އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ރަހީނު ކުރި އިސްރާއީލުގެ 4 އަސީރުން ސަލާމަތް ކުރުމަށް ޣައްޒާގެ ނުސީރަތް ކޭމްޕްގައި ހިންގި ބޮޑު ލޭއޮހޮރުވުމުގައި ޝަހިދުކޮށްލި މީހުންގެ އަދަދު 270 އަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދު ކުރަމުންދާ ޣައްޒާގައި އިސްރާއީލުގެ އަސީރުންތަކެއް ސަލާމަތް ކުރަން ބޮޑު ގަތުލު އާންމެއް އިއްޔެ ހެނދުނު ހިންގިއިރު، ހަތަރު އަސީރުން ދިރިހުއްޓާ ސަލާމަތް ކޮށްފައި ވެއެވެ. ތިން ފިރިހެނަކާއި އަންހެނަކު ސަލާމަތް ކުރިއިރު، މިއީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ރީމް ކައިރީގައި ބޭއްވި ސުޕަނޯވާ މިއުޒިކް ފެސްޓިވަލްގައި ހަމާސް އިން އަތުލައިގަތް މީހުންނެވެ.

މި އޮޕަރޭޝަންގައި ޣައްޒާގެ މެދުތެރޭގެ ނުސީރަތުގައި ހުންނަ ހަމާސްގެ ދެ ތަނެއް އެއްފަހަރާ ސްޕެޝަލް ފޯސްއިން ވަނީ ބަލައި ފާސް ކޮށްފައެވެ. އަދި އެ މީހުން ސަލާމަތްކޮށްފައި ވަނީ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލާ، ބޮޑު ގަތުލު އާންމެއް ހިންގުމަށް ފަހުއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ އަސްކަރިއްޔާއިން "ނުސީރަތުގެ ސަރަހައްދުގައި ހުރި ހަމާސްގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކުރަމުންދާ" ކަމަށެވެ. އޭގެ ފަހުން އެ ޖަމާއަތުން ވަނީ ނުސީރަތުގައި ހިންގި އޮޕަރޭޝަންގައި ހަމާސް އިން ގެންދިޔަ ހަތަރު މީހަކު ސަލާމަތް ކުރި ކަން އިއުލާންކޮށްފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 283 މީހުން ޝަހީދުވެ 814 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން 274 މީހުން ޝަހިދުކޮށްލާފައި ވަނީ ނުސީރަތް ކޭމްޕްގައެވެ. އެ އޮޕަރޭޝަންގައި 698 މީހުން ޒަހަމްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޖައްބާރު ޔަހޫދީ މަކަރުވެރި އަނިޔާވެރި ޔަހޫދީ ސިފައިންވަނީ މި ހަނގުރާމައިގައި ބޮޑު ތަނުން ނާކާމިޔާބު ވެފައި.
    ފުރަތަމަ ސަބަބަކީ އެމީހުން މަރަމުން އެ ދަނީ މަރު ދެކެ ބިރު ނުގަންނަ މުސްލިމުންނާ
    ދެވަނަ ސަބަބަކީ އަސީރުން ސަލާމަތްކުރުމަށް ދުނިޔޭގެ އެންމެ މޮޅެތި ހަތިޔާރާއި ބާރު ބޭނުންކޮށްގެންވެސް އެކަން ނުކުރެވުން.
    އަނެއް ސަބަބަކީ އޭގެ ބަދަލު އެމީހުން ދެނީ އަންހެނުންނާއި ކުޑަކުދިން މަރައި ލާއިންސާނީ އަނިޔާތައް ދީގެން. ފެއިލްވީމާ.
    އެންމެ ބޮޑު ސަބަބަކީ ﷲ ގެ ދީނަށް ޓަކައި ޝަހީދުވުމަކީވެސް ނަސްރު.
    ނަމަވެސް އެއިން އެއްޗެއް ދުނިޔޭގައި އުޅެން 1000 އަހަރު ބޭނުންވާނެ. މަރަށް އެހާ ބިރުގަންނަ ފިނޑި ބައެއް އެ ޔަހޫދީންނަކީ