ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން އިއްޔެ ދިން ވަރުގަދަ ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ އަށް މީހަކު މަރުވުމުން ހިތް ކުދިކުދިވެފައިވާ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ބުނެފިއެވެ.

ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި ހަމާސްގެ މުޖާހިދުން މި ހަމަލާ ދިނީ ދަގަނޑު ދަހަނާ ޖަހާފައި ހުރި ނޭމާ އާމޯޑް ކެމްބެޓް އިންޖީނިއަރިން ވެހިކަލް (ސީއީވީ) އަކަށް އަމާޒުކޮށެވެ. އެ ވެހިކަލް ގޮއްވާލައިގެން ދިން ހަމަލާގައި އޭގައި ތިބި ހުރިހާ ސިފައިން ވެސް ވަނީ އަނދައި އަޅިއަށް ވެފައެވެ. މިއީ މިދިޔަ އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ލިބުނު އެންމެ ބޮޑު ގެއްލުން ކަމުގައި ބޭރުގެ މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

އިސްރާއީލްގެ ބޮޑުވަޒީރު "އެކްސް" ގައި ދިން ވީޑިއޯ މެސެޖެއްގައި ބުނީ ހަނގުރާމައިގައި ހިތް ކުދިކުދިވެ، އަގު އަދާކުރަން ޖެހޭ ފަހަރު ވެސް އައިސްފައިވާ ކަމަށެވެ. އަދި ހަނގުރާމަ ކުރަނީ އިސްރާއީލްގެ ރައްޔިތުންނަށް މުސްތަގުބަލެއް ހޯދައި ދިނުމަށާއި އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔަ މީހުން މިނިވަން ކުރަން ކަމަށް އޭނާ ބުންޏެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސް އިން އޮކްޓޯބަރު 7 ގައި އަރައި 240 މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔައެވެ.

އޭގެ ތެރެއިން 100 އާ ގާތް ކުރާ އަދަދަކަށް އަސީރުން މިނިވަން ކުރީ މިދިޔަ ނޮވެމްބަރު މަހު ހަމާސް އާއި އިސްރާއީލް އާ ދެމެދުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ސާޅީހަކަށް އަސީރުން އިސްރާއީލްގެ ހަމަލާތަކުގައި ވަނީ މަރުވެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި މިހާރު ވެސް ޣައްޒާގައި އަސީރުންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުން ތިބޭނެއެވެ. އެމީހުން މިނިވަން ކުރަން ކަމަށް ބުނެ، އިސްރާއީލުން ގެންދަނީ ޣައްޒާގައި ބޮޑެތި ގަތުލުއާންމުތަކެއް ހިންގަމުންނެވެ.

ނަތަންޔާހޫ ބުނީ އިސްރާއީލްގެ ސިފައިން ހަނގުރާމައިގެ އަމާޒުތަކަށް ވާސިލް ނުވެ، ހުއްޓާނުލާނެ ކަމަށެވެ. އަދި ހުރިހާ ވެސް ވިސްނުމަކީ ކާމިޔާބު ހޯދުން ކަމުގައި އޭނާ ބުންޏެވެ. ގޮންޖެހުންތަކާ އެކީގައި ވެސް ކާމިޔާބީ އާ ހަމައަށް ވާސިލްވަންދެން ހަނގުރާމަ ކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

  • އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމަށް އަށް މަސްވީ އިރު، ފަލަސްތީނުގެ 37،296 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގައި 85،197 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.
  • ހަމާސް އިން މި ހަމަލާ ދީފައި ވަނީ ރަފަހްގެ ތެލް ސުލްތާން އަވަށުގައި ހިންގި ގަތުލުއާންމަކަށް ފަހުގައި އެ ވެހިކަލް އެ ސަރަހައްދު ދޫކޮށް އިއްޔެރޭ ފަތިހު ފަހެއް ޖަހާކަން ހާއިރު ދިޔަ ފަހުން ކަމުގައި އިސްރާއިލް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.މި ކޮންވޯއީގައި އިތުރު ވެހިކަލްތަކެއް ވެސް ދަތުރު ކުރިއިރު، އޭގައި ތިބި އެންމެން ވެސް ދަތުރު ކުރީ ޣައްޒާގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ހިފާފައިވާ އިމާރާތަކާ ހަމައަށް ދިއުމަށް ކަމަށާއި އެ ސިފައިން އެ ތަނަށް ދަތުރު ފެށީ އަރާމްކޮށްލަންވެގެން ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.
  • މިއާއެކުގައި ޣައްޒާގައި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 308 އަށް އަރައިފައެވެ. އޭގެ އިތުރުން އިސްރާއީލްގެ ފުލުހަކާއި ޑިފެންސް މިނިސްޓްރީގެ ކޮންޓްރެކްޓަރަކު ވެސް ވަނީ މަރާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަށްޒާމު

    މާތް ﷲ މީނާގެ މަރު ވަރަށް ވަރަށް ވޭންދެނިވި ގޮތަކަށް ހިއްޕަވާ ފާންދޭވެ. އާމީން

    20
  2. އނ

    ފިނޑި ކަލޭގެ އެންމެ 8 އެތި ޖަހަންނަމައަށް ދިޔައީމަ ތި ރޮނީ. ހަހަހަހަ ފިރިހެނަކަށްވެސް ނުވިއެއްނު ރޯބަޑި.

    11
  3. ނުބައިމީހާ

    މިކަލޭގެ ހިތަށް އަސަރެއްވެސް ނުކުރޭ ދޯ ފަލަސްތީނުގެ ކުދި ޅަދަރިން މަރާއިރު..ހަމައެކަނި އަސަރުކުރަނީ މީނާގެ ސިފައިން މަރުވީމަ ދޯ.

    15
    1
  4. ނާށިގަނޑު

    މިކަހަލަ މީހުންނަށް ރޯން އެގޭތަ

    11
  5. މޮހޮނު

    އޫރު

  6. މުރާސިލް

    މިހިރަ ޔަހޫދީ ނަތަންޔާހޫއެވެ. ކަލޭގެ ރަހުމުކުޑަ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް މައުސޫމު އެތައް ކުޑަކުދިންނަކާއި އެތައް އަންހެނުންނެތް މަރާލިއިރު އެ މީހުންގެ މައިންބަފައިންނާއި އާއިލާގެ މީޙުން އަދި އެންމެހައި މުސްލިމުންގެ ހިތައް ކުރާނެ އަސަރު އިހުސާސް ނުކުރެވޭ ހެއްޔެވެ؟ އިޒްރާއީލޭ ކިޔާ ޔަހޫދީ ޓެރެރިސްޓް ޖަމާޢަތް ނެތިކުރައްވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަތަނުގައި ހަމަޖެހުމާއި އުފާވެރިކަންމަތީ ދިރުއުޅުމުގެ ނަސީބު މިންވަރު ކުރައްވާށިއެވެ.

  7. Anonymous

    މީނައަށް އެނގޭތަ ރޯން
    މީނައަށް މުސްލިމުންގެލެއަކީ އެއްވެސް އެ އެއްޗަކަށް ނުވޭދޯ. ޖައްބާރު ކަލޭގެ. ޔާﷲ ޔަހުދީ ބައިގަނޑުގެ މައްޗަށް ކޯފާ ފޮނުއްވާ ،ނިމުން ހިތި ކުރައްވާށި އާމީން