އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމަށް ގަބޫލު ކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކޮޅު ހައްދަވައިފިއެވެ.

ދުނިޔެ ދެކުނު އެންމެ ހުދުމުހުތާރު އަދި އެންމެ އަނިޔާވެރި ގައުމު، އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވީ އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ނޫން ކަމަށެވެ. އަދި އިސްރާއީލްގެ ލީޑަރުން ހައްޔަރު ކުރަން ދުނިޔޭގެ ކްރިމިނަލް ކޯޓު (އައިސީސީ) އަށް ހުށަހެޅި ހުށަހެޅުން ވެސް ބަލައިގަންނަން އެމެރިކާ އިން ދެކޮޅު ހަދާ ކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.

"މިހާރު ހިނގަމުން އަންނަ ކަމަކީ ގަތުލުއާންމެއް ނޫން. އަހަރުމެން އެކަމާ ދެކޮޅު. އަހަރުމެން އަބަދުވެސް ތިބޭނީ އިސްރާއީލް އާއި އިސްރާއީލްގެ ސަލާމަތަށް ނުރައްކާވާ ކަންކަމުގައި،" އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި އިވެންޓެއްގައި ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ އިސްރާއީލްގެ ސަލާމަތާއި ރައްކާތެރިކަން ގާއިމު ކުރުމަށް އެމެރިކާ އިން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ހަމާސްގެ ލީޑަރު ޔަހްޔާ ސިމްވާ އާއި ހަމާސްގެ އެހެން މުޖާހިދުން އަތުލައިގަތުމަކީ އިސްރާއީލަށް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ޣައްޒާގައި ދާއިމަށް ސުލްހަ ގެނައުމަށް އިސްރާއީލްގެ ރުހުމާއެކުގައި އެމެރިކާ އިން ކުއްލި ގޮތަކަށް ހުށަހެޅި މަގުޗާޓާ ގުޅިގެން ހަމާސް އިން އަދި ވަކި ގޮތެއް ނުނިންމައެވެ. ބައިޑަން ވަނީ މި މަގުޗާޓު ހަމާސްއިން ބަލައިގަތުމަށް ގޮވާލައްވައިފައެވެ.

ބައިޑަން އިއުލާން ކުރެއްވި މަގުޗާޓް

ފުރަތަމަ ފިޔަވަހީގައި ހަ ހަފްތާ އަށް އިސްރާއީލުން ޣައްޒާއަށް ހަަމަލާތައް މެދުކަނޑާލަން ޖެހެއެވެ. މި މުއްދަތުގައި ޣައްޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފައިބަން ޖެހެއެވެ. އަދި މިހަފްތާ ތެރޭގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް އަސީރުން މިނިވަން ކުރަން ޖެހެއެވެ. އޭގެ ތެރެގައި އަންހެނުންނާއި މުސްކުޅިން އަދި ޒަހަމްވެފައިވާ މީހުން ހިމަނަން ޖެހެއެވެ. އެ މީހުންގެ ތެރޭގައި އެމެރިކާގެ އަސީރުން ހިމެނުން އެއީ މަޖުބޫރު ކަމެއް ގޮތުގައި ހިމަނާފައި ވެއެވެ. ހަމާސް އިން މިނިވަން ކުރާ މަދު އަސީރުންގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އެތައް ބަޔަކު މިނިވަން ކުރަން ފުރަތަމަ ފިޔަވަހީގައި ހިމަނާފައި ވެއެވެ.

ދެވަނަ ފިޔަވަހީގައި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވަން ޖެހެއެވެ. މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދޭން ޖެހެއެވެ. އޭގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ މީހުން ދިއުމަށް ދެކޮޅު ހަދާ ޣައްޒާގެ އުތުރު ސަރަހައްދުވެސް ހިމަނަން ޖެހެއެވެ. އަދި ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އެހީގެ ތަކެތި ޣައްޒާއަށް ފޮނުވަން ޖެހޭއިރު، ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ، ޣައްޒާއަށް އެތައް ލައްކަ ޓެންޓް ފޮނުވާ މީހުން ވަގުތީގޮތުން ދިރިއުޅެވޭ ގޮތް ހަދަން ޖެހެއެވެ.

ތިން ވަނަ ފިޔަވަހީގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ޕްލޭނެއް ހަދަން ޖެހެއެވެ. މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ޣައްޒާއިން ފައިބަން ޖެހެއެވެ. އަދި ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ކަނުވީނޫނޭ މާބޮޑަމުސްކުޅި ފުޅުވީ މިހެންވީމަ
    ލޮލައްފެންނާނީ އެކަކުދެމީހުނައް ކަޅުމީހުން ދޮންމީހުނައް ޓޭންކަރުތައް ކާރައް، ޖެޓުބޯޓު ޖެޓުސްކީއައް، މީހުންމަރާ މަންޒަރުތައް އީދުކުޅިވަރުގަ ކުލަޖަހާ މަންޒަރައް މިކަހަލަގޮތަކައް ބައިޑަނުއައް މިހާރުފެންނާނީ،، ހަތްބުރު އަޅުވާފަ ދޫކޮއްލާގިތެލެއް ދާހެން އުޅޭމީހެއްއެއީ ފުލައިޓައް އަރާއިރު 4 ބުރައްފައިކަހާ ނުލާފަހަރެއް ނުދޭ

  2. ކަށިކެޔޮ އާދަނު

    ދެލޯ ކަނުވުންއެކަންޏޫން އެއީ ބީތާއެއް އަދި ގަމާރެއް

  3. ދުޅަބައި

    ގަތުލު އާއްމެއްނަމަ އެދުވަސްތެރޭ 2މިލިއަންމީހުންވެސް މަރާލެވިދާނެ ވަކިބަޔަކަށް ޓާގެޓްކޮށް ކުރާ ހަނގުރާމައެއްގަ އެމީހުން އާންމުން ތިބޭތަންތަނުގަ ތިބޭނަމަ އެމީހުންނަށް އަމާޒްކޮށްދޭ ހަމަލާތަކުގަ އާންމުން މަރުވާނެ

  4. މަބުނީ

    މިކަލޭގެ ލޯ ގަދަ ގިނީގައި އަނދައިގެން ދާންދޭވެ

  5. އެދުރު

    ތިޖައްބާރުން ނަކަށް ނުފެންނާނެ ޤިޔާމަތް ދުވަހުވެސް ޖަހަންނަމައިގާ ތިގޮތަށް އުޅެވޭތޯ ބަލާތި!

  6. ކާޅު ބާޒު

    ބައިޑަން ލޯ ކަނެއްނޫން... ލޯ ކަނުވެފަ މި ތިބީ މުސްލިމުންގެ ވެރިން...

  7. ޚާލި

    ލޯ ކަނު ބީރު ކުއްތާއެއް އެއީ