ފަލަސްތީނަށް ތާއިދު ކުރަމުން އައި ކެނެޑާގެ އާއިލާއެއް ދިރިއުޅެމުން ދިޔަ ގެއެއްގައި ރޯކޮށްލައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ރޯކޮށްލާފައިވަނީ ކެނެޑާގެ އޮންޓާރިއޯގެ ސިޓީއެއް ކަމަށްވާ ލަންޑަންގައި އެމީހުން ދިރިއުޅެމުން ދިޔަ ގޭގައެވެ. އެގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ބުނީ، އެ ގޭގައި ރޯކޮށްލި ނަމަވެސް އެވަގުތު އެއްވެސް މީހަކު އެގޭގައި ނެތް ކަމަށެވެ.

ފަލަސްތީނަށް ތާއިދު ކުރާ ކަމަށް އެ އާއިލާއިން ބުނުމުން އެ ގޭގައި ރޯކޮށްލާފައިވާއިރު، މީގެ ކުރިން ވެސް އެއާއިލާއިން ފަލަސްތީނުގެ ދިފާއުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމުގެ ސަބަބުން ވަނީ އެކިކަހަލަ އިންޒާރުތައް ދީފައެވެ.

މިހާދިސާއާއި ގުޅިގެން އެގޭގެ ވެރިފަރާތުން ބުނެފައިވަނީ އަމިއްލަ ގައުމުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނެތުމަކީ ނުހަނު ދެރަވާ، އަދި ގައުމުގެ ހާލަތު ވަރަށް ގޯސްވެފައިވާކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.

ކެނެޑާ އާއިލާ ދިރިއުޅެމުން ދިޔަ ގޭގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، އަލިފާނުގެ ހާދިސާގައި އެގެއަށް 30،000 އެމެރިކާ ޑޯލަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ގެއްލުމުގެ ވާހަކަ ދައްކަމުން އެ ގޭގެ ވެރިޔާ ބުނެފައިވަނީ ގެއްލުން ލިބުނު ވަރު ފައިސާއިން އަންދާޒާ ކުރުން މުހިންމު ނޫން ކަމަށާއި އަލިފާނުގެ ހާދިސާގައި އޭނާއަށް ވަރަށް މުހިންމު އަދި އަގުބޮޑު އެއްޗެއް ގެއްލިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކެނެޑާ އެއީ އިންސާނީ ހައްޤުތައް ބަރިބަރިއަށް ހުންނަ ޤައުމެއް. ތަރައްޤީގެ ރޮނގުގައި ނުކުޅަދާނަވެގޮސް ކުރިއަރާފައިވާ ޤައުމެއް. ދެތިކި ޕީ. ލޮލް