އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވައިފިއެވެ.

ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ މޯދީ ކުރައްވާފައި ވަނީ އަވަށްޓެރި ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ރާއްޖެ ހިމެނޭ ގޮތަށް ލީޑަރުންވެސް ބައިވެރިވަޑައިގަންނަވަމުން ގެންދަވާ ރަސްމިއްޔާތެއްގައެވެ.

މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ލައިދެއްވީ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑްރޯޕަދީ މުރްމޫއެވެ.

ކުރިން ހީކުރި ގޮތާއި ހިލާފަށް ބޮޑުވަޒީރު މޯދީގެ ޕާޓީ ބީޖޭޕީއާ އިދިކޮޅު ޕާޓީތަކަށް އިންޑިއާގެ އާންމު އިންތިހާބުގައި ވަނީ ވަރަށް ބޮޑެތި ކުރި އެރުންތައް ލިބި ބީޖޭޕީ އަށް ވަރަށް މުހިއްމު ގޮނޑިތަކެއް ވެސް އިދިކޮޅުން ކާމިޔާބުކޮށްފައެވެ. އެގޮތުން ބޮޑުވަޒީރު މޯދީ ބޮޑު ފައްޅި އެޅި އަޔޯދާގެ ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅުންނެވެ.

އިންޑިއާގެ އާންމު އިންތިހާބުން މި ލިބުނު ނަތީޖާ އާއި އެކީ ވެރިކަން ކުރާ ބީޖޭޕީ އަަށް އައު ސަރުކާރެއް އުފައްދަށް ޖެހޭނީ ގިނަ ޕާޓީތަކާއި އެކީ ކޯލިޝަން ހަދާށެވެ.

އިންޑިއާ ޓުޑޭ ޓީވީ ޗެނަލުން ބުނީ މިއަދުގެ ރަސްމިއްޔާތުގައި ޖުމްލަ 72 ވަޒީރުން ހުވާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ބީޖޭޕީއާ ގުޅިފައިވާ ޕާޓީތަކުގެ 11 ވަޒީރުން ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން 39 ބޭފުޅުންނަކީ ކުރީގެ ސަރުކާރުތަކުގައި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުން ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކެބިނެޓުގެ އެންމެ ބާރުގަދަ ހަތަރު ވުޒާރާ ކަމަށްވާ އިންޓީރިއާ، ފޮރިން، ފިނޭންސް އަދި ޑިފެންސް ހިމެނޭ ގޮތަށް ކެބިނެޓުގެ އެންމެ އިސް މަގާމުތައް ދެމި އޮންނާނީ ބީޖޭޕީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    އަޅުގަނޑު އެންމެ ފުރަތަމަ މޯޑީ އަށް މަރުޙަބާ ކިޔުމަށްފަހު މަރުހަބާ ކިޔަން ބޭނުންވާ އެއްބޭފުޅަކީ އިންޑިޔާގެ އަމްރީތާ ހޮސްޕިޓަލް ބިނާކޮށް އިންޑިޔާގެ ނިކަމެތި ރައްޔިތުންނަށް ހެޔޮފޯރުކޮށްދިނުމުގެ ލާމަސީލު ނަމޫނާއެއް.އިންޑިޔާ ރައްޔިތުން ވަރަށް ލޯބިވާ ޝަހުސިއްޔަތެއް.އަޅުގަނޑު ބައްދަލު ކުރަންވެސް މަސައްކަތް ކުރިން އެމެރިކާގަ ދިރި އުޅުއަވާ ކަމަށް ޚަބަރު ލިބުނީ ތެދެއް ދޮގެއް ނޭގޭ. އަޅުގަނޑު އެކަމަނާގެ އަވަށަށް ދިިޔައިމެވެ.އަޅުގަނޑު އެއަވަށަށް ދިޔައީ ބަހުގައެވެ.އަޅުގަނޑު ބައްޕައާއި ސުވާލު ކުރިން މިހާ މީހުންނަށް އޯގާތެރި މީހަކަށް ތެދުމަގު ނުފެނި މިހުރީ ކީއްވެތޯ. ބައްޕަ ވިދާޅުވީ ދުޢާ ކުރާށޭ ކޮންމެވެސް ދުވަހަކުން ﷲ ތެދުމަގު ދައްކަވާނެކަމަށެވެ. ބައްޕަ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލް ކައިރީގަ އެހުންނަ މިސްކިތުގަ މަޢުރިބް ނަމާދު ކޮށްގެން ޢިޝާނަމާދު ކޮށް ނިމިގެން އައިސް އަޅުގަނޑު ގޮވައިގެން ކާންދާނެ.އިންޑިޔާގެ މަޢރިބްނަމާދާއި ޢިޝާ ނަމާދާއި ދެމެދު ވަރަށް ދުރުވާނެއެވެ. ބައްޕައަށް އެސަރަޙައްދުގެ އެންމެންވެސް ވަރަށް އިޙުތިރާމް ކުރާނެއެވެ.އަޅުގަނޑު އެއް ދުވަހު ކާންފެށި އިރު ބައްޕަ ހުރީ ބަލަހައްޓައިގެން ބިސްމި ނުކިޔާ ކާންފެށުމުން ވަގުތުން ކެއުން ހުއްޓާލަން އެންގި އަދި ބިސްމި ކިޔާފަ ކާން ފަށަން އެންގި އެވެ. އަދި އަޅުގަނޑު ހަދާންވަނީ ރޯދަމަހު .މައްކާގަ ސަޢުދީގަ އަޅުގަނޑު އުމުރާ އަށް ގޮސް މަދީނާގަ މިސްކިތެއްގަ އަސުރު ނަމާދު ކޮށް ނިމިގެން އަޅުގަނޑުއޭގެ ފަހުން 02 ރަކުޢަތް ނަމާދެއް ކުަރަން ފެށުމާއެކު ބަލަހައްޓައިގެން ހުރި އަރައްބަކު ހުރިތަނުން ތެދުވެގެން އައިސް އަޅުގަނޑަށް ވަރަށް ސާފުކޮށް އެކަން އޮންނަ ގޮތުގެ މަޢުލޫމާތު ދެއްވިއެވެ. ޢިލްމަކީ މަންމަގެ އުގުން ފެށިގެން ދުނިޔޭގަ ހުރި ހުރިހާ ދުވަހަކު އުގެނެން މަޖުބޫރުކަން ކިޔވާ ކުދިންނަށް ހަދާން ކޮށްދޭން ޖެހޭ.