ފަލަސްތީނުގެ ޣައްޒާއަކީ މިހާރު އިންސާނުން ދިރިއުޅެވޭ ވަރުގެ ތަނެއް ނޫން ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ވަރުގަދަ ހަމަލާތަކެއްދީ، އިސްރާއީލްގެ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފައެވެ. އަދި އިސްރާއީލް އާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔައެވެ. އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔަ މީހުންގެ އަދަދު 240 އަށް އަރައެވެ.

ހަމާސް އިން ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ޖަމާއަތް ނައްތާލަން ކަމަށް ބުނެ، އިސްރާއީލްގެ އަސްކަރިއްޔާ އިން ގެންދަނީ ޣައްޒާ އަށް ވައިގެ މަގުން ބޮން އަޅަމުންނެވެ. އަދި އެއްގަމު މަގުން އަރައި އިސްރާއީލް ސިފައިން ގެންދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތައް ދެމުންނެވެ. ޣައްޒާ އަށް ހަމަލާދެމުން އަންނަތާ 249 ދުވަސްވެފައިވާ އިރު، ހަމަލާތައް ހުއްޓާލުމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެއެވެ. އިސްރާއީލުން ދަނީ "އަތު ޖެހުނު" ތަނަކަށް ހަމަލާދީ މުސްލިމުން މަރަމުންނެވެ.

އުރުދުންގައި ކުރިއަށްދާ ޣައްޒާ ސަމިޓްގައި ވާހަކަ ދައްކަވަމުން މިސްރުގެ ރައީސް ވިދާޅުވީ މަރުގެ ތުންފަތްމަތީގައި އާއި ބަނޑުހައިހޫނުކަމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އާ މުސްތަގްބަލެއް ބޭނުންވާ ކަމަށެވެ. އަދި އެމީހުން އަމާންކަމާއެކީގައި ދިރިއުޅުމުގެ ހައްގު ލިބިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސީސީ ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އިންސާފު ލިބެން ވާނެ ކަމަށެވެ.

ސީސީ ވިދާޅުވީ ޣައްޒާގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށެވެ. އިސްރާއީލުން ޣައްޒާ ސުންނާފަތި ކުރަމުންދާ އިރުގައި ސިއްހީ ނިޒާމު ވެސް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޣައްޒާގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭ. އިސްރާއީލުން ޣައްޒާ ދަނީ ސުންނާފަތި ކުރަމުން. ޣައްޒާގައި ހުރި އިންފްރާސްޓްރަކްޗާތައް ދަނީ ސުންނާފަތި ކުރަމުން. އަދި ސިއްހީ ނިޒާމު ވެސް ހަލާކުކޮށްލައިފި. ޣައްޒާއަކީ އިންސާނުން މިހާރު ދިރިއުޅޭ ވަރު ތަނެއް ނޫން." ސީސީ ވިދާޅުވިއެވެ.

ސީސީ ވިދާޅުވި ގޮތުގައި ޣައްޒާގެ ދެކުނުން އޮންނަ ރަފަހްގައި އިސްރާއީލްގެ ގަތުލުއާންމު ނުހިންގުމަށް މިސްރުން ތަކުރާރުކޮށް ވާނީ ގޮވާލައިފައެވެ.

ނިރުބަވެރި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،164 އަށް ވަނީ އަރައިފައެވެ. އަދި އެ ހަމަލާތަކުގައި 84,832 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    އެވަރުކުރުވަން އެމެރިކާއަށް ފުދިގެންތިބީއެންނުން ؟

    21
  2. ލޯބިވާ ވަޠަން

    ކަލޭ އަނގަ ނުފަޅާ. ތީ ޔަހޫދީންގެ އެޖެންޓުން. މާތް ﷲ ކަލޭމެންގެ ނިމުން އަވަސް ކުަރައްވާށި. އާމީން.

    32
  3. މުޙައްމަދު

    މިސްރަކީވެސް ޢައްޒާ ނެތި ކޮށްލުމަށް މަސައްކަތް ކުރާ ގައުމެއް. އެމެރިކާ އިސްވެ އޮވެ މަކަރުން ހަނގުރާމަ ހުއްޓާލަން ބާޅުއަޅަން ފެށީމާ މިބެރިން އަނގަ ހުޅުވެންފެށީ. މިހުރިހާ ދުވަހު އަނގަލައްޕައިގެން ނިދިކުރައްވާފަ ތިބީ. ގައްދާރުން

    24
  4. އިސްލާމް

    ދެން ކޮބާ ކަލޭގެ ޒިންމާ

    23
  5. އަވަށުމީހުން

    އިސްލާމުންގެ ނަމުގައިތިބި މުނާފިގުން އެނގިގެންދިޔަ ހަނގުރާމައެއްމީ

  6. ދާންދޫ ކުޑަބެ

    ކަލޭ މާތާހިރެއް ނޫން އަަނގަ ފޭކުރާކައް ކާފަރު ގައުމުތަކުން ކުރާވަރުވެސް ކަލޭމެން އިސްލާމީ ބޮޑެތި ގައުމު ތަކައް ކޮއްލަން ނުކެރޭ ވެރިކަމުގެ ދަހިވެތި ކަމުގަ ޔަހޫދީންނައް ވިކިހުސް ވެފަ

  7. މޫސަބޭ

    އުއްާަތަށް ޢައްދާރުވި ބޮޑު ޚާއިނެއް!

  8. ގސފސ

    ކަލޭ ތިކަން ހާމަކުރަން ލަދެއްވެސް ނުގަނޭތަ. ތިހާކާރީގަ މިހާދު ދުވަސްވަންދެން ކަލޭ އުޅުނު އިތު އަދި ކިރިޔާދޯ ކަލެއަށް ރޭކާލީ ބަޔަކު ކަމެއް ކުރާކަންވެސް. އަހަރަމެން މިއަށް ދުރުގަ ތިބިއިރުވެސް ތިކަން ހިގާކަން އެގިފަ އޮންނަތާ އެތަށް ދުވަހެއް ވެއްޖެއެވެ. ކަލޭގެ ބޭނުމަކީ ތިކަމުންވެސް ނާޖާއިޒު ފައިދާ ނަގައިގެން އަންބޮޑި ބުރެކުރެވޭތޯ ބެލުން ކަމުގައި ދެކެމެވެ. މިކަހަލަ ޔަހޫދީންގެ ކިބައިން އިސްލާމީ ގައުމުތައް ހިންގުމުގެ ބާރު ދުނިޔޭގެ ތިބިބަޔަކަށް އިބުރަތެއްގެ ގޮތުގައި ގެންދެވުން އެދި ދުއާކުރަމެވެ.

  9. ޢަޒްރާ

    މިކަލޭގެ އަކީ އެމެރިކާ ދަރިކޮޅުގެ މީހެއް އެހެންވެ މިއޮއްހުރިހާދުވަހު ރަޖާލައިގެން އޮތީ މީ ޔަހޫދީންގެ މީހެއް ބޮޑު ކައްޒާބް އަލްސީސީ