ޕެރޫއަށް ބާރުގަދަ ބިންހެެލުމެއް އަތުވެއްޖެއެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް އިން ބުނީ ޕެރޫ ސަރަހައްދުގެ އައްސޭރިފަށަށް 6.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ޕެރޫގެ ދެކުނުގެ އައްސޭރިފަށަށް ބިންހެލުމެއް އައި ނަމަވެސް ސުނާމީގެ ނުރައްކަލެއް އަދި ނެތް ކަމަށް ސަރުކާރުގެ ސައިންސްވެރިންވެސް ވަނީ ބުނެފައެވެ.

ޕެރޫގެ ޖިއޮފިޒިކަލް އިންސްޓިޓިއުޓުން ބުނީ ބިންހެލުން އައިސްފައިވަނީ ޕެސިފިކް ސަރަހައްދުގައި އަރޭކުއިޕާ ޑިޕާޓްމަންޓްގެ އައްސޭރިފަށުން 25 ކިލޯމީޓަރު އަޑިން ކަމަށެވެ.

ސުނާމީ އިންޒާރުދޭ ނިޒާމު އެކްޓިވޭޓް ނުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުމުގެ މައި މަރުކަޒު އޮތީ 19.9 ކިލޯމީޓަރު އަޑިން ކަމަށެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސިވިލް ޑިފެންސް އިން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތަށް އެއްވެސް މީހަކަށް އަަދި ތަނަކަށް ގެއްލުމެއް ވެފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު