ހަތަރު އަހަރަށް ފަހު އިންޑިއާއިން އަނެއްކާވެސް އެޗް9އެން2 ވައިރަސްގެ ދޫނި ރޯގާގެ ވޭދަނައެއް (ކޭސް) ފެނިއްޖެއެވެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ ބުނެފައިވަނީ ހުޅަނގު ބެންގާލްގައި 4 އަހަރުގެ ކުޑަކުއްޖަކު އެޗް9އެން2 ވައިރަސްގެ ސަބަބުން ޖެހޭ ބާޑް ފްލޫ ނުވަތަ ދޫނި ރޯގާ ޖެހިފައިވާ ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު ނޭވާލާ ނިޒާމުގެ ސީރިއަސް މައްސަލަތަކާއި ހުން ގަދަވުމާއި ބަނޑުގައި ރިއްސުމުގެ ސަބަބުން އެގައުމުގެ ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެއްގެ އެކުއްޖާ އެނދުމަތި ކުރި ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

އެ ވޭދަނަ އާއި ގުޅިގެން އިތުރު ބަޔަކަށް ބަލީގެ އަސަރުކޮށްފައިވޭތޯ ބަލަމުންދާ ކަމަށާއި. އާއިލާއާއި އެހެން ކޮންޓެކްޓްތަކުގެ ތެރެއިން ނޭވާލާ ނިޒާމުގެ ބަލީގެ އަލާމާތްތައް ރިޕޯޓްކުރި މީހަކު ނެތް ކަމަށް އެ އިދާރާއިން ބުނެއެވެ.

ވެކްސިން އާއި އެންޓިވައިރަލް ފަރުވާގެ އެއްވެސް ތަފްސީލީ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. މިއީ އިންޑިއާއިން އެޗް9އެން2 ބާޑް ފްލޫ ޖެހުނު ދެވަނަ ވޭދަނަ ކަމަށާއި، ފުރަތަމަ ވޭދަނަ 2019 ވަނަ އަހަރު ފެންމަތިވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ދޫނި ރޯގާއަކީ ދޫނިތަކަށް ޖެހޭ ބައްޔެއް ނަމަވެސް، އިންޑިއާއިން މިބަލި އިންސާނުންނަށް ޖެހުމާއި ގުޅިގެން މިވަގުތު އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ބަލި އިންސާނުންގެ ގައިން އިންސާނުންގެ ގަޔަކަށް ނާރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންނު

    އަޅަމެން މިފަދަ ނުރައްކާތެރު ހުރިހާ ބަލިމަޑު ކަމަކާއި މުސީބާތަކުން ސަލާމަތް ކުރައްްވާން ދޭވެ.