23:38
ޔަހޫދީ ދީނުގެ ހަރުކަށި ފިކުރުގެ މީހުން އިސްރާއީލްގެ އަސްކަރިއްޔާ އަށް ވައްދަށް ޖެހޭ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަރްޒީ ހަލޭވީ ބުނެފި.
ޔަހޫދީންގެ ހަރުކަށި ފިކުރުގެ މީހުން އަސްކަރިއްޔާ އަށް މުހިއްމު: އިސްރާއީލްhttps://t.co/VtChLW0gk2
— Vaguthu Online (@VaguthuOnline) June 16, 2024
22:18
ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު ޝަހީދުވެއްޖެ.
އަލްޚަޠީބު އާއިލާއަށް ނިސްބަތްވާ ގެއަކަށް ބޮން އެޅުމާއި ގުޅިގެން ޝަހީދުވި މީހުންގެ ޢަދަދު ވަނީ 7 އަށް އަރާފައި. ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން 13 އަހަރުގެ ރަފީފް އަލްސައިދީ ވެސް ހިމެނޭ.
20:50
މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަށް ބޭނުންވެ ހަނގުރާމަ ހުއްޓާނެ ގޮތެއް ނުފެނިގެން އުޅޭ ކަމަށް މެދުއިރުމަތީގެ ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ޕުރޮފެސަރ ހަސަން ބަރާރީ ވިދާޅުވެއްޖެ.
އިސްރާއީލަށް ހަނގުރާމަ ހުއްޓާނެގޮތް ނޭނގިފަ!https://t.co/EBuIlDHCQ0
— Vaguthu Online (@VaguthuOnline) June 16, 2024
20:44
ފަލަސްތީން މީހުންނާއެކު މުސްލިމުންގެ މުގައްދަސް މިސްކިތް، މަސްޖިދުލް އަގްސާގައި އަޟްހާ އީދު ނަމާދު ކޮށްފި.
40،000 މީހުން އަލް އަގްސާ މިސްކިތުގައި އީދު ނަމާދުކޮށްފިhttps://t.co/k9aEH9wUh4
— Vaguthu Online (@VaguthuOnline) June 16, 2024
19:05
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އެންކްލޭވްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 37،337 މީހުން ޝަހީދުވެ، 85،299 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި
19:04
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާގެ ނާކާމިޔާބީގެ ތަހުގީގު މެދުކަނޑާލަން އިސްރާއީލުގެ ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި.
އެ މައްސަލައިގެ ތަހުގީގު ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި.
19:02
ރަމަاللهގެ އިރުމަތީގައި އޮންނަ މުޣައްޔިރުގައި އިސްރާއީލު ސިފައިން ވަނީ ހަތް އަހަރުގެ ކުއްޖަކު ހިފަހައްޓާފައި ކަމަށް އޭނާގެ ބައްޕަ ބުނެފި.
18:58
ޣައްޒާގައި އީދު ފާހަގަކުރުން، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުފާވެރިކަން މޫނު މައްޗަށް!
ޣައްޒާގައި އީދު ފާހަގަކުރުން، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުފާވެރިކަން މޫނު މައްޗަށް!https://t.co/YptfiBlqv0
— Vaguthu Online (@VaguthuOnline) June 16, 2024
18:30
ޣައްޒާގައި މިހާރު ހިނގަމުންދާ ގަތުލު އާންމާއި ގުޅިގެން ރުޅިގަދަވެފައިވާ އާބާދީއަކާ ކުރިމަތިލާން ޖެހިފައިވާ އިރާގު ސަރުކާރުން ވަނީ އެމެރިކާގެ ފްރެންޗައިޒް ރެސްޓޯރެންޓްތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި.
18:28
ސަރުކާރު އިސްތިއުފާ ދިނުމަށް ބާރު އެޅުމުގެ ގޮތުން ހަފުތާއެއްހާ ދުވަހުގެ މުޒާހަރާތަކެއް އިސްރާއީލުގެ ސަރުކާރާ ދެކޮޅު އެކްޓިވިސްޓުން ފަށައިފި.
ބޮޑެތި ބައެއް ހައިވޭތައް ބަންދުކޮށް މިއަދު ފެށި މުޒާހަރާތަކުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އިންތިހާބު ބޭއްވުމަށް ގޮވާލާ ކަމަށް ފްރީ އިން ދަ ފްރީ އިން އަވާ ލޭންޑް މުޒާހަރާ ގްރޫޕްގެ ވެރިޔާ އެރަން ޝްވާޓްޒް ބުނެފައިވޭ.
17:35
ލުބުނާނުގެ ދެކުނުގައި އޮންނަ ޔަރޫން އަވަށަށް އިސްރާއީލަށް ޑްރޯންއަކުން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފި.
16:43
އެހީއަށް ބޭނުންވާ ސާމާނުގެ ދަތިކަން ކުރިމަތިވި ނަމަވެސް، އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ދަނީ ޚާން ޔުނިސް ކައިރީގައި ކަނޑައަޅާފައިވާ އިވެކުއޭޝަން ޒޯނެއް ކަމަށްވާ އަލް-މަވާސީގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން.
This #EidAlAdha, @UNRWA teams are working to give some relief to children in #Gaza despite everything they are going through.
This is today in Mawasi Khan Younis, where our dedicated colleagues are organising play activities to bring a bit of joy to children. pic.twitter.com/RkBfx6p4Ih
— UNRWA (@UNRWA) June 16, 2024
16:11
ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އެމްބިއުލާންސަކަށް ހަމަލާއެއް އަމާޒުކޮށް ދެ މީހަކު ޝަހީދު ކޮށްލައިފި
BREAKING | Rafah Gai Ambulance Akah Hamalaa Eh, 2 Meehaku Shaheedhu Kollaifi!https://t.co/XVQBkE3cML
— Vaguthu Online (@VaguthuOnline) June 16, 2024
15:38
ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި ފަލަސްތީނުގެ 6 މީހަކު ހައްޔަރު ކޮށްފި.
15:37
އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 9،300 މީހުން އެބަ ތިބި ކަމަށް ފަލަސްތީނުގެ ޕްރިޒަނާސް ގްރޫޕުން ބުނެފި. އެ ގްރޫޕުން ބުނި ގޮތުގައި އޭގެ ތެރޭގައި 75 އަންހެނުންނާއި 250 ކުދަކުދިން ވެސް ހިމެނޭ.
15:07
ޣައްޒާގެ މެދުތެރޭގައި އޮންނަ ޑިއާ އަލް ބަލާހުގެ އަލް-އަޤްސާ ހޮސްޕިޓަލް ސަރަހައްދުގައި ފަލަސްތީނުގެ ކުޑަކުދިން އީދު ފާހަގަ ކުރަނީ
Displaced Palestinian children celebrate Eid Al-Adha in the courtyard of Al-Aqsa hospital in Deir Al-Balah, central Gaza. pic.twitter.com/ELJDtz815i
— Quds News Network (@QudsNen) June 15, 2024
14:30
މޫސުން ގޯސްވުމުގެ ސަބަބުން ޣައްޒާގެ އައްސޭރިފަށުގައި ހަދާފައިވާ އެހީ ވައްދާ ފާލަން ނަގާލުމަށް ނިންމައިފި
Moosun Goasvumun Gaza Ah Ehee Vahdhaa Faalan Nagaalaneehttps://t.co/zPire5MyOC
— Vaguthu Online (@VaguthuOnline) June 16, 2024
14:14
އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައި ރެއިޑް ކުރިއަށް ގެންދަނީ..
Israeli occupation forces are conducting continuous operations during their ongoing raid of Al-Far'a refugee camp near Tubas in the occupied West Bank, reportedly arresting dozens of Palestinians and injuring others. pic.twitter.com/EaEcCYncSG
— Quds News Network (@QudsNen) June 16, 2024
12:52
އެހީ ވެއްދުމަށް، ޣައްޒާގެ ވަކި ސަރަހައްދެއްގައި ހަނގުރާމަ މެދުކަނޑާލަން އިސްރާއީލުން ނިންމި ނިންމުން އަނބުރާ ގެންގޮސްފި
BREAKING | Faadu Kiyun Amaazuvumun Israel Ge Raagu Badhalu Vejje: "Ehee Vehdhiyas, Dhekunu Gai Hanguraama Kuraane"https://t.co/w12N2vF3gr
— Vaguthu Online (@VaguthuOnline) June 16, 2024
12:39
ފަލަސްތީނުގެ ރައްޔިތުން އީދު ނަމާދުކޮށް، އީދު އުފާ ލިބިގަންނަނީ
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t052133z-1404625785-rc21c8a1f95q-rtrmadp-3-religion-eid-gaza-1718519956jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t052510z-1644211928-rc22c8ap1van-rtrmadp-3-religion-eid-gaza-1718515741jpg-1.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t054000z-780648268-rc23c8aoa99e-rtrmadp-3-religion-eid-gaza-1718520811jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t060610z-297876027-rc23c8avzapx-rtrmadp-3-religion-eid-gaza-1718519839jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t063421z-1861123082-rc20c8aeeblp-rtrmadp-3-religion-eid-gaza-1718520036jpg.webp)
12:15
އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމެއް ނެތި ފަލަސްތީނުގެ ރައްޔިތުން އަޤްސާ މިސްކިތުގައި އީދު ނަމާދުކޮށް، އުފާ ފާޅު ކުރަނީ
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t051431z-71023069-rc23c8ax1h7r-rtrmadp-3-religion-eid-jerusalem-1718516633jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t052933z-1583660742-rc23c8a0sgdd-rtrmadp-3-religion-eid-jerusalem-1718516705jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t052934z-1051221500-rc23c8a7zlnn-rtrmadp-3-religion-eid-jerusalem-1718516672jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t053533z-1516995525-rc23c8a2th1h-rtrmadp-3-religion-eid-jerusalem-1718516955jpg.webp)
12:13
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޣައްޒާ ތެރޭގައި ހަނގުރާމަ ކުރަމުން އަންނަނިކޮށް މަރާލި އިސްރާއީލް ސިފައިންގެ އަދަދު 307 އަށް އަރައިފި. މި އަދަދު 307 އަށް އަރާފައިވަނީ އިއްޔެގެ ވަގުތެއްގައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިސްރާއީލުގެ 10 ސިފައިންގެ މީހަކު މަރާލުމުން.
12:12
އަލް-އަޤްސާ މިސްކިތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދީފި
Aqsa Miskithugai Thibi Palestine Rayyithunah Israel In Hamalaa Dheefihttps://t.co/XCaOjrrKL1
— Vaguthu Online (@VaguthuOnline) June 16, 2024
11:55
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން އިއްޔެ ދިން ވަރުގަދަ ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ އަށް މީހަކު މަރުވުމުން ހިތް ކުދިކުދިވެފައިވާ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ބުނެފި
8 ސިފައިން ވަކިވުމުން ހިތް ކުދިކުދިވެއްޖެ: ޖައްބާރު ނަތަންޔާހޫhttps://t.co/gaQiU0ikai
— Vaguthu Online (@VaguthuOnline) June 16, 2024
11:55
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި މަރާލި އިސްރާއީލް އަސްކަރިއްޔާގެ އަށް ސިފައިންގެ މީހުންނަކީ އަސްކަރިއްޔާގައި ހިމެނޭ އެންމެ ރަނގަޅު އަށް މީހުން ކަމުގައި އިސްރާއީލްގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފި
ރަފަހުގައި މަރާލީ އެންމެ ރަނގަޅު 8 ސިފައިން: އިސްރާއީލްގެ ފޮރިން މިނިސްޓަރު https://t.co/PCJCOWvlco
— Vaguthu Online (@VaguthuOnline) June 16, 2024
11:54
1 ހަމަލާއިން 8 މަރު، އިސްރާއީލަށް ވޭންދެނިވި ދުވަހެއް!
1 ހަމަލާއިން 8 މަރު، އިސްރާއީލަށް ވޭންދެނިވި ދުވަހެއް! https://t.co/6DqW6nopZ0
— Vaguthu Online (@VaguthuOnline) June 16, 2024
11:53
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި ބޮޑެތި ޒަހަމްތަކެއް ލިބި، ވޭނުގައި އޮތް އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރުވެއްޖެ
ވޭނުގައި އޮތް އިސްރާއީލް ސިފައިންގެ މީހަކު މަރުވެއްޖެhttps://t.co/vOoYi6Dnrl
— Vaguthu Online (@VaguthuOnline) June 16, 2024
11:51
ޣައްޒާއަށް ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކަށް ބެލުމެއް ނެތި ވެސް ފަލަސްތީނުގެ ބައެއް ރައްޔިތުންގެ އީދު ނަމާދު ކުރަނީ
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t052133z-1404625785-rc21c8a1f95q-rtrmadp-3-religion-eid-gaza-1718515771jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-16t052510z-1644211928-rc22c8ap1van-rtrmadp-3-religion-eid-gaza-1718515741jpg.webp)
11:48
ޣައްޒާގެ ރަފާހު ތެރޭގައި މަރާލާފައިވާ އިސްރާއީލުގެ 8 ސިފައިންގެ މީހުންގެ ތެރެއިން 7 މީހެއްގެ އުމުރު އިސްރާއީލުން ހާމަކޮށްފި.
- 21 އަހަރު
- 20 އަހަރު
- 19 އަހަރު
- 23 އަހަރު
- 21 އަހަރު
- 28 އަހަރު
- 49 އަހަރު
އިސްރާއީލުން ބުނެފައިވަނީ މި މީހުންގެ ތެރެއިން 21 އަހަރުގެ ދެ މީހުންނާއި 20 އަހަރާއި 19 އަހަރުގެ މީހާއަކީ ކޮމްބެޓް އިންޖިނިއަރިން ކޯޕްސް 601 ބެޓަލިއޮންގެ ސާޖެންޓުން ކަމަށް. އަދި 23 އަހަރުގެ މީހާއަކީ ޑެޕިއުޓީ ކޮމާންޑަރެއް ކަމަށް.
28 އަހަރާއި 49 އަހަރުގެ މީހާއަކީ ރިސާވް ސިފައިން ކަމަށް އިސްރާއީލުން ވަނީ ބުނެފަ.
11:45
ޣައްޒާގެ ޚާން ޔޫނިސްގައި ކާބޯތަކެއްޗަށް ޖެހިފައިވާ މީހުން ކިޔު ހަދައިގެން. މޫނު މަތިން ފެނިގެން ދަނީ ކެތްމަދުވެފައި ތިބި މަންޒަރު!
![](https://vaguthu.mv/wp-content/uploads/2024/06/12301531-1718507272jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/12301532-1718507561jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/12301533-1718507496jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/12301540-1718507659jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/12301550-1718507724jpg.webp)
11:41
އިސްރާއީލުގެ ސަރުކާރާއި ދެކޮޅަށް ޓެލް އަވިވްގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން މުޒާހަރާ ކަވަރު ކުރަން ދިޔަ "ހާރެޓްޒް"ގެ ފޮޓޯގްރާފަރަކު އިސްރާއީލް ސިފައިން ހައްޔަރު ކޮށްފި.
11:40
ފަލަސްތީން މިނިވަން ކުރުމަށް ގޮވާލައި ޑަބްލިން ގައި ބޭއްވި ހިނގާލުން
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152447z-34880827-rc2pb8a14yza-rtrmadp-3-israel-palestinians-ireland-1718501443-1024x683.jpg)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152514z-889865188-rc2pb8a7lhs9-rtrmadp-3-israel-palestinians-ireland-1718501650jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152639z-1880394999-rc2nb8agslyp-rtrmadp-3-israel-palestinians-ireland-1718501553jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152839z-27668890-rc2nb8aaiu8i-rtrmadp-3-israel-palestinians-ireland-1718501344jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t153103z-1814853573-rc2nb8arvbya-rtrmadp-3-israel-palestinians-ireland-1718501089jpg.webp)
11:38
ހުޅަނގު އައްސޭރީގައި ނިރުބަވެރި އިސްރާއީލުން ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި.
މި ރެއިޑްޓްތައް ކުރިއަށް ގެންގޮސްފައިވާ ސަރަހައްދުތަކަކީ:
- ޤަލްޤިލްޔާ ސިޓީ
- ނަބްލުސްގެ އިރުމަތިން އޮންނަ ރުޖިބް އަވަށާއި ބަލަޓާ ރެފިއުޖީ ކޭމްޕަ
- ރަމައްﷲގެ ހުޅަނގު އުތުރުން އޮންނަ ބެއިތް ރިމާ އަވަށް
11:36
ރަފާހުގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން މަރާލުމާއި ގުޅިގެން އިސްރާއީލުން ރަފާހަށް ވަރުގަދަ ހަމަލާތަކެއް ދީފި.
ޣައްޒާގެ ރަފާހަށް ވެދެ އުޅެނިކޮށް އިއްޔެގެ ވަގުތެއްގައި އިސްރާއީލުގެ 8 ސިފައިން ވަނީ މަރާލާފަ. އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން އިސްރާއީލް މީހުން މަރާލި ސަރަހައްދަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފަ.
ނިރުބަވެރިން އެސަރަހައްދަށް ހަމަލާތަކެއް ދިން ނަމަވެސް، ހަމަލާގެ މާ ބޮޑު ތަފްސީލެއް އަދި އެނގިފައެއް ނުވޭ. އިސްރާއީލުން ވަނި އެމްބިއުލާންސް، ސިއްހީ އެހީތެރިންގެ އިތުރުން ނޫސްވެރިން ވެސް އެސަރަހައްދަށް ވަނުން މަނާކޮށްފަ.
11:25
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަކި ސަރަހައްދެއްގައި ވަކި ވަގުތަކަށް މެދުކަނޑާލަން ނިންމައިފި
BREAKING | Gaza Ge Vaki Sarahahdhehgai Israel Sifain Hanguraama Medhu Kandaalanyhttps://t.co/lMlLkrCzIW
— Vaguthu Online (@VaguthuOnline) June 16, 2024
11:23
ނިރުބަވެރި އިސްރާއީލުގެ ސަރުކާރުން ހަމާސް ޖަމާއަތާއި އެކީ ހައްޔަރުގައި ތިބި މީޙުން މިނިވަން ކުރުމަށް އެއްބަސްވުމަށް ހަދަން ގޮވާލައި އިސްރާއީލުގެ އާންމުން ކުރި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފި.
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t222346z-372766758-rc2xb8ahxptl-rtrmadp-3-israel-palestinians-hostages-protest-1718494754jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t222943z-876094090-rc2xb8aeomf9-rtrmadp-3-israel-palestinians-hostages-protest-1718494795jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t223509z-19230848-rc2xb8aqr96n-rtrmadp-3-israel-palestinians-hostages-protest-1718494685jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/12301690-1718495579jpg.webp)
![](https://vaguthu.mv/wp-content/uploads/2024/06/12301754-1718495106jpg.webp)
11:22
ޣައްޒާ ސިޓީ، ރަފާހް އަދި ނުސީރަތް ރެފިއުޖީ ކޭމްޕަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފި.
ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ވަނީ އެސަރަހައްދުތަކުގައި ތިބި އިމާރާތްތަކަށް ވެސް ހަމަލާތަކެއް ދީފަ.
11:19
ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އޮކްޓޯބަރު މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ދީފައިވާ ގެއްލުން ދައްކުވައިދޭ ފޮޓޯ
![](https://vaguthu.mv/wp-content/uploads/2024/06/interactive-western-rafah-evacuation-gaza-scale-of-destruction-1718285027jpg.webp)
11:17
ފަލަސްތީނު މިނިވަން ކުރަން ގޮވާލައި އަޔަލެންޑްގެ ޑުބްލިންގައި މުޒާހަރާ ކުރަނީ.
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152514z-889865188-rc2pb8a7lhs9-rtrmadp-3-israel-palestinians-ireland-1718501650.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152639z-1880394999-rc2nb8agslyp-rtrmadp-3-israel-palestinians-ireland-1718501553.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152447z-34880827-rc2pb8a14yza-rtrmadp-3-israel-palestinians-ireland-1718501443.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t152839z-27668890-rc2nb8aaiu8i-rtrmadp-3-israel-palestinians-ireland-1718501344.webp)
![](https://vaguthu.mv/wp-content/uploads/2024/06/2024-06-15t153103z-1814853573-rc2nb8arvbya-rtrmadp-3-israel-palestinians-ireland-1718501089.webp)
ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެންމެ ދެކުނުން އޮންނަ ރަފަހް ސިޓީގައި ހުރި ގެތަކުގައި ހުޅު ޖަހައި، އެ ގެތައް ހަލާކުކޮށް ބިމާ ހަމަކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ އަނިޔާވެރިކަން ބޮޑުވީ، އެމީހުންގެ އަސްކަރިއްޔާގެ އަށް ސިފައިންގެ މީހުން އިއްޔެ މަރާލުމާ ގުޅިގެންނެވެ.
އެކަން ހިނގާފައި ވަނީ ޣައްޒާގެ ރަފަހް ސިޓީގައެވެ. އިސްރާއީލް ސިފައިން އަރައިގަނެގެން އުޅޭ އެއް ދިމާލަކީ ވެސް ރަފަހް ސަރަހައްދެވެ.
މި ސަރަހައްދަށް އިސްރާއީލް ސިފައިން އަރައިގަތުމާ ގުޅިގެން އެމީހުންނަށް ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ. ފަލަސްތީނުގެ މުޖާހިދުން ގެންދަނީ އެ ސިފައިންނާ ކުރިމަތިލައި ވަރުގަދަ ހަމަލާތަކެއް ވެސް ދެމުންނެވެ.
މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ