ފަލަސްތީނުގެ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގައި ތިން ގެއަކަށް ބޮން އަޅާ 19 މީހަކު ޝަހީދުކޮށްލައިފިއެވެ.

ގުދުސް ނެޓްވޯކްސްއިން ބުނީ ޣައްޒާ ސިޓީގެ ޝުޖާޔާ އާއި ތުފާހްގެ އަވަށްތަކުގެ ތިން ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ރެއިން ފެށިގެން އާންމުންގެ 19 މީހަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގައި މިހާރު ގަތުލު އާންމެއް ހިންގަމުންދާތާ މިހާރު 252 ދުވަސް ވަނީ ވެފައެވެ. ކޮންމެ ދުވަހަކުވެސް ކުށެއް ނެތް އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ އަދަދުތައް ގިނައެވެ.

އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ޣައްޒާގައި ފަލަސްތީނުގެ 25 މީހަކު ޝަހީދުކޮށްލިއެވެ. ޣައްޒާ ސިޓީގެ ތުފާހް އަވަށަށް ދިން ހަމަލާއެއްގައި ތުއްތު ކުއްޖަކު ޝަހީދުވެފައިވާއިރު، އެ ހަމަލާގައި 30 މީހުން ވެސް ޒަހަމްވެފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ގަތުުލު އާންމުގައި މިހާތަނަށް 37،266 މީހަކު ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނޔޭ

    ކޮބާ ދިވެހި ސިފައިންގެ ގަދަފަދަ ލަޝްކަރު. ކަލޭމެން އެންމެން ބައިހަދާފަ ފަލަސްތީނައް ގޮސް ޔަހޫދީންތައް ފައްސާލަބަލަ، ބަނޑޭރި ކޮށީގަ ކުކުކާން ނުތިބެ.