްް އިސްރާއީލުންަް ފުރިހަމައަށް ދައްކަން ޖެހޭނެ.