ގައުމުގެ އިސްތިގުލާލަށް ނުރައްކާވާ ހިސާބުން ނުރައްކާތެރި ނިއުކްލިއާ ހަތިޔާރުތައް ނެެރޭނެ ކަމުގެ އިންޒާރު ރަޝިއާ އިން ދީފިއެވެ.

ރަޝިޔާގެ ރައީސް ލަޑިމިއަ ޕުޓިން ބުދަ ދުވަހު ބޭރުގެ ބައެއް މީޑިއާތަކުގެ އިސްފަރާތްތަކާ ބައްދަލުކޮށް ވިދާޅުވީ ގައުމުގެ އިސްތިގުލާލަށް އަދި ސަރަހައްދަށް ނުރައްކާ ވެއްޖެނަމަ ރަޝިއާގައި ހުރި ވަސީލަތެއް ބޭނުން ކުރާނެ ކަމަށެވެ.

ޕުޓިން ވިދާޅުވީ ރަޝިއާއަކީ ދެކޮޅުވެރި ގައުމެއް ގައުމެއް ކަމަށް ބަލައިގެން ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނޭ ކަމަށާއި އެއީ އަމިއްލައަށް ލިބިގަންނަ ގެއްލުމެއް ކަމަށެވެ.

ހުޅަނގުގެ ގައުމުތަކަށް ހަމަލާދިނުމުގެ ވިސްނުމުގައި ރަޝިއާ އިން ގައުމުތަކަށް ހަތިޔާރު ދެވިދާނެ ކަމަށް ޕޫޓިން ވަނީ އިންޒާރު ދެއްވައިފައެވެ. އެމެރިކާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ ރަޝިއާގެ އެތެރޭގައި ހުންނަ އަމާޒުތަކަށް ހަމަލާދިނުމަށް ޔޫކްރޭނަށް ފެހި ސިގްނަލް ދީފައެވެ. އަދި މިއީ އެމެރިކާއަށްވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިއާގެ އަމާޒުތަކަށް ހަމަލާދިނުމަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ޔޫކްރޭނަށް ދެއްވައިފައެވެ. ނަމަވެސް އެއީ ހަމައެކަނި ޚާރްކިވް ސަރަހައްދުގެ ކައިރީގައެވެ.

ވައިޓް ހައުސް އިން ބުނެފައިވަނީ ޔޫކްރޭނަށް ރަޝިޔާގެ ބިމުގައި ދުރު ރާސްތާގެ އޭޓީއޭސީއެމްއެސް މިސައިލް ބޭނުން ނުކުރެވޭނެ ކަމަށެވެ. އެމެރިކާގެ ސެނެޓަރަކާއި ހުޅަނގުގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސްއަށް ބުދަ ދުވަހު ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމަށް ޔޫކްރޭނުން އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށެވެ. ޔޫކްރޭންގެ އުތުރު ބޯޑަރު ހުރަސްކޮށް ރަޝިޔާއިން ދަނީ ޚާރްކިވްގެ އިރުއުތުރުގައި ވަރުގަދަ ހަނގުރާމައެއް ހިނގަމުންނެވެ. ޔޫކްރޭންގެ ދެވަނަ ސިޓީ ކަމަށްވާ ޚާރްކިވް އަކީ ރަޝިއާ އާއި ޔޫކްރޭން ގުޅޭ ބޯޑަރާއި އެންމެ 30 ކިލޯމީޓަރު (18 މޭލު) ދުރުގައި އޮންނަ ސިޓީއެކެވެ.

ޔޫކްރޭން އާއި ރަޝިއާ ދެމެދު 2022 ވަނަ އަހަރު ހަނގުރާމަ ފެށިފަހުން ޕުޓިން ބޭރުގެ ބައެއް މީޑިއާތަކުގެ އިސްފަރާތްތަކަކާ ބައްދަލުކުރި މިއީ ފުރަތަމަ ފަހަރެވެ. ރަޝިއާއިން ޔޫކްރެއިންދީފައިވާ ހަމަލާތަކުގައި ޔޫކްރެއިންގެ 31،000 އަށްވުރެއް ގިނަ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަމާސް

    ބަރާބަރ ޕުޓިންވަރެއްނެއް. އެމެރިކާ ސައިޒުކުރަން މާލަސްވެއްޖެ.

    20