23:20

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޒުވާނަކު ޝަހީދުކޮށްލައިފި.

22:57

އިސްރާއީލްގެ ސިފައިންތަކެއް މަރާލުމާ ގުޅިގެން އިސްރާއީލްގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައިފި.

22:29

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް ތިބި ހުރިހާ ހައްޖުވެރިން ވެސް ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން ކުރުމަށް ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސް އިން މިއަދު އެދިއްޖެ.

21:50

ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި، އަލް-ގުދުސް ބްރިގޭޑްސްގެ މުޖާހިދަކު ޝަހީދުކޮށްލާފައިވާ ކަން އެ ޖަމާއަތުން އިއުލާންކޮށްފި. ޝަހީދުކޮށްލާފައި ވަނީ މުހައްމަދު ޒުހައިރު ހަލީލް. އޭނާގެ އުމުރަކީ 45 އަހަރު.

21:45

ޣައްޒާގެ ރައްޔިތުން ވެސް އީދަށް ތައްޔާރުވަނީ.

21:44

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަމަލާދީ ކުޑަ ކުއްޖަކު ޝަހީދުކޮށްލާފައިވާ ކަމަށް. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ޝަހީދުކޮށްލާފައި ވަނީ އަބްދުލް ރަހްމާން ސުލްތާން، ހަތަތުބާ ނަމަކަށް ކިޔާ ފިރިހެން ކުއްޖެއް. އިސްރާއީލްގެ މި ހަމަލާތަކުގައި އިތުރު ތިން މީހަކު ޒަހަމްވެފައިވޭ.

21:41

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލްގެ އޮފިޝަލުން އެމެރިކާ އަށް އައުމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޯއިޑް އޮސްޓިން ދައުވަތު ދީފި. އޮސްޓިން ދައުވަތު ދިނީ އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔާއޯވް ގަލަންޓަށް. މި ދައުވަތު ގަލަންޓް ވަނީ ގަބޫލުކޮށްފައި. އަދި ދާދި އަވަހަށް މި ދަތުރު ކުރާނެ ކަމަށްވޭ. ތާރީހާއި ގަޑިއެއް އަދި ސާފު ނުވާ ކަމަށްވޭ.

21:37

އަންރުވާ އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި މިހާރު އޮޕަރޭޓް ކުރެވޭ ހާލަތުގައި ހުރީ ތިން ބައިކުޅަ އެއް ބައި ހެލްތު ފެސިލިޓީތައް.

ޣައްޒާގެ ކުޑަ ދެ ކުދިން.
ޣައްޒާގައި ސުންނާފަތިވެފައިވާ ސަރަހައްދެއްގެ ކައިރީގައި ކުޑަ ކުއްޖަކު މަޑުކޮށްލައިގެން.

21:30

ރަފަހްގައި އިސްރާއީލްގެ 8 ސިފައިންގެ މީހުން މަރާލި ކަން އިސްރާއީލުން މީގެކުޑައިރުކޮޅެއް ކުރިން އެއްބަސްވެއްޖެ.

ޣައްޒާގައި ނިރުބަވެރިންގެ ސިފައިންގެ ގްރޫޕެއް އަނދާ އަޅިއަށް

20:07

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާ އިން ފެން ހުސްވުމާއި ގާތަށް ގޮސްފައިވާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކޮށްފި.

19:55

އަވަސް ނަސްރަކުން ފަލަސްތީނަށް ނަސްރު ލިބޭ ތަން ފެނިގެންދާޏެ ކަމަށް ކަމަށް މި އަހަރު ދިވެހި ހައްޖާޖީންނާ ހަވާލުވެ ހުންނެވި އަމީރުލް ހައްޖު އަދި ތައުލީމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަފީއު މިއަދު ވިދާޅުވެއްޖެ.

19:45

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 500 އާ ގާތްކުރާ އަދަދަކަށް ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކުރޮސެންޓުން ބުނެފި

17:48

ފަލަސްތީނުގެ ރެޑްކްރެސެންޓް ސޮސައިޓީން ބުނީ މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން 500 އާ ގާތް ކުރާ އަދަދަކަށް ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށް.

17:45

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ އިސްލާމިކް ޖިހާދުން ބުނެފައިވަނީ އަސީރުން މިނިވަން ކުރުމުގެ ޑީލަކަށް ދެވޭނީ އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފައިބައިގެން ކަމަށް. އިސްރާއީލުން މިހާރު ބުނާ ގޮތުގައި ޣައްޒާގައި ބާކީ 116 އަސީރުން އަދިވެސް ތިބޭނެ.

ހަމާސް އާއި އިސްރާއީލްއާ ދެމެދު ކުރިއަށް ދިޔަ އެއްބަސްވުމެއްގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ދޫކޮށްލާފައި. އަދި ހަތަރު އަސީރަކު އިސްރާއީލުން ސަލާމަތްކުރި. މިދިޔަ އޮކްޓޯބަރު 7 ގައި ހަމާސް އާއި އިސްލާމިކް ޖިހާދުން ޖުމްލަ 240 އަސީރުން ޣައްޒާ އަށް ގެންދިޔަ.

މި މީހުންގެ ތެރެއިން ގާތްގަނޑަކަށް 40 މީހުން އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށްވޭ.

17:37

އިސްރާއީލްގެ ހަމަލާތަކަށް ފަހު، ޣައްޒާގެ ނުސެއިރާތު ރެފިއުޖީ ކޭމްޕްގެ ހާލަތު.

17:22

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު 37,296 އަށް އަރައިފި.

17:11

އިސްރާއީލުން ލުބުނާންގެ ދެކުނަށް ބޮން އަޅައިފި. މި ހަމަލާ ދީފައި ވަނީ ލުބުނާންގެ ދެކުނު ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ސައިކަލަކަށް. އިސްރާއީލުން މި ހަމަލާދީފައި ވަނީ ޑްރޯނަކުން ކަމަށް ބުނެފައިވޭ.

17:09

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވި ގޮތުގައި ޣައްޒާގައި ތިބި 10،000 ކުޑަކުއްޖަކަށް އެހީ ލިބުމުގައި ވަނީ ހުރަސް އެޅިފައި. އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގައި އެހީ ބެހުމަކީ ވެސް މިހާރު ވަރަށް އުނދަގޫ ކަމެއް.

17:02

އިސްރާއީލްގެ ރައްޔިތުން ރަފަހްގައި ހުރި ގެތައް ސުންނާފަތި ކުރަނީ. އެ ގެތަކަކީ ފަލަސްތީނުގެ ރައްޔިތުން މިހާރު ދިރިއުޅެމުން ނުދޭ ގެތަކެއް.

17:00

ފަލަސްތީނުގެ ރައްޔިތުން ޣައްޒާގައި އީދަށް ތައްޔާރުވަނީ.

16:56

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުން ސަލާމަތްކުރުމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުއާކުރުމަށް ހައްޖު ހުތުބާގައި މިއަދު ގޮވާލައިފި.

14:58

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވަނީ ޣައްޒާއަށް އެހީ ހޯދުމުގެ އިތުރުން ވަށާލާފައިވާ ޣައްޒާގައި އެ އެހީ ބެހުމަކީ ކިހާ އުނދަގޫ ކަމެއްކަން ސިފަކުރައްވާފައި.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އދ އުފެދުނު ފަހުން އެއްވެސް ހަނގުރާމައެއްގައި ޝަހީދު ނުވާ ވަރަށް މި ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދޭ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް.

އެލްޑާ އިތުރަށް ވިދާޅުވީ ބުދަ ދުވަހު ޔުނިސެފްގެ މިޝަންގައި 10،000 ކުދިންނަށް ބޭނުންވާ ނިއުޓްރިޝަނަލް އަދި މެޑިކަލް ސާމާނު ފުރިފައިވާ ޓްރަކެއް ފޮނުވާލާފައިވާ ކަމަށް.

14:52

އިސްރާއީލް ސިފައިން ރަފަހްގައި މީހުން ދޫކޮށް ދިޔަ ގެތައް ތަޅާލައިފި.

14:01

މީގެ ކުޑައިރުކޮޅެއް ކުރިން ލުބްނާންހގެ ދެކުނުގެ އަވަށްތައް ކަމަށްވާ ބިންތު ޖިއެލް އާއި އައިޓާރޫންއާ ދެމެދު އޮތް ސައިކަލަކަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި.

 

13:59

ނަތަންޔާހޫ ދިރިއުޅޭ ގެ ބޭރުގައި މުޒާހަރާކުރި ފަސް މީހަކު އިސްރާއީލު ފުލުހުން ހައްޔަރުކޮށްފި

13:34

ފަލަސްތީނުގެ ޣައްޒާގައި ގަތުލު އާންމު ހިންގަމުންދާ ނިރުބަވެރިން އިސްރާއިލު ސިފައިންގެ ގްރޫޕަކަށް ފަލަސްތީނުގެ މުޖާހިދުންގެ ގްރޫޕަކުން ދިން ހަމަލާއެއްގައި އަނދާ އަޅިއަށް ވެއްޖެ.

12:55

މީގެ އެތައް ދުވަހެއް ކުރިން ރަފަހުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ދެ މީހަކު މަރުވެފައިވާ ކަމަށް ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ ކަސާމް ބްރިގޭޑްސް އިން ބުނެފި.

12:54

އިސްރާއީލު ސިފައިން ޣައްޒާގެ އުތުރުގައި ހުރި ގާތްގަނޑަކަށް ހުރިހާ ފެންވަޅެއް ހަލާކުކޮށްލައިފި.

ފަލަސްތީނުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ފެނުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް ކާރިސާގެ ހާލަތު ދަނީ ގޯސްވަމުން.

12:53

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސްގެ ދެކުނުގައި އޮންނަ ބެއިޓާ އަވަށަށް އިސްރާއީލް ސިފައިން އަރައިގަތްތާ އެތައް ގަޑިއިރެއް ފަހުން އެ އަވަށުން އިސްރާއީލު ސިފައިން ނުކުމެއްޖެ.

11:32

ފަލަސްތީނުގެ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގައި ތިން ގެއަކަށް ބޮން އަޅާ 19 މީހަކު ޝަހީދުކޮށްލައިފި.

10:53

ރަމަالله ސިޓީ އާއި ޖަލާޒޯން ރެފިއުޖީ ކޭމްޕްގެ އިތުރުން އިސްރާއީލު ސިފައިންލ ހިފާފައިވާ ހުޅަނގު އައްސޭރީގައި ރޭގަނޑު ހިންގި ސިލްސިލާ އޮޕަރޭޝަންތަކުގައި ޖެނިންގެ ހުޅަނގުގައި އޮންނަ ކްފަރުދާން އަވަށަށް ވެސް އަމާޒުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

09:26

އިސްރާއީލުގެ ގަލީލީގެ ޖަދީދީ-މަކްރު އަވަށުގައި ރޭގަނޑު ދެ ޒުވާނަކު ބަޑިޖަހައި މަރާލައިފި.

އެ ދެ މީހުންނަކީ އުމުރުން ވިއްސަކަށް އަހަރުގެ ކަޒިން އާމިރު އާއި އަޝްރަފް ބަސަލް.

އެ މީހުންގެ މަރުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.

އަބްރަހަމް އިނިޝިއޭޓިވްސް ކޯ-އެސިސްޓެންސް އެޑްވޮކޭސީ ގްރޫޕުން ބުނި ގޮތުގައި މި އަހަރު ފެށުނީއްސުރެ އިސްރާއީލުގައި ހިނގި ހަމަނުޖެހުންތަކުގައި އަރަބިންގެ 96 މީހުން ވަނީ މަރުވެފައި.

09:23

އެމެރިކާގެ އަސްކަރިއްޔާއިން ޣައްޒާގެ އައްސޭރިފަށުން ވަގުތީ ގޮތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރި ބަނދަރުގެ ނެގުމަަށް ތައްޔާރުވަމުން ދަނީ ކަނޑުގެ ހާލަތު ގޯސްވެދާނެ ކަމަށް ބެލެވޭތީ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ.

ޣައްޒާގެ ކައިރީގައި އޮތް އެމެރިކާގެ އަސްކަރީ ޕިއަރ، ހަފުތާ ބަންދުގައި މެދުކަނޑާލުމަށްފަހު، ޣައްޒާއަށް އިންސާނީ އެހީ ގެނައުމުގެ މަސައްކަތް އަލުން ވަނީ ފަށާފައި.

08:15

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ވަޒަންވެރިވި މީހުން ދިން ހަމަލާއެއްގައި ޒައިތޫންޏާއި އަލްމަންޑް އިންދާފައިވާ ދަނޑުބިންތައް އަންދާލާފައިވާ ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާ އިން ބުނެފި.

08:13

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަމަނުގައި ހުރި ހޫތީންގެ ހަތް ރާޑަރު އިންސްޓޯލްމަންޓަކަށް އެގައުމުގެ ސިފައިން ހަމަލާދީ، ވަކިވަކިން ދިން ހަމަލާތަކުގައި ރަތް ކަނޑުގެ ސަރަހައްދުގައި ހުރި ސަރފޭސް އަދި އޭރިއަލް ޑްރޯންތައް ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި.

08:12

އިސްރާއީލުގެ ދެކޮޅުވެރި ރެއިޑަކަށް ފަހު ލުބްނާންގެ ކްފަރު ކިލާ އަވަށުގައި އަލިފާން ރޯވެ ގެއެއް "މުޅިން ހަލާކުވެ"ފައިވާ ކަމަށް ލުބުނާނުގެ ނިއުސް އެޖެންސީ، އެންއެންއޭ އިން ބުނެފޮ.

މި ހަމަލާގައި ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް އަދި ސާފެއް ނުވޭ.

08:10

އިސްރާއީލުގެ އައްސޭރިފަށުގެ ސީޒަރިއާ އަވަށުގައި އިސްރާއީލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އާއިލީ ގެކޮޅު ކުރިމަތީގައި ކުރި މުޒާހަރާގެ ވީޑިއޯ ފުޓޭޖެއް އިސްރާއީލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އާންމުކޮށްފި.

08:04

ފަލަސްޠީނަށް ދޭ ހަމަލާތައް އިތުރުވަމުންދާދަނޑިވަޅެއްގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ސިއްހީ ކާރިސާއިތުރުވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއު.އެޗް.އޯ) އިން ދީފި.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ ދިޔަ ކުރިމަތިލުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނީ ހުޅަނގު އައްސޭރީގެ ސިއްހީ ހިދުމަތްތަކަށް ދިން 480 ހަމަލާގެ ލިޔުންތައް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މެޑިކަލް ފެސިލިޓީތަކާއި މޮބައިލް ކްލިނިކްތަކާއި އެމްބިއުލާންސްތަކާއި ސިއްހީ ހިދުމަތްތެރިންނާއި ބަލި މީހުން ބަންދުގައި ބެހެއްޓުން ހިމެނޭ ކަމަށް.

އެ ހަމަލާތަކުގައި 16 މީހުން ޝަހީދުވެ 95 މީހުން ޒަޚަމްވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނޭ.

08:02

ހުޅަނގު އައްސޭރީގެ ނަބްލޫސްގެ ހުޅަނގު އުތުރުގައި އޮންނަ ބުރުގާ އަވަށަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެ، އެ ސަރަހައްދުގައި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި.

 

08:01

އިސްރާއީލުގެ އުތުރުގެ ބަނދަރު ސިޓީއެއް ކަމަށްވާ ހައިފާއަށް ޑްރޯން ހަމަލާއެއް ދޭން ފަށާފައިވާ ކަމަށް އިސްލާމިކް ރެސިސްޓެންސް އިން އިރާގުން ބުނެފި.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ބޮޑު ގަތުލު އާންމެއް ހިންގަމުންދާތާ މިއަދަށް 252 ދުވަސްވީއެވެ. ޣައްޒާއިން މި ގަތުލު އާންމު ހުއްޓިދާނެ ކަމުގެ ކޮޅުމަތިވެސް ފެންނަން ނެތެވެ. ޣައްޒާގައި މިހާރު ދިރިއުޅެމުންދާ ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ހިތްދަތިކަމާއި މާޔޫސް ކަމެވެ.

އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު ކާލް ސްކާއު ވިދާޅުވީ ޣައްޒާގެ ދެކުނުގައި ގެދޮރު ގެއްލިފައިވާ އެއް މިލިއަން މީހުން "ސާފު ފެނާއި ނަރުދަމާ ނެތި ތާށިވެފައިވާ" ކަމަށާއި "ހަލާކުވާ މިންވަރު ފެނިފައި ހައިރާންވާ" ކަމަށެވެ.

ޣައްޒާގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ.

މެޑިކަލް މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހު ޣައްޒާގައި ފަލަސްތީނުގެ 25 މީހަކު ޝަހީދުކޮށްލިއެވެ. ޣައްޒާ ސިޓީގެ ތުފާހް އަވަށަށް ދިން ހަމަލާއެއްގައި ތުއްތު ކުއްޖަކު ޝަހީދުވެފައިވާއިރު، އެ ހަމަލާގައި 30 މީހުން ވެސް ވަނީ ޒަހަމްވެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުއްބާ

    ދިވެހިންވެސް ހަމަ ތިހާލުގަ މިތިބީ. މުޅިރަށުގަ ފަތްބޯ ރާބޯ ގުންޑާ މާރާމާރީ ގޭންގުތައް، މީހުން ތަންތަނައް ގެންގޮސް ރަހީނުކޮއް ލޫޓުވަނީ. މިތާއުޅޭ ޕޮލިހުން މޭމަތީ ފުރާ މެޑެލް ހަރުކޮއްގެން އެއްވެސް ކަމެއް ނުކުރޭ.